ދަރުމައަށް "ކްރައުޑުފަންޑު" ކުރާ ޕްލެޓްފޯމެއް ބީއެމްއެލް އިން ތައާރަފުކޮށްފި

ކައިންޑްލީ ބައި ބީއެމްއެލްގެ ވެބްސައިޓް: މިއީ ރާއްޖޭގެ ފުރަތަމަ ކްރައުޑްފަންޑިން ޕްލެޓްފޯމް. --

ކައިންޑްލީ ބައި ބީއެމްއެލްގެ ވެބްސައިޓް: މިއީ ރާއްޖޭގެ ފުރަތަމަ ކްރައުޑްފަންޑިން ޕްލެޓްފޯމް. --

ހިލޭ ސާބަހަށް މަސައްކަތް ޖަމިއްޔާތަކުން އިޖުތިމާއީ ކަންކަމަށް ބޭނުންވާ ފަންޑު ހޯދަން "ކައިންޑްލީ ބައި ބީއެމްއެލް"ގެ ނަމުގައި ރާއްޖޭގެ ފުރަތަމަ "ކްރައުޑްފަންޑިން" ޕްލެޓްފޯމް މިއަދު ތައާރަފުކޮށްފި އެވެ.

ހަމައެކަނި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އަދި ރަޖިސްޓްރީކުރިތާ ދެ އަހަރު ވެފައިވާ އެންޖީއޯތަކަށް ބޭނުންކުރެވޭ ގޮތަށް ބީއެމްއެލް އިން ތައާރަފުކުރި މި ޕްލެޓްފޯމުގެ މައިގަނޑު ބޭނުމަކީ ރައްކާތެރި ގޮތެއްގައި މީހުންގެ އަތުން އެހީ ހޯދާނެ މަގުފަހިކޮށްދިނުމެވެ.

އެގޮތުން "ކައިންޑްލީ" ޕްލެޓްފޯމް ބޭނުންކޮށްގެން އެންޖީއޯތަކުން ފައިސާ ބޭނުންވާ ކަންކަމުގެ ކެމްޕެއިން ހިންގޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. މި ޕްލެޓްފޯމު ފަރުމާކޮށްފައިވަނީ އެއްފަހަރާ ގިނަ ކެމްޕެއިންތަކެއް ހިންގާ، ފަސޭހައިން ރިޕޯޓުތައް ނެގޭ ގޮތަށެެވެ.

މިގޮތުން އެހީ ހޯދާ ސަބަބާއި އަދަދު ބަޔާންކޮށް، ހިންގާ ކެމްޕެއިންތަކުން ލިބޭ ފައިސާ ސީދާ އެންޖީއޯގެ އެކައުންޓުން ނެގޭނެ އެވެ. އަދި ސޯޝަލް މީޑިއާގައި ކެމްޕެއިން ޝެއާކޮށް، ބޭނުންވާ އަދަދަށް ވާސިލުވެވެންދެން ކެމްޕެއިން ހިންގޭނެ އެވެ.

މިއީ އެންޖީއޯތަކުގެ އިތުރުން އެހީ ދޭން ބޭނުންވާ ބީއެމްއެލްގެ ކަސްޓަމަރުންނަށް ވެސް ރައްކާތެރި ޕްލެޓްފޯމެކެވެ. ބީއެމްއެލްގެ ޑެބިޓް ކާޑެއް އޮންނަ ކޮންމެ މީހަކަށް ފައިސާގެ އެހީ ދެވޭނެ އެވެ. އަދި އިތުރު މީހުންގެ އެހީ ހޯދަން ރިވިއު ލިޔެ، އާއިލާ އާއި ރައްޓެހިން މިކަމުގައި ބައިވެރިކުރެވޭނެ އެވެ.

"އެންމެންނަށް ވެސް ވަރަށް ގިނަ ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެވޭނެ. އަދި ދިވެހިންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމަށް އަޅުގަނޑުމެންގެ މި މުހިންމު ޕްލެޓްފޯމުގެ ޒަރިއްޔާއިން މަގުފަހިވާނެ ކަމަށް އުއްމީދުކުރަން" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވި އެވެ.

"ކައިންޑްލީ" ޕްލެޓްފޯމަކީ ބީއެމްއެލް އަށް 40 އަހަރު ފުރޭތީ، މަހަކު އެއްފަހަރު ތައާރަފުކުރަމުން އަންނަ އިޖުތިމާއި ގޮތުން ފައިދާ ހުރި ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ކުރިން އެ ބޭންކުން ތައާރަފުކުރި ކަންކަމުގެ ތެރޭގައި ހިމެނެނީ؛

  • ސްމޯލް ގްރާންޓްސް ސްކީމް - އިޖުތިމާއީ ޕްރޮޖެކްޓުތަކަށް ފަންޑިން ދޭން
  • ސްކޮލާޝިޕް ފަންޑު - ބޭންކިން ދާއިރާއިން މަތީތައުލީމު ހާސިލުކުރަން ފުލް ސްކޮލާޝިޕް
  • ސްޓާޓްއަޕް ގްރާންޓު - ފަށާ ވިޔަފާރިތަކަށާއި ވިޔަފާރި ފުޅާކުރަން ފަންޑިން ދޭން
  • ހައުސިން ގްރާންޓް - ހާލުގައި އުޅޭ އާއިލާތަކަށް ގެދޮރު އަޅަން އެހީ ދޭން
  • ގައުމީ ކުތުބުހާނާ ޒަމާނީ ފެންވަރަށް އަޕްގްރޭޑު ކުރުމުގެ މަސައްކަތް

ބީއެމްއެލް އިން ވަނީ އަހަރީ ދުވަހާ ހަމައަށް އަލަށްް ފަށާ ކަންކަން އިއުލާނުކުރަމުން ގެންދާނެ ކަމަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox