ސުލްހަވެރި ހަރަކާތްތައް، ނުރައްކަލެއް ކަމަށް ނުހެދޭ ގޮތަށް ބިލެއް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފު، މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ސުލްހަވެރި ހަރަކާތްތައް ނުރައްކަލެއް ކަަމަށް ނުހެދޭ ގޮތަށް ގާނޫނެއް ހަދަން އޭނާ ހުށަހެޅުއްވި.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފު، މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ސުލްހަވެރި ހަރަކާތްތައް ނުރައްކަލެއް ކަަމަށް ނުހެދޭ ގޮތަށް ގާނޫނެއް ހަދަން އޭނާ ހުށަހެޅުއްވި.

ސުލްހަވެރި ސިޔާސީ ހަރަކާތްތަކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑަނޭޅޭ ގޮތަށް ގާނޫނެއް ހަދަން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފު މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފި އެވެ.

މިދިޔަ އާދީއްތަ ދުވަހު އާދަމް ޝަރީފު ހުށަހެޅުއްވި ބިލުގައިވާ ގޮތުން، ގައުމީ ސަލާމަތަށް ނުރައްކާ ވެއްޖެ ކަމަށް ކަނޑައެޅޭނީ، ގައުމީ ސަލާމަތަށް ހުރި ނުރައްކާ ތަކެއްގެ ގޮތުގައި އެ ބިލުގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ނުވަތަ ކަންތައްތަކެއް ހިނގުމުންނެވެ. "ދިވެހިރާއްޖޭގެ ގައުމީ ސަލާމަތުގެ ބިލު"ގެ ނަމުގައި ހުށަހެޅުއްވި އެ ބިލުގެ ފުރަތަމަ ކިއުން އިއްވީ މަޖިލީހުގައި މިހާރު ކުރިއަށްދާ ޖަލްސާގަ އެވެ.

ސުލްހަވެރި އިހުތިޖާޖްތަކާއި ހަރަކާތްތަކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑަނޭޅޭ ގޮތަށް އެ ބިލުގައި ހިމަނާފައި އޮތީ އިސްތިސްނާ އެކެވެ. ބިލުގައި އެ އިސްތިސްނާ އޮތީ ނުރައްކަލެއް ކަމަށް ކަނޑައެޅޭ ކަންތައްތަކުގެ ލިސްޓަކަށް ފަހު ގަ އެވެ.

Advertisement

ގައުމީ ސަލާމަތަށް ނުރައްކާވުން ކަމަށް ބަލާ ބައެއް ކަންތައްތައް

ގައުމީ ސަލާމަތަށް ނުރައްކާވުން ކަމަށް ބަލާނެ ގިނަ ކަންތައްތަކެއް އާދަމް ޝަރީފު ހުށަހެޅުއްވި ބިލުގައި ހިމަނުއްވާފައި ވެ އެވެ. އޭގެ ތެރެއިން ބައެއް ކަންތައްތަކަކީ ގައުމީ ސަލާމަތަށް ނުރައްކާވުން ކަމަށް މިހާރުވެސް ބަލާ ކަންތައްތަކެކެވެ.

  • މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލާއި ގާނޫނު އަސާސީއާއި ރައްޔިތުންގެ ހައްގުތަކާއި އަދުލު އިންސާފަށް އުނިކަން ލިބޭ ކަމެއް ކުރުން
  • ރާއްޖޭގެ ތިމާވެށްޓައި ސިޔާސީ މަސްލަހަތުތަކަށް އުނިކަން ލިބޭ ކަމެއް ކުރުން
  • ދަތުރުފަތުރާއި މުވާސަލާތީ ހިދުމަތަށް އުނިކަން ލިބޭ ކަމެއް ކުރުން
  • ރައްޔިތުންގެ ފުރާނައަށް ގެއްލުންވާ ކަމެއް، މުދަލަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމެއް، ބަލިމަޑުކަމެއް ނުވަތަ ކާރިސާއެއް ކުރިމަތިވުން
  • ޓެރަރިސްޓް ހަމަލާއެއް ދިނުން، އެފަދަ ހަމަލާއެއް ރޭވުން، ސައިބަ ސެކިއުރިޓީގެ ދާއިރާއިން ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަމެއް ކުރުން
  • ބޭރުގެ ހަނގުރާމަވެރި އުޅަނދެއް، ސަރުކާރުގެ ހުއްދަ ނެތި ރާއްޖޭގެ ސަރަހައްދަށް ވަނުން
  • ގާނޫނީ ސަރުކާރު ވައްޓައިލަން އުޅުމާއި ބަޣާވާތްކުރުން ނުވަތަ ބަޣާވާތްކުރަން ރޭވުން

މި ކަންތައްތަކާއި މީގެ އިތުރުން ވެސް އެތައް ކަންތައްތަކެއް ހިމެނުމަށް ފަހު އިސްތިސްނާގެ ގޮތުގައި ބިލުގައި ހިމަނުއްވާފައި އޮތީ ދެކަމެކެވެ. އެއީ ރައްޔިތުންގެ އަސާސީ ހައްގުތަކުގެ ދަށުން ހިންގާ ސުލްހަވެރި ހަރަކާތްތަކާއި މައުލޫމާތު ހޯދުމެވެ.

"...ރައްޔިތުންނަށް ލިބިދޭ އަސާސީ ހައްގުތަކުގެ ދަށުން، އެކި ކަންކަމަށް އިހުތިޖާޖްކުރުމަށް، ގާނޫނުތަކާ ހިލާފު ނުވެ ހިންގާ ސުލްހަވެރި ހަރަކާތްތައް، ގައުމީ ސަލާމަތަށް ނުރައްކާވުމުގެ ތެރެއިން އިސްތިސްނާވާނެ އެވެ. ގައުމީ ސަލާމަތަށް އުނިކަމެއް ނުވަތަ ނުރައްކަލެއް ކުރިމަތިވެދާނެ ކަމަކާ ބެހޭ ގޮތުން މީޑިއާއިން މައުލޫމާތު ހޯދުމަކީ ޖާސޫސްކުރުން ކަމުގައެއް ނުބެލެވޭނެ އެވެ،" ބިލުގައި އާދަމް ޝަރީފު ލިއުއްވާފައި ވެ އެވެ.

ގައުމީ ސަލާމަތަށް ނުރައްކާ ވެއްޖެ ކަމަށް ކަނޑައެޅުމާއި އެކަމާ ބެހޭ ގަރާރުތައް ނެރުއްވުން ފަދަ ކަންކަމުގައި ރައީސުލް ޖުމްހޫރިއްޔާއަށް ލަފާދޭން ކައުންސިލަކާއި ކޮމިޓީއެއް އުފައްދަން ވެސް އެ ބިލުގައި އެބަ އޮތެވެ.

އާދަމް ޝަރީދު މިއަދު "އަދަދު"އަށް ވިދާޅުވީ އެ ބިލަކީ އޭނާ ޑިފެންސް މިނިސްޓަރަކަށް ހުންނެވި އިރު ކުރައްވާފައިވާ މަސައްކަތެއް ކަމަށާއި ބިލު ހުށަހަޅުއްވީ އިދިކޮޅުގައި މަސައްކަތް ކުރައްވައިގެން ލިބިވަޑައިގެންނެވި އިތުުުރު ތަޖުރިބާއާ އެކީގައި ކަމަށެވެ.

"[ބިލު އެކުލަވައިލުމަށް ޓަކައި] އޭޝިއާގެ ގައުމުތަކާއި އިސްލާމީ ބައެއް ގައުމުތަކުގެ ނެޝަނަލް ސެކިއުރިޓީ ގާނޫނު ދިރާސާކުރިން،" އޭނާ ވިދާޅުވި އެވެ.

އާދަމް ޝަރީފު މި ބިލު ހުށަހެޅުއްވި އިރު، އޭނާ ހިމެނިވަޑައިގަންނަވާ އިދިކޮޅު ޕީޕީއެމް/ޕީއެންސީން "އިންޑިއާ އައުޓް"ގެ ނަމުގައި ހިންގާ ހަރަކާތުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ސަރުކާރުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ. އެ ހަރަކާތް ހުއްޓުވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ރިޔާސީ ގަރާރެއް ވެސް ނެރުއްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox