ހުލާސާކޮށް މަޖިލިސް: ލޭންޑް ޔޫސް ޕްލޭން ފާސްކުރުން އަވަސް ކުރުމާ ގުޅޭ ބަހުސް

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން--

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން--

ލޯކަލް ކައުންސިލްތަކުން ތައްޔާރު ކުރާ ތަރައްގީގެ ޕްލޭނާއި ބިން ބޭނުން ކުރާނެ ގޮތުގެ ޕްލޭން ނުވަތަ ލޭންޑް ޔޫސް ޕްލޭން ފާސްނުކޮށް ގައުމީ އިދާރާގައި ދިގު މުއްދަތަކަށް ހިފަހައްޓާފައި އޮތުމަކީ މިހާރު ގިނަ ކައުންސިލްތަކުގެ ކަންބޮޑުވުމެކެވެ.

މިކަންބޮޑުވުމަށް ހައްލު ގެނައުމުގެ ގޮތުން ކައުންސިލްތަކުން ގައުމީ އިދާރާއަށް ހުށަހެޅޭ އެ ޕްލޭންތައް ގިނަވެގެން 60 ދުވަހުގެ ތެރޭގައި ގައުމީ އިދާރާއިން ފާސްކުރަން ލާޒިމުކުރާ ގޮތަށް، ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން ވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މި ބިލުގެ ބަހުސް ކުރިއަށް ގެންގޮސްފައިވާއިރު، ބިލާ އެއްކޮޅަށް ވާހަކަ ދައްކާފައިވަނީ އިދިކޮޅު ޕީޕިއެމް/ޕީއެންސީގެ މެންބަރުންގެ އިތުރުން، އެމްއެންޕީގެ މެންބަރުންނެވެ.

ލާމަރުކަޒީ ގާނޫނުގައި ލޭންޑް ޔޫސް ޕްލޭން ހެދުން އުނި ކުރުމަށް އަދި އެ މާއްދާގައި ބަޔާން ކުރާ ޝަރުތުތައް މަދު ކުރުމަށް ވަކާލާތު ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ސަރުކާރު ހިންގާ އެމްޑީޕީގެ ގިނަ މެންބަރުން ވަނީ ވިދާޅުވެފަ އެވެ.

އެމްޑީޕީން ބަހުސް ކުރި ހުރިހާ މެންބަރުން ވެސް މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވި ކަމަކީ އެމްއެންޕީން ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން މައްސަލައަށް އެއްވެސް ހައްލެއް ނުލިބޭ ކަމެވެ.

އެމްޑީޕީ މެންބަރުން ވަނީ ލޭންޑް ޔޫސް ޕްލޭންތައް ފާސްނުވެ، ލަސްވަނީ ކައުންސިލްތަކުގައި ފަންނީ ގޮތުންނާއި މާލީ ގޮތުން ހުރި ދަތިތަކެއްގެ ސަބަބުން ކަމަށް ފާހަގަކުރައްވާފަ އެވެ. އަދި އެކަން ހައްލު ކުރުމުގެ ގޮތުން ސަރުކާރުން މަސައްކަތް ފަށައި، ކައުންސިލްތަކަށް އެހީ ފޯރުކޮށްދޭން ނިންމާފައިވާ ކަމަށް ވެސް މެންބަރުން ވިދާޅުވި އެވެ.

މަޖިލީހުގެ ހާޒިރީ

  • ހާޒިރުވެވަޑައިގެންނެވީ: 26 މެމްބަރުން
  • ސަލާމުގައި: 7 މެމްބަރުން

އިއްޔެގެ ޖަލްސާގައި ވަނީ ސަރުކާރުގެ ފަރާތުން ދެ ބިލެއް މަޖިލީހަށް ހުށަހަޅައިފަ އެވެ. ފުރަތަމަ ކިޔުން އިއްވި ބިލުތަކަކީ:

  • ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ހުށަހަޅުއްވި ދިވެހި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ހުށަހެޅުއްވި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

ދުވަހުގެ ފޮޓޯ

މިއަދުގެ ޖަލްސާގެ ތެރެއިން ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހެޅުއްވި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް--
މިއަދުގެ ޖަލްސާގެ ތެރެއިން ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހެޅުއްވި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް--

މިއަދުގެ ޖަލްސާގެ ތެރެއިން ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހެޅުއްވި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް--

ދުވަހުގެ ކޯޓޭޝަން

"ލޭންޑް ޔޫސް ޕްލޭން ފުރިހަމަ ކުރުމަށް ޓަކައި ގާނޫނުގައި ހުރި ޝަރުތުތަކަށް، ކޮންމެ ޝަރުތަކަށް ވެސް ޕްލޭނިން މިނިސްޓްރީން ވަނީ ލުއި ހައްލެއް ގެނެސްދީފައި. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި ލޭންޑް ޔޫސް ޕްލޭންތައް ފާސްނުވެގެން ތާށި ވެފަ، އަދި އެކަމަށް ބޭނުންވާ ޓެކްނޮލޮޖީއާއި ފައިސާ ހައްލުވެގެން ދާނެ،" އަލި ނިޔާޒް

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox