ލޯންޗަކާއި ތިން ދޯނި ރޯކޮށްލި މީހަކު ދެ އަހަރާއި ނުވަ މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ކްރިމިނަލް ކޯޓު.

ކްރިމިނަލް ކޯޓު.

ބ. ކެންދޫ ފަޅު ތެރޭގައި އަޅާފައި އޮތް ތިން ދޯންޏަކާއި ލޯންޗެއް ރޯކޮށްލި މައްސަލާގައި ހައްޔަރު ކުރި އެ ރަށު މޯނިންހައުސް، އަބްދުއްސަލާމް ޔޫސުފް ދެ އަހަރާއި ނުވަ މަސް ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

މި ހާދިސާ ހިނގީ އޭޕްރީލް 24، 2015 ގަ އެވެ. އެ ދުވަހުގެ ރޭ ކެންދޫ ފަޅު ތެރޭގައި އޮތް "މަހޯރާ" ނަމަކަށް ކިޔާ ދޯނީގައި ރޯވި އަލިފާންގަނޑު ފެތުރި އެ ފަޅުތެރޭގައި އޮތް "ސަރަކަ-2" ދޯންޏާއި"އަރަމަ-2" ދޯންޏާއި "ފެހިވިނަ" ނަމަކަށް ކިޔާ ލޯންޗެއް ރޯވި އެވެ.

މި މައްސަލާގައި އަބްދުލްސަލާމް ޔޫސުފް އޭރު ހައްޔަރުކޮށް އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ އޭރުގެ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ޓެރަރިޒަމް އަމަލެއް ކުރަން އުޅުމުގެ ކުށުގެ ދައުވާއަށެވެ. އޭރުގެ ގާނޫނު އޮތް ގޮތުން އޭނާގެ މައްޗަށް 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ނަމަވެސް، މިހާރު އޭނާ ކުރި ކުށް ފެތެނީ ގާނޫނޫލް އުގޫބާތުގައި ހިމެނޭ ކުށަކަށް ކަން ދައުލަތުން ވެސް ބުނެފައިވާއިރު ގާނޫނުލް އުގޫބާތުގައި އެ ކުށް ދަރަޖަކޮށް ކަނޑައަޅާފައިވާ އަދަބަކީ ދެ އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުމެވެ.

މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު އިއްވެވި ހުކުމުގައި ވަނީ ދައުވާއަށް އަބްދުއްސަލާމް ޔޫސުފް އިންކާރު ކުރި ނަމަވެސް ދައުލަތުން ހުށަހެޅި ސިއްރު ހެކިންނާއި އިތުރު ހެކިތައް ވަޒަން ކުރުމުން އޭނާގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށެވެ.

ދައުވާ ކުރިއިރު ގާނޫނުގައި އޮތް އަދަބަށް ރިއާޔަތްކޮށް ދައުވާ ހުށަހެޅި ނަމަވެސް ޝަރީއަތް ނިމޭއިރު ގާނޫނުގައި ކަނޑައެޅިފައިވާ އަދަބު ބަދަލުވެފައިވާނަމަ އިއްވަން ވާނީ އެއިން ކުޑަ އަދަބެއް ކަން ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ކަން ގާޒީ ފާހަގަ ކުރެއްވި އެވެ.

އެހެންވެ އަބްދުއްސަލާމް ޔޫސުފް ދެ އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލާން ހުކުމް ކުރެއްވި އެވެ. އަދި، އޭނާ މި މައްސަލާގައި މިހާތަނަށް ޖަލުގައި ހޭދަކުރި މުއްދަތު އުނިކުރުމުން ޖަލު ހުކުމުން ތަންފީޒު ކުރަން ޖެހެނީ ދެ އަހަރާއި އަށް މަހާއި 10 ދުވަސް ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox