ލޭންޑް ޔޫސް ޕްލޭންތައް ފާސްކުރުން އަވަސްކުރަން ހުށަހެޅި އިސްލާހަށް އެމްޑީޕީގެ ތާއީދެއް ނެތް

ހުޅުމާލެ ދާއިރާގެ މެންބަރު އަދި ލާމަރުކަޒީ ކޮމެޓީގެ މުގައްރިރު އަލީ ނިޔާޒް--

ހުޅުމާލެ ދާއިރާގެ މެންބަރު އަދި ލާމަރުކަޒީ ކޮމެޓީގެ މުގައްރިރު އަލީ ނިޔާޒް--

ލޯކަލް ކައުންސިލްތަކުން ތައްޔާރު ކުރާ ތަރައްގީގެ ޕްލޭނާއި ބިން ބޭނުން ކުރާނެ ގޮތުގެ ޕްލޭން ނުވަތަ ލޭންޑް ޔޫސް ޕްލޭން ފާސްނުކޮށް ގައުމީ އިދާރާގައި ދިގު މުއްދަތަކަށް ހިފަހައްޓާފައިވާ ބޭއްވުން ހުއްޓުމަކަށް ގެންނަން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް ތާއީދު ނެތް ކަމަށް މަޖިލިސް ކޮންޓްރޯލްކުރާ އެމްޑީޕީގެ މެންބަރުން މިއަދު ބުނެފި އެވެ.

މި ބިލުގެ އިބްތިދާއީ ބަހުސް މިއަދު ކުރިއަށް ދިޔައިރު، އެމްޑީޕީގެ ގިނަ މެންބަރުން ވަނީ ލާމަރުކަޒީ ގާނޫނުގައި ލޭންޑް ޔޫސް ޕްލޭން ހެދުން އުނި ކުރުމަށް އަދި އެ މާއްދާގައި ބަޔާން ކުރާ ޝަރުތުތައް މަދު ކުރުމަށް ވަކާލާތު ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވިދާޅުވެފަ އެވެ.

"ލޭންޑް ޔޫސް ޕްލޭން ފުރިހަމަ ކުރުމަށް ޓަކައި ގާނޫނުގައި ހުރި ޝަރުތުތަކަށް، ކޮންމެ ޝަރުތަކަށް ވެސް ޕްލޭނިން މިނިސްޓްރީން ވަނީ ލުއި ހައްލެއް ގެނެސްދީފައި. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި ލޭންޑް ޔޫސް ޕްލޭންތައް ފާސްނުވެގެން ތާށި ވެފަ، އަދި އެކަމަށް ބޭނުންވާ ޓެކްނޮލޮޖީއާއި ފައިސާ ހައްލުވެގެން ދާނެ،" ހުޅުމާލެ ދާއިރާގެ މެންބަރު އަދި ލާމަރުކަޒީ ކޮމެޓީގެ މުގައްރިރު އަލީ ނިޔާޒް ވިދާޅުވި އެވެ.

އަލީ ނިޔާޒް ވިދާޅުވީ ގާނޫނުން ކަމެއް ހައްލު ނުވާ ކޮންމެ ފަހަރަކު ގާނޫނު އުވާލުމަކީ ހައްލު ކަމަށް ނުދެކޭ ކަމަށެވެ. އޭނާ ވިދާޅުވީ ލޭންޑް ޔޫސް ޕްލޭންތައް ފާސްކުރުމަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެ ކަން ކުރާނެ ފަންނީ މީހުން ނެތުން ކަމަށާއި އެ ކަން ހައްލު ކުރުމުގެ ގޮތުން ގައުމީ ޔުނިވާސިޓީއާއި މިނިސްޓްރީ ގުޅިގެން ޕްރޮގްރާމްތަކެއް ފަށަން ނިންމާފައިވާ ކަމަށެވެ. ޓެކްނޮލޮޖީގެ އެހީގައި ޕްލޭން ހެދުމަށް ތަމްރީނު ކުރާ މީހުންގެ ފުރަތަމަ ޕްރޮގްރާމް ޖުލައި މަހު ފެށޭނެ ކަމަށް އޭނާ ހާމަކުރެއްވި އެވެ.

"އެކަމަށް ބޭނުންވާ ޓެކްނޮލޮޖީ ނުވަތަ އާލާތްތައް ހޯދުމުގައި ވެސް ސަރުކާރުން އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން މިވަނީ ދީފައި. މާނައަކީ ކޮންމެ އަތޮޅަކަށް އޭގެ ޑްރޯނެއް، އޭގެ އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި 2000 ޑޮލަރު [ލިބޭނެ]،" ނިޔާޒް ވިދާޅުވި އެވެ.

އެމްއެންޕީގެ އިސްލާހަށް ބަހުސް ކުރައްވަމުން، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވަނީ ޕްލޭންތައް ފާސްނުވެގެން އުޅެނީ ޕްލޭނިން މިނިސްޓްރީގެ ސަބަބުން ކަމަށް ބުނަމުން އަންނަ ވާހަކަތަކަށް ރައްދު ދެއްވާފަ އެވެ. އޭނާ ވިދާޅުވީ ޕްލޭންތައް ހެދުމަކީ މިނިސްޓަރު މުހައްމަދު އަސްލަމްގެ ޒިންމާއެއް ނޫން ކަމަށެވެ.

"މުޅި ގާނޫނު ބަލައި މި ހުރިހާ ކަމެއް ކުރެއްވި އިރު ވެސް އަޅުގަނޑަކަށް ނުފެނުނު އަސްލަމް ނުވަތަ އަސްލަމްގެ މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަމެއް ކަމަކަށް މި ލޭންޑް ޔޫސް ޕްލޭން ހެދުމަކީ. މިނިސްޓްރީގެ ޒިންމާއަކީ އެ ތަނަަށް ހުށަހެޅުނީމާ ގާނޫނުގައި ބުނާ ވާހަކައަކީ މި ފާސްކުރެވޭ އެއްޗެއް ވިއްޔާ ފާސްކުރުން، ނުވާ އެއްޗެއް ވިއްޔާ ކޮމެންޓާއެކީ އެ ފޮނުވާ އަލުން އަނބުރާ ގެނެސްގެން ފާސްކުރުން،" އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ މި މައްސަލަ ހައްލު ކުރުމަށް ލޭންޑް ޔޫސް ޕްލޭން ހެދުމުގައި ކައުންސިލްތައް ބާރުވެރިކުރުވޭ ފަދަ އިސްލާހެއް ގާނޫނަށް ގެނެވިދާނެ ކަމަށެވެ. އެގޮތުން ކޮންމެ ކައުންސިލެއްގައި ނުވަތަ ކޮންމެ އަތޮޅު ކައުންސިލެއްގައި ލޭންޑް ޔޫސް ޕްލޭން ހަދަން އެނގޭ މުވައްޒަފަކު ތަމްރީން ކޮށްފައި ބެހެއްޓިދާނެ ކަމަށް ވިދާޅުވި އެވެ.

އިސްލާހާ ދެކޮޅަށް އެމްޑީޕީގެ މެންބަރުން ވާހަކަ ދެއްކިއިރު، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ މެންބަރުން ވަނީ އިސްލާހަށް ތާއީދުކުރައްވާފަ އެވެ.

ޖުމްހޫރީ ޕާޓީގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވަނީ ލާމަރުކަޒީ ގާނޫނު އެކުލަވާލައި އެ ނިޒާމު ހިންގަން ފެށީ ރައްޔިތުންނާއި ކައުންސިލްތަކުން ބޭނުންވާ ގޮތަށް ނޫން ކަމަށް ވިދާޅުވެ، ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ކައުންސިލްތަކަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ލާމަރުކަޒީ ގާނޫނުގައި ކައުންސިލްތަކަށް ބާރުތަކެއް ދިނުމަށްފަހު މިސަރުކާރުގެ މިނިސްޓްރީތަކުން ބާރުތައް ހިފެހެއްޓުން ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވެސް ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން އެމްއެންޕީން ހުށަހެޅި ބިލުގައި ވަނީ ކައުންސިލްތަކުން ގައުމީ އިދާރާއަށް ހުށަހެޅޭ އެ ޕްލޭންތައް ގިނަވެގެން 60 ދުވަހުގެ ތެރޭގައި ގައުމީ އިދާރާއިން ފާސްކުރަން ވާނެ ކަމަށެވެ. ލޭންޑް ޔޫޒް ޕްލޭންއާ ގުޅޭ ގޮތުން ވަކި ކަމެއް އިސްލާހު ކުރަން ޖެހޭ ކަމަށް ގައުމީ އިދާރާއަށް ފެންނަ ނަމަ އެކަމަކާ ގުޅޭ ގޮތުން ކައުންސިލާ މަޝްވަރާކޮށް އެ ކަމެއް އިސްލާހުކޮށް ގާނޫނުގައި ބަޔާންކުރާ 60 ދުވަހުގެ ތެރޭގައި ފާސްކޮށް ނިންމަން ވާނެ ކަމަށް ވެސް ބިލުގައިވެ އެވެ.

އެމްއެންޕީން މި އިސްލާހު ހުށަހަޅާފައިވާއިރު، ލޭންޑް ޔޫޒް ޕްލޭން ހެދުމަށް އޮތް ދަތިތައް ފިލުވަން ގާނޫނު އިސްލާހު ކުރަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފަ އެވެ.

"ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ލޭންޑް ޔޫސް ޕްލޭން ހެދުމާ ގުޅޭ ސެޝަންގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ, އެ ޕްލޭން ނުހެދިގެން އުޅޭތީ, ގާނޫނީ މައްސަލަތަކެއް ހުރިކަން އެބަ އެނގޭ ކަމަށެވެ.

އެހެންވެ, އެކަންކަން ހައްލުކުރުމަށް ގާނޫނީ ބަދަލުތައް ސަރުކާރުން ގެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް, އެ އިސްލާހުތަކުގެ ތަފްސީލަކަށް ރައީސް ވަޑައިނުގަންނަވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox