އަދަދު ނޫހުން ނިންމީ ފުލުހުން ގެންދިޔަ އެއްވެސް ލެޕްޓޮޕެއްގެ ޕާސްވޯޑު ނުދޭން

އަލީ ހުސައިން

އަލީ ހުސައިން

އޭޕްރިލް 27، ގައި އަދަދު ނޫހުގެ އޮފީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެއްވެސް ލެޕްޓޮޕެއްގެ ޕާސްވޯޑު ފުލުހުންނަށް ނުދޭން އެ ނޫހުން ނިންމައިފި އެވެ. 

ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އިލެކްޓްރޯނިކް ވަސީލަތްތަކުގެ ޕާސްވޯޑުތައް ދިނުމަށް ފުލުހުން އެދުނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އެ ކޯޓު އަމުރުގެ ދަށުން މިއަދު މެންދުރުފަހު 2:00 ގައި އަދަދު ގެ ސީއީއޯ، ހުސެއިން ފިޔާޒު މޫސާ ފުލުސް އޮފީހަށް ހާޒިރުކުރި އެވެ.

ފުލުހުންނަށް ޖަވާބުދާރީވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން، ފިޔާޒުގެ ގާނޫނީ ވަކީލު، އަލީ ހުސެއިން ވިދާޅުވީ އެއްވެސް މީހެއްގެ މައްޗަށް ފިޔާޒު ގަޒުފު ކޮށްފައި ނުވާނެ ކަމަށް ފުލުހުންނަށް ދަންނަވާފައިވާނެ ކަމަށެވެ.

"[އަޅުގަނޑުމެން ވާނީ] މަސްދަރު ހާމަކުރެވެން ނެތް ކަމަށް ބަޔާން ކޮށްފައި، އެއީ ޕާސްވޯޑުތައް ދީފި ކަމަށްވަންޏާމުން މަސްދަތުތައް ހާމަ އެބަވޭ، އެހެންވީމާ މަސްދަރުތައް ހާމަވެދާނެތީ މައުލޫމާތު ދީފައިވާ..، އަދި، މި މައްސަލައާ ގުޅިގެނެއް ނޫން، އެހެން މައްސަލަތަކާ ގުޅިގެން ވެސް މައުލޫމާތު ދީފައި ހުރި ފަރާތްތަކުގެ، އެއީ ކޮންބައެއްކަން އެނގިދާނެތީ ހާމަވެދާނެތީ ހަގީގަތުގައި ޕާސްވޯޑު ދީފައި ނުވަނީ،" އަލީ ހުސެއިން ވިދާޅުވި އެވެ.

އެ ނިންމުން ނިންމީ، އަދަދު ނޫހާ ދެކޮޅަށް ފުލުހުން ތަހުގީގެއް ހިންގަނީ ވަކި ބައެއްގެ ނުފޫޒުން ކަމަށް ފެންނާތީ އާއި މަސްދަރު ހާމަނުކުރަމަކީ ގާނޫނުއަސާސީން ލިބިދޭ ހައްގަކަށް ވާތީ ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.

ގާނޫނުއަސާސީގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ މީހަކު ފަތުރާ ނުވަތަ ޝާއިއުކުރާ ހަބަރާއި މައުލޫމާތާއި އެމީހަކަށް ފެންނަ ގޮތްތަކާއި ހިޔާލުތަކާ ގުޅިގެން އެއްވެސް މީހަކަށް އެ މައުލޫމާތުގެ މަސްދަރު ހާމަކުރަން މަޖުބޫރުކޮށްގެން ނުވާނެ ކަމަށެވެ.

ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގެ (ށ) ގައި ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން މަޖުބޫރުވާނެ ހާލަތްތައް ބަޔާންކޮށްފައި ވަނީ ވެސް ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތާ ގުޅުންހުރި މައްސަލަތަކުގަ އެވެ.

ފުލުހުން އެދުނުގޮތަށް ޕާސްވޯޑުތައް ނުދީފިނަމަ، ބައެއްކަހަލަ ކަންކަމާ ކުރިމަތިލާން ޖެހިދާނެކަމުގެ އިންޒާރު ފުލުހުން މިއަދު ދިން ކަމަށް ވެސް އަލީ ހުސެއިން ވިދާޅުވި އެވެ.

"ދެން މިކަމާ ގުޅިގެން ފުލުހުން ވިދާޅުވެފައި ވަނީ މީގެ ކޮންސީކުއެންސަސް ހުރެދާނެ ކަމަށް، ދެން އަޅުގަނޑުމެންނަށް ވެސް އެބަ އެނގޭ ގާނޫނީގޮތުން މިގޮތަށް ޕާސްވޯޑުތައް ނުދީފި ކަމަށްވަންޏާ އަޅުގަނޑުމެންނަށް ވެސް އެބަ އެނގޭ ދައުވާ ކުރެވޭނެ ގޮތްތަކާޢި އެ ހުރިހާކަމެއް އެބަހުރިކަން،" އަލީ ހުސެއިން ވިދާޅުވި އެވެ.

"އެހެން ނަމަވެސް، ދައުވާ ކުރިޔަސް، ޖަލަށްލިޔަސް އަޅުގަނޑުގެ ކްލައިންޓު ފިޔާޒު އެ ބުނަނީ އަޅުގަނޑުމެން މި ދަންނަވަނީ އަޅުގަނޑުމެން މިތިބީ މަސްދަރު ކާމަކުރާ ގޮތަކަށް ނޫނޭ."

ފުލުހުން މި ނޫހުގެ އޮފީހަށް ވަދެ ކުރިއަށްގެންދިޔަ ހަތަރު ގަޑިއިރުގެ ސާޗް އޮޕަރޭޝަނަކަށް ފަހު ލެޕްޓޮޕްތަކާއި ހާޑް ޑިސްކުތަކާއި ބައެއް މެމޮރީ ކާޑު ހިމެނޭ ގޮތަށް 20 ޑިވައިސްއެއް ގެންދިޔަ އެވެ.

ނަމަވެސް، އަދަދު ނޫސް ބަލައިފާސްކުރުމަށް ފުލުހުން ދެއްކި ކޯޓު އަމުރުގައި، އެއްވެސް އެއްޗެއް ހިފެހެއްޓުމުގެ އަމުރެއް ނެތެވެ. އެ ކޯޓު އަމުރުގައި އޮތީ ހަމައެކަނި ބަލައިފާސްކުރުމުގެ އަމުރެކެވެ.

މި އޮފީހަށް ފުލުހުން ވަނީ ރައީސް މުހައްމަދު މުއިއްޒުއާ ކައިވެނިން ބޭރުން ގުޅުމެއް ހިންގި ކަމަށް ތުހުމަތު ކުރި އެ ރައީސް އޮފީހުގެ ކުރީގެ މުވައްޒަފެއްގެ ބަސް ގެނެސްދީ މި ނޫހުން ޝާއިއު ކުރި "އައިޝާ" ޑޮކިއުމެންޓަރީގެ ސަބަބުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox