ލޭންޑް ޔޫސް ޕްލޭން ހެދުމަށް އޮތް ދަތިތައް ފިލުވަން ގާނޫނު ބަދަލުކުރަނީ

ރައީސް ސޯލިހު, ވިއަވަތި ކޮންފަރެންސްގައި ކައުންސިލަރުންނާ ބައްދަލުކުރައްވަނީ: ލާމަރުކަޒީ ގާނޫނަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައި

ރައީސް ސޯލިހު, ވިއަވަތި ކޮންފަރެންސްގައި ކައުންސިލަރުންނާ ބައްދަލުކުރައްވަނީ: ލާމަރުކަޒީ ގާނޫނަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައި

ލޯކަލް ކައުންސިލްތަކުން ތައްޔާރު ކުރާ ތަރައްގީގެ ޕްލޭނާއި ބިން ބޭނުން ކުރާނެ ގޮތުގެ ޕްލޭން ނުވަތަ ލޭންޑް ޔޫޒް ޕްލޭން ހެދުމަށް އޮތް ދަތިތައް ފިލުވަން ގާނޫނު އިސްލާހު ކުރަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު މިހާރު އޮންނަ ގޮތުން ރަށު ކައުންސިލްތަކުން ހަދަން ޖެހޭ ޕްލޭންތައް ފާސްނުވެ، އެކަން މިހާރު ވެފައި އޮތީ މުޅި ލާމަރުކަޒީ ނިޒާމަށް ކުރި ތަސައްވުރަށް ބޮޑު ހުރަހަކަށެވެ. ރަށުގައި އާ މަޝްރޫއުތައް ހިންގާނެ ބިން ހޯދުން ވެސް ހުއްޓިފައިވާއިރު, ޕްލޭނިން މިނިސްޓްރީއަށް ވެސް އޭގެ އުނދަގޫ ވަނީ ފޯރާފަ އެވެ.

މިހާތަނަށް ގާނޫނުގައިވާ ގޮތުން, ފާސްކުރެވިފައިވަނީ އެންމެ ހަތް ރަށެއްގެ ޕްލޭނެވެ. މިހާތަނަށް 55 ރަށަކުން ޕްލޭން ހަދާފައިވީ ނަމަވެސް, އޭގައި މައްސަލަތައް ހުރުމުން ފާސްކުރެވިފައެއް ނުވެ އެވެ. ބައެއް ޕްލޭންތައް އަނބުރާ ވަނީ ފޮނުވާ ވެސްލާފަ އެވެ.

ގާނޫނުގައި ބަޔާންކުރާ ގޮތުން، އެ ޕްލޭންތަކަކީ ވަށާޖެހޭ ގޮތަށް ފަންނީ ގިނަ މައުލޫމާތުތަކެއް ހިމަނަންޖެހޭ ކަރުދާހެކެވެ. އެކަމަކު ކައުންސިލުތަކުގެ ގާބިލުކަމަށް ބަލާއިރު ގާނޫނުގައި ބަޔާންކުރާ މިންވަރަށް އެ ޕްލޭންތައް ފުރިހަމަ ކުރަން ގިނަ ގޮންޖެހުންތައް ހުރި ކަމަށް އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ވަނީ ވިދާޅުވެފަ އެވެ.

އެކަމާ ގުޅޭ ހައްލުތައް ހޯދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މިއަދު ކުރިއަށްދާ "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ލޭންޑް ޔޫސް ޕްލޭން ހެދުމާ ގުޅޭ ސެޝަނެއް ވަނީ ބާއްވާފަ އެވެ. އެ ސެޝަންގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ, އެ ޕްލޭން ނުހެދިގެން އުޅޭތީ, ގާނޫނީ މައްސަލަތަކެއް ހުރިކަން އެބަ އެނގޭ ކަމަށެވެ. އެހެންވެ, އެކަންކަން ހައްލުކުރުމަށް ގާނޫނީ ބަދަލުތައް ސަރުކާރުން ގެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ނަމަވެސް, އެ އިސްލާހުތަކުގެ ތަފްސީލަކަށް ރައީސް ވަޑައިނުގަންނަވަ އެވެ.

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވި ގޮތުގައި, ޕްލޭން ހެދުމާ ގުޅޭ ގޮތުން އޮތް ދަތިތައް ފިލުވުމަށް އޮތީ ކުރަން ޖެހޭ ދެ ކަމެއް ކަމަށެވެ. ފުރަތަމަ ކަމަކީ, ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން ކަމަށާއި ދެން އޮތީ ގާނޫނު މާނަކުރުން ކަމަށެވެ. އެގޮތުން, މިނިސްޓަރު ވަނީ ލޭންޑް ޔޫސް ޕްލޭންގައި ހިމަނަން ޖެހޭ ބައެއް ކަންކަން ފުރިހަމަ ކުރުމަށް ފަސޭހަ ގޮތްތަކެއް ކިޔައިދެއްވާފަ އެވެ.

ރަށުގެ މެޕް ކުރެހުމާއި, ގަހާއި ރުކުގެ އަދަދު ހިމެނުން ފަދަ ކަންކަމުގައި އަމަލުކުރަންވީ މިނިސްޓަރު އަސްލަމް ވިދާޅުވެދެއްވައި, އެކަން ކުރުމަށް ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ވިއަވަތި ކޮންފަރެންސްގެ ތެރެއިން --
ވިއަވަތި ކޮންފަރެންސްގެ ތެރެއިން --

ވިއަވަތި ކޮންފަރެންސްގެ ތެރެއިން --

ގާނޫނު އިސްލާހުކުރުމުގެ ވާހަކަ ރައީސް މިއަދު ވިދާޅުވި ނަމަވެސް, މީގެކުރިން މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް "އަދަދު"އަށް ވިދާޅުވީ ކަމެއް ނުކުރެވިގެން ގާނޫނު އިސްލާހުކުރުމަކީ އެންމެ ފަހު ކަމެއްގެ ގޮތުގައި އޮންނަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ދެން ގާނޫނު އިސްލާހު ކޮށްގެން އޭގައި ބަޔާންކުރާ މައުލޫމާތު ލޭންޑް ޔޫސް ޕްލޭނުން އުނިކޮށްފިނަމަ އެކަން ކުރުމުގެ މަގުސަދު ގެއްލިގެން އެބަދޭ،" އަލީ ނިޔާޒް ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި މައްސަލައިގެ ހައްލަކީ ފަންނީ މައުލޫމާތު ހިމަނަން މުއްދަތެއް ދިނުމަށްފަހު އެ ޕްލޭންތައް މިވަގުތަށް ފާސްކޮށްދިނުމެވެ. ކައުންސިލްތައް ހިނގައިގަނެ، ހަގީގީ މަސައްކަތްތައް ފަށައިގަނެވޭނީ އަލީ ނިޔާޒް ވިދާޅުވި ގޮތުގައި އެ މަސައްކަތް ނިންމައިގެނެވެ.

ނަމަވެސް, ގާނޫނުން ލާޒިމުކުރާ ކަމަކަށް ލުޔެއްދީގެން ޕްލޭންތައް ފާސްކޮށް ނުދެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން އޮތީ ބުނެފަ އެވެ. މިނިސްޓަރު އަސްލަމް މަޖިލީހުގައި މީގެކުރިން ވިދާޅުވި ގޮތުގައި ވަޒީރުންނަކީ ގާނޫނުގެ މަތީގައި ތިބޭ ބައެއް ނޫނެވެ. އަދި ލޭންޑް ޔޫސް ޕްލޭންތައް ނުހެދިގެން އުޅުމަކީ އެކަން ނުކޮށް ދޫކޮށްލެވޭނެ ޒާތުގެ ކަމެއް ނޫން ކަމަށް ގަބޫލުކުރައްވާ ކަމުގައި އަސްލަމް ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox