ވިގެއް އަޅައިގެން ހުރި މީހަކު މޮނާލީޒާ ކުރެހުމަށް ކޭކެއް އެއްލައިފި

May 31, 2022, 1:40 AM
ވިގެއް އަޅައިގެން ހުރި މީހަކު މޮނާލީޒާ ކުރެހުމަށް ކޭކެއް އެއްލައިފި

ފްރާންސްގެ ޕެރިހުގައި ހުންނަ އެންމެ މަޝްހޫރު ދާރުލްއާސާރު ކަމަށްވާ "ލޫވާ"ގައި ދައްކަން ބަހައްޓާފައި ހުރި އިޓަލީގެ ކުރެހުންތެރިޔާ ލިއޮނާޑޯ ޑާވިންޗީގެ "މޮނާލީޒާ" ކުރެހުމަށް ވިގެއް އަޅައިގެން ހުރި މީހަކު ކޭކެއް އެއްލައިފި އެވެ.

އޭނާ ކޭކު އެއްލި ނަމަވެސް ދުނިޔޭގެ އެންމެ މަޝްހޫރު ކުރެހުމަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. އެވަގުތު ޑިސްޕްލޭގައި ކުރެހުން ހުރީ ވަޒަން ނާރާ ބިއްލޫރީގެ ފަހަތުގަ އެވެ.

ކޭކު ބިއްލޫރިގަނޑުގައި ޖެހުމުގެ ސަބަބުން ކޮންމެވެސް ވަރަކަށް އައިސިން ހޭކިފައި ހުއްޓެވެ. މިއީ އަޖައިބުކުރަނިވި މަންޒަރެއްގެ ގޮތުގައި އެތަނުގައި އެވަގުތު ތިބި މީހުން ވަނީ ސިފަކޮށްފަ އެވެ.

Advertisement

މޭކަޕް ކޮށްގެން ހުރި މީހާ ކޭކު އެއްލި ވަގުތު ދިޔައީ ދުނިޔެއާ މެދު ވިސްނުމަށް އެތަނުގައި ތިބި މީހުންގެ ކައިރީގައި ބުނަމުންނެވެ. އެވަގުތު އޭނާ އިނީ ވެސް ފުރޮޅުލީ ގޮނޑިއެއްގަ އެވެ.

އެ މީހާ ހައްޔަރުކޮށްގެން ގެންދިޔަ ގަޑީގައި ވަނީ ކުރެހުންތެރިން ވެސް ދުނިޔެއާ މެދު ވިސްނާ ފިކުރި ކުރި ކަމަށާއި އޭނާ ވެސް އެކަން ކުރީ އެހެންވެ ކަމަށެވެ.

އުމުރުން 36 އަހަރުގެ އެ ފިރިހެން މީހާ ހައްޔަރުކުރުމަށްފަހު މިހާރު ވަނީ ސައިކޭޓްރިކް ޔުނިޓަކަށް ބަދަލުކޮށްފަ އެވެ. ފްރާންސްގެ ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

"ލޫވާ"ގައި 1950 އިން ފެށިގެން "މޮނާލީޒާ" ދައްކަން ބަހައްޓާފައި ހުންނަނީ ބިއްލޫރިގެ ފަހަތުގަ އެވެ. އެއީ، އެ އަހަރު އެ ކުރެެހުން ހަލާކުކޮށްލުމަށްޓަކައި ދެވުނު އެސިޑް ހަމަލާއަކަށް ފަހު އެވެ.

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox