އެމްޑީޕީގެ ކޮންގްރެސް އޮގަސްޓް 19 ގައި، ބައިވެރިކުރާނީ އީސީގެ ދަފްތަރަށް ބަލައިގެން

އެމްޑީީޕީގެ ގައުމީ މަޖިލީހުން ރޭ ބޭއްވި ޖަލްސާގައި މެމްބަރުން ބައިވެރިވަނީ. އެޕާޓީގެ ކޮންގްރެސް ބާއްވާނީ އޮގަސްޓް 19 ގައި.

އެމްޑީީޕީގެ ގައުމީ މަޖިލީހުން ރޭ ބޭއްވި ޖަލްސާގައި މެމްބަރުން ބައިވެރިވަނީ. އެޕާޓީގެ ކޮންގްރެސް ބާއްވާނީ އޮގަސްޓް 19 ގައި.

ވެރިކަންކުރާ ކޯލިޝަނުގެ މައިޕާޓީ، އެމްޑީޕީގެ ކޮންގްރެސް ބާއްވަން ކުރިން ނިންމާފައި އޮތް ތާރީހަށް ވުރެ ފަސްކޮށް، އެޕާޓީގެ މެމްބަރުންގެ ދަފްތަރު އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރާ އެއްގޮތް ކުރުމުގެ މަސައްކަތް ކުރަން ރޭ ނިންމައިފި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ބޭއްވި ޖަލްސާގައި މައިގަނޑު ދެކަމެއް ކުރަން ފާސްކުރި އެވެ. ފުރަތަމަ ކަމަކީ ކޮންގްރެސް ބާއްވާ ތާރީހު އޮގަސްޓް ހަތަރަކުން އޮގަސްޓް 19 އަށް ފަސްކުރުމެވެ. ދެވަނަ ކަމަކީ އެޕާޓީގެ ދަފްތަރުގައި ތިބި މެމްބަރުންގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ޖެހެން ތިން މަސްދުވަހުގެ މުހުލަތެއް ދީ، އެ ދަފްތަރު ރަނގަޅުކޮށް، އެއްގޮތް ކުރުމެވެ.ެ

އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ބޭއްވި ޖަލްސާގައި މެމްބަރުން ބައިވެރިވަނީ. ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ބޭއްވި ޖަލްސާގައި މެމްބަރުން ބައިވެރިވަނީ. ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ބޭއްވި ޖަލްސާގައި މެމްބަރުން ބައިވެރިވަނީ. ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު، "އަދަދު" އަށް މިއަދު ވިދާޅުވީ އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި އީސީގެ ދަފްތަރުގައި ޖެހިފައިނުވާ މީހުން، އެ ދަފްތަރުގައި ޖެހެން ތިން މަސްދުވަސް ދިން ނަމަވެސް، ކޮންގްރެސްގައި ބައިވެރިވެވޭނީ ފުރަތަމަ 30 ދުވަހުގެ ތެރޭގައި އެ ދަފްތަރުގައި ޖެހޭ މީހުންނަށް ކަމަށެވެ.

"[ރޭ ފާސްކުރީ] ފުރަތަމަ 30 ދުވަހުގެ ތެރޭގައި ސާފުވާ މީހުންނަށް ކޮންގްރެސްގައި ބައިވެރިވެވޭ ގޮތަށް. އޭގެ އިތުރަށް ދެ މަސްދުވަސް މިދެނީ، ގާތްގަނޑަކަށް 30،000 އަށް ވުރެ ގިނަ މީހުން އެބަ އުޅޭ ދަފްތަރުން ވަކިވެފައި އޮތް ކަމަށް ރެެކޯޑްތަކުން ފެންނަ. މުޅި ޖުމްލަ ތިން މަސްދުވަހުގެ ތެރޭގައި ދަފްތަރު ސާފުކުރަން" އޭނާ ވިދާޅުވި އެވެ.

ކޮންގްރެސް ބާއްވާ އިރު އެގޮތަށް އަމަލުކުރަން ރޭގެ ޖަލްސާގައި ހުށަހެޅުއްވީ އިބްރާހީމް ވަހީދު (މަދަނަ އިބްރޭ) އެވެ. އެ ހުށަހެޅުން ފާސްކުރީ އަލީ ނިޔާޒް ވިދާޅުވި ގޮތުގައި ރޭގެ ޖަލްސާގައި ބައިވެރިވި 90 މެމްބަރުންގެ ތެރެއިން 70 މެމްބަރުން ވޯޓު ދެއްވައިގެންނެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕާޓީގެ ދަފްތަރުގައި އޮވެފައި، ގާނޫނަށް ފަހުން ގެނައި ބަދަލެއްގެ ސަބަބުން އީސީގެ ދަފްތަރުން އުނިކޮށްފައިވާ މެމްބަރުން ވެސް އެމްޑީޕީގައި އެބަ ތިއްބެވެ. އެ މެމްބަރުންނާ މެދު އަމަލުކުރާނެ ގޮތެއް ވެސް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ނިންމާނެ އެވެ.

ކޮންގްރެސްގެ ކުރިމަތީގައި ބޮޑެތި ނިންމުންތަކެއް

އޯގަސްޓް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮންގްރެސްގައި ރާއްޖޭގެ ވެރިކަން ކުރާ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް, ރިޔާސީ އިންތިހާބެއްގައި ދެވަނަ ބުރެއްގެ ވޯޓަކަށް ނުގޮސް އިންތިހާބު ކާމިޔާބު ކުރެވޭނެ މަގެއް ކަނޑައަޅެމުގެ މަސައްކަތާ ގުޅޭ ގޮތުން މަޝްވަރާކޮށް ނިންމުންތައް ނިންމަން ވަނީ ތާވަލުކޮށްފަ އެވެ.

ގާނޫނު އަސާސީ އަށް ގެންނަން ބަދަލުތަކެއް ހުށަހެޅުއްވީ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ގާނޫނުއަސާސީއަށް ގެންނަން ނަޝީދު ބޭނުންވާ ބަދަލުތައް

  • މިނިވަން މުއައްސަސާތަކުގެ އަދަދާ އެކުލެވިގެން ވާގޮތަށް ގެންނާން ޖެހޭ އިސްލާހުތައް ކޮންގްރެސްއިން ފާސްކުރުން. (ހާއްސަ ގޮތެއްގައި ޖުޑިޝިއަލް ސާވިސަސް ކޮމިޝަން އެކުލެވިގެންވާ ގޮތަށް ގެނަން ޖެހޭ އިސްލާހުތައް.)
  • ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ގާނޫނުއަސާސީގައި ކަނޑައެމަށް ނިންމާ ނިންމުން.
  • ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓަކީ ޖުމްލަ ވޯޓްގެ 30% އަށް ވުރެން މަދު ނޫން އަދަދަކަށް ވޯޓް ހޯދާފައިވާ ކެންޑިޑޭޓެއްނަމަ، އެ ކެންޑިޑޭޓްއަކީ މޮޅުވި ކެންޑިޑޭޓްގެ ގޮތުގައި ގާނޫނުއަސާސީގައި ކަނޑައެޅުމަށް ކޮންގްރެސްއިން ނިންމުން.
  • (މިފަދަ ކަނޑައެޅުމެއްގައި، އެއްވެސް ކެންޑިޑޭޓްއަކަށް 30% ގެ މިންވަރަށް ވޯޓް ނުލިބިއްޖެނަމަ އެންމެ ގިނަ ވޯޓް ހޯދާ ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރަކަށް ވޯޓް ނަގާ އެންމެ ގިނަ ވޯޓް ހޯދި ކެންޑިޑޭޓް އެއީ މޮޅުވި ކެންޑިޑޭޓްގެ ގޮތުގައިވެސް ގާނޫނުއަސާސީގައި ކަންޑައެޅުން.)
  • ގާނޫންއަސާސީގައި ކަނޑައަޅާނެ ލާކާމަރުކަޒީ އިތުރު އުސޫލްތައް ކަނޑައެޅުން.
  • ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި އަދި އެފެންނަ ނުފެންނަ ވޯޓް ނަގާނެ ތާރީހެއް، އަދި ނެގޭ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ އާއި އެއްގޮތައް ގާނޫނުއަސާސީގެ ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް ކޮންގްރެސްއިން އެއްބަސްވުން.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox