"މިދިޔަ އެއް އަހަރު މިނިސްޓަރު އަސްލަމް ރާއްޖޭގައި ނޫޅުއްވަނީބާ؟"

މިނިސްޓަރު އަސްލަމް މިއަދުގެ ކޮންފަރެންސްގައި: ލޭންޑް ޔޫސް ޕްލޭން ނުހެދި ލަސްވުމާ ގުޅިގެން ފާޑުކިޔުން އަމާޒުވި

މިނިސްޓަރު އަސްލަމް މިއަދުގެ ކޮންފަރެންސްގައި: ލޭންޑް ޔޫސް ޕްލޭން ނުހެދި ލަސްވުމާ ގުޅިގެން ފާޑުކިޔުން އަމާޒުވި

ލާމަރުކަޒީ ގާނޫނުގެ ދަށުން ލޭންޑް ޔޫސް ޕްލޭންތައް ހެދުމަށް ލާޒިމްވިއެއްކަމަކު, އެކަމުގެ ފަންނީ ގާބިލްކަން ނެތުމުގެ ސަބަބުން ކައުންސިލްތަކުގެ އަތްތައް އޮތީ ބަނދެވިފަ އެވެ. އެކަމުގައި ހިނގާނެ, ދުވާނެ މަގެއް ކައުންސިލަރުން ނުފެނި, އެލްޖީއޭ އާއި ޕްލޭނިން މިނިސްޓްރީއަށް ޝަކުވާތައް ބަންޑުންކުރަމުން ދިޔަ އެވެ.

އެ ޝަކުވާތަކާއި ނުތަނަވަސްކަމުގެ ތެރޭ އޮތް ކައުންސިލްތަކުގެ ތެރޭން މެދުރާއްޖެތެރެއަށް ނިސްބަތްވާ ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުން "ވިއަވަތި ރާއްޖެ" ކޮންފަރެންސްއަށް މިއަދު އއ. އުކުޅަހުގައި އެއްވެ ތިބިއިރު, ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަޑައިގެންނެވީ, "ޑްރޯން"އެއްގެ ހައްލާއެކު އެވެ. އެކަމަކު, މިނިސްޓަރަށް ކުރިމަތިލާން ޖެހުނީ މާބޮޑު ފާޑުކިޔުމަކާ އެވެ.

"ހައުސިން މިނިސްޓަރު ވިދާޅުވެއްޖެ ފަސޭހަތަކެއްގެ ވާހަކަ, އަޅުގަނޑު ހިތަށް އަރާ ހައުސިން މިނިސްޓަރު މިދިޔަ އެއް އަހަރު ތެރޭ ރާއްޖޭގަ ނޫޅުއްވަނީބާވާއޭ!" ހުރާ ކައުންސިލްގެ ރައީސް އީސާ އަހުމަދު, އަސްލަމަށް އަމާޒުކޮށް ވިދާޅުވި އެވެ.

ހުރާ ކައުންސިލްގެ ރައީސްގެ އެ ސުވާލާއެކު, ކޮންފަރެންސްގެ ހޯލް އަތްތިލަބަޑިން ގުގުމާލި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ސްޓޭޖްމަތީ އިންނެވި އަސްލަމް, އެ އިންނެވި ގޮތަށް އިންނެވީ އެވެ.

އީސާ ވިދާޅުވި ގޮތުގައި, މިވީ އެއް އަހަރު ތެރޭ ކައުންސިލްތަކަށް ޕްލޭންތައް ނުހެދި އެކަމަށް ހައްލެއް ނުހޯދި އޮތަސް މިއަދު މިނިސްޓަރު ކުއްލިއަކަށް ހައްލުތަކެއް ހިފައިގެން ވަޑައިގެންނެވުމުން އުފާކުރައްވާ ކަމަށެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު މިހާރު އޮންނަ ގޮތުން ރަށު ކައުންސިލްތަކުން ހަދަން ޖެހޭ ޕްލޭންތައް ފާސްނުވެ، އެކަން މިހާރު ވެފައި އޮތީ މުޅި ލާމަރުކަޒީ ނިޒާމަށް ކުރި ތަސައްވުރަށް ބޮޑު ހުރަހަކަށެވެ. ރަށުގައި އާ މަޝްރޫއުތައް ހިންގާނެ ބިން ހޯދުން ވެސް ހުއްޓިފައިވާއިރު, ޕްލޭނިން މިނިސްޓްރީއަށް ވެސް އޭގެ އުނދަގޫ ވަނީ ފޯރާފަ އެވެ.

މިހާތަނަށް ގާނޫނުގައިވާ ގޮތުން, ފާސްކުރެވިފައިވަނީ އެންމެ ހަތް ރަށެއްގެ ޕްލޭނެވެ. މިހާތަނަށް 55 ރަށަކުން ޕްލޭން ހަދާފައިވީ ނަމަވެސް, އޭގައި މައްސަލަތައް ހުރުމުން ފާސްކުރެވިފައެއް ނުވެ އެވެ. ބައެއް ޕްލޭންތައް އަނބުރާ ވަނީ ފޮނުވާ ވެސްލާފަ އެވެ.

ކައުންސިލްގެ ރައީސް, މިނިސްޓަރަށް ސުވާލު އަމާޒު ކުރައްވަނީ --
ކައުންސިލްގެ ރައީސް, މިނިސްޓަރަށް ސުވާލު އަމާޒު ކުރައްވަނީ --

ކައުންސިލްގެ ރައީސް, މިނިސްޓަރަށް ސުވާލު އަމާޒު ކުރައްވަނީ --

ގާނޫނުގައި ބަޔާންކުރާ ގޮތުން، އެ ޕްލޭންތަކަކީ ވަށާޖެހޭ ގޮތަށް ފަންނީ ގިނަ މައުލޫމާތުތަކެއް ހިމަނަންޖެހޭ ކަރުދާހެކެވެ. އެ ފަންނީ ގާބިލްކަން ކައުންސިލްތަކުގައި ނެތްއިރު, ޕްލޭނިން މިނިސްޓްރީން ފާސްކުރާ ފެންވަރުގައި އެ ހެދުމުގެ ކުޅަދާނަކަން ނެތެވެ. މެޕް ހެދުމާއި ރުއްގަހުގެ ހިސާބު ހަދާނެ ގޮތެއް ކައުންސިލްތަކަށް އޮތީ ނޭނގިފަ އެވެ.

އެކަމުގެ ހައްލަކީ, މިއަދު މިނިސްޓަރު ވިދާޅުވި ގޮތުގައި ގާނޫނު މާނަކުރުމެވެ. އެގޮތުން, މިނިސްޓަރު ވިދާޅުވި ގޮތުގައި, ރަށު އާ މެޕްތަކެއް ކުރަހާނެ ކަމެއް ނެތެވެ. ސަރުކާރުން މީގެކުރިން އެކުލަވާލާފައިހުރި މެޕްތައް ލޭންޑް ޔޫސް ޕްލޭނަށް ފުދޭނެ އެވެ. ދެން އޮތީ މިނިސްޓަރު ގެންނެވި ޑްރޯންގެ ހައްލެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮންމެ އަތޮޅަކަށް ބޭނުންވަނީ ޑްރޯންއެކެވެ. އޭގެ އެހީގައި ރަށްރަށުގައި މަތިން ފެންވަރު ރަނގަޅު ފޮޓޯތައް ނެގޭނެ އެވެ. އެ ފޮޓޯތައް ކައުންސިލުން ބޭނުންވާ ގޮތަކަށް ޑްރޯން ނަގައިދޭނެކަން ފާހަގަކުރައްވަމުން, މިނިސްޓަރު އަސްލަމް ވިދާޅުވި ގޮތުގައި ފޮޓޯއަށް ބަލައިގެން ރުއްގަހުގެ ހިސާބު ޖެހޭނެ އެވެ.

އެގޮތުން, ފޮޓޯއަށް ބަލައިގެން ރުއްތައް ގުނައި, އެކަތިގަނޑަށް ހުންނަ ގަސްތައް, އެއީ ގަސްތަކެއްގެ ގޮތުގައި ޕްލޭންގައި ލިޔެ, އެކަން ފަސޭހަކަމާއެކު, މޭޒެއްގެ ދޮށުގައި އިނދެގެންވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. ވަކިވަކި ގަސްތަކުގައި ނަންބަރު ލިޔަމުން މިކަން ނުވާނެ ކަމަށް ވިދާޅުވަމުން, މިނިސްޓަރު ވިދާޅުވީ, އޭނާ ފާހަގަކުރި ގޮތަށްވުރެ މޮޅު ގޮތެއް ނުދެއްކެވޭނެ ކަމަށެވެ. އެގޮތަށް ޕްލޭންތައް ހަދައިގެން ގެނައީމަ, ޕްލޭނިން މިނިސްޓްރީން ފާސްކުރާނެ ކަމާއި, ގާނޫނުތައް މާ ފުންކޮށް, މާނަކުރަން ނުޖެހޭ މިންވަރަށް މާނަކުރާނެ ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު މި ވާހަކަތައް ދައްކަވާފައިވަނިކޮށް, ފްލޯއަށް ހިޔާލު ހުށަހަޅަން ހުޅުވާލުމާއެކު ހުރާ ކައުންސިލްގެ ރައީސް ފެންމަތިކުރެއްވީ ސުވާލެކެެވެ; "ރައީސް އުއްމީދު ކުރައްވާ ވަރަށް ރައީސްގެ މިނިސްޓަރުން މަސައްކަތް ނުކުރައްވަނީ ކީއްވެބާވައޭ".

ކައުންސިލްތަކަށް ބާރު ދެއްވުމަށް ރައީސް ސޯލިހު ކުރައްވާ މަސައްކަތްތައް ފެންނަކަން ފާހަގަ ކުރައްވަމުން ހުރާ ކައުންސިލްގެ ރައީސް އީސާ ވިދާޅުވީ ރައީސް ހުންނެވި ސްޕީޑްގައި ހުރިހާ މިނިސްޓަރުން ތިބެންޖެހޭ ކަމަށެވެ. އެހެންނޫނީ, ރައީސް ބޭނުންވާ މިންވަރަށް ތަރައްގީގެ ކަންކަން ކުރިއަށް ނުދާނެ ކަމަށެވެ.

އޭރު ކޮންފަރެންސްގެ ސްޓޭޖްމަތީ ޕެނަލްގައި ރައީސް އާއި މިނިސްޓަރު އަސްލަމްގެ އިތުރުން އެންވަޔަރަމެންޓް މިނިސްޓަރު އައިޝަތު ޝައުނާ އާއި ޓޫރިޒަމް މިނިސްޓަރު އަބްދުالله މައުސޫމް އިންނެވި އެވެ.

ބ. މާޅޮހު ކައުންސިލްގެ ރައީސްގެ އަބްދުﷲ ޝުޖާއުގެ ފާޑުކިޔުން ވެސް މިނިސްޓަރު އަސްލަމަށް އަމާޒު ކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިނިސްޓަރު އަސްލަމް މިއަދު ދެއްކެވި ވާހަކަތަކަކީ ގާނޫނަށް އަމަލުކުރަން ފަށައި, ޕްލޭންތައް ހަދަން ގާނޫނުން ދިން ތިން މަސް ތެރޭން ފުރަތަމަ މަހު ދައްކަން ޖެހޭ ވާހަކަތަކެއް ކަމަށެވެ.

"...އެ ދުވަހު އެ ވާހަކަ ދެއްކެވިނަމަ 55 ލޭންޑް ޔޫސް ޕްލޭނެއް ނޫން މިނިސްޓްރީއަށް ވަދެފައި އޮންނާނީ, އަޅުގަނޑު ގަބޫލުކުރާ ގޮތުން 95 ޕަސެންޓްގެ ކައުންސިލްތަކުގެ ޕްލޭންތައް އޮންނާނެ މިނިސްޓްރީއަށް ވަދެފައި," ޝުޖާއު ވިދާޅުވި އެވެ.

ކައުންސިލްތަކުގެ ޝަކުވާތައް އަޑުއަހައި ހައްލުތައް ހޯދައިދިނުމުގައި ޕްލޭނިން މިނިސްޓްރީއަށް ކައުންސިލަރުން ދެއްވީ "ސީ" ރިޕޯޓެކެވެ. އެއާއެކު, އެލްޖީއޭއަށް "އޭ ސްޓާ" ރިޕޯޓް ދެއްވައި, ކައުންސިލްތަކާއި ޕްލޭނިން މިނިސްޓްރީއާ ދެމެދު ގުޅުން ކުޑަކަން ފާހަގަ ކުރި އެވެ.

ރައީސް, މިއަދު ކޮންފަރެެންސްގައި ބައިވެރިވެވަޑައިގަންނަވަނީ: ފާޑުކިޔުންތަކާއެކު އަސްލަމް ދިފާއު ކުރައްވައި މައްސަލަ ހައްލުވާނެ ކަމަށް ވިދާޅުވި
ރައީސް, މިއަދު ކޮންފަރެެންސްގައި ބައިވެރިވެވަޑައިގަންނަވަނީ: ފާޑުކިޔުންތަކާއެކު އަސްލަމް ދިފާއު ކުރައްވައި މައްސަލަ ހައްލުވާނެ ކަމަށް ވިދާޅުވި

ރައީސް, މިއަދު ކޮންފަރެެންސްގައި ބައިވެރިވެވަޑައިގަންނަވަނީ: ފާޑުކިޔުންތަކާއެކު އަސްލަމް ދިފާއު ކުރައްވައި މައްސަލަ ހައްލުވާނެ ކަމަށް ވިދާޅުވި

އެ ފާޑުކިޔުންތަކަށްފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ޕްލޭން ހެދުމުގައި އަމަލު ކުރެވިދާނެ ގޮތްތަކެއް ކިޔައިދެއްވައި އޭނާ ދެއްކެވި ވާހަކަތަކަކީ މިނިސްޓަރުން ދައްކަވާފަދަ ވާހަކަތަކެއް ނޫން ކަމަށެވެ. އެއީ, ސާވޭ ހަދާ މީހުން ދައްކާފަދަ ވާހަކަތައް ކަމާއި އެ ވާހަކަތައް ކައުންސިލްތަކުން ސާވޭ ހަދަން ހަވާލުކުރާ މީހުންނަށް އެނގެން ވާނެ ކަމަށެވެ.

"ލޭންޑް ޔޫސް ޕްލޭން ހަދަން ތިބޭފުޅުން ނެންގެވި ކޮންމެ ސާވޭ ކުރާ މީހަކަށް އެނގެންވާނެ އަޅުގަނޑު މި ދެއްކި ވާހަކަ, އެބަޔަކަށް ނޭނގުން ދެން އެއީ އެހެން ވާހަކައެއް, މިއަށް ހައްލެއް ހޯދަން އަޅުގަނޑު ކަންތައްތަކެއް ސަޖެސްޓް މިކުރީ, އަޅުގަނޑަށް މައްސަލައެއް ނެތް އަދިވެސް ގޮސް ރުއް ގުނިޔަސް," އަސްލަމް ވިދާޅުވި އެވެ.

"...އަޅުގަނޑު މި ދިނީ އެކަން ކުރެވިދާނެ އޮޕްޝަނެއް, ވަރަށް ހަމަ ޓެކްނިކަލް ވާހަކައެއް, އެ ނޫން ގޮތްތަކެއް ވެސް ހުރެދާނެ, ސްޓެލައިޓް އިމޭޖް ވެސް ހުރޭ, ބައިވަރު ގޮތްތައް ހުރޭ އިނގޭތޯ,"

އޭގެފަހުން, އަސްލަމް ދިފާއު ކުރައްވައި ރައީސް ސޯލިހު ވެސް ވާހަކަ ދެއްކެވި އެވެ; ރައީސް ވިދާޅުވި ގޮތުގައި, އަސްލަމް އެ ވިދާޅުވަނީ ކައުންސިލްތަކުން ޕްލޭންތައް ހަދައިގެން ގެންނާށޭ ކަމަށާއި އޭރަށް އެ ޕްލޭންތައް ފާސްކޮށް ދެއްވާނެކަން ކަމަށެވެ. އެއަށް ދެން އިތުރަށް ބަދަލެއް ގެންނަން ޖެހޭ ކަމަށްވާނަމަ އެ ގެނެވިދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޕްލޭންތައް ހެދުމުގައި ޕްލޭނިން މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށެވެ.

އެ ސެޝަންގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ, އެ ޕްލޭން ނުހެދިގެން އުޅޭތީ, ގާނޫނީ މައްސަލަތަކެއް ހުރިކަން އެބަ އެނގޭ ކަމަށެވެ. އެހެންވެ, އެކަންކަން ހައްލުކުރުމަށް ގާނޫނީ ބަދަލުތައް ސަރުކާރުން ގެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް, އެ އިސްލާހުތަކުގެ ތަފްސީލަކަށް ރައީސް ވަޑައިނުގަންނަވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox