ކުނި ވަކިކޮށްގެން އުކާލުމަށް ތިމާވެއްޓާ ރައްޓެހި ކޮތަޅު ވެމްކޯއިން ގެންނަނީ

ވެމްކޯއިން ކުނި އުކާލަނީ: ތިމާވެއްޓާ ރައްޓެހި ކޮތަޅު ގެނައުމުގެ މަސައްކަތް ވެމްކޯއިން އަންނަނީ ކުރަމުން -- ފޮޓޯ: އަދަދު ފައިލް

ވެމްކޯއިން ކުނި އުކާލަނީ: ތިމާވެއްޓާ ރައްޓެހި ކޮތަޅު ގެނައުމުގެ މަސައްކަތް ވެމްކޯއިން އަންނަނީ ކުރަމުން -- ފޮޓޯ: އަދަދު ފައިލް

ކުނި އުކާލުމުގައި ބޭނުން ކުރާ ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމުގެ ގޮތުން، ތިމާވެއްޓާ ރައްޓެހި "ސްޓާޗް ކޮތަޅު" ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އިއްޔެ ބުނެފި އެވެ.

އަންނަ މަހުން ފެށިގެން އުކާލާ ކުނި ނެރެން ޖެހެނީ އެކި ބާވަތްތައް ވަކިކޮށްގެންނެވެ. އެކަމުގައި ގިނަ ބައެއްގެ ކަންބޮޑުވުން ހުރިއިރު، ބޭނުންކުރަންޖެހޭ ޕްލާސްޓިކް ކޮތަޅު އިތުރުވުމަކީ ވެސް ކަންބޮޑުވުމެކެވެ. މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން ކުނި އުކާލަން ހާއްސަކޮށްގެން ތިމާވެއްޓާ ރައްޓެހި ކޮތަޅު ރާއްޖެއަށް އެތެރެ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ ޔޫސުފް ސިރާޖު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޕްލާސްޓިކް ބޭގްގެ އިތުރުން ސްޓާޗް ބޭގް ހަމަ ރާއްޖެއަށް އެތެރެކޮށް، ބޭނުން ކުރުމުގެ މަސައްކަތް ކުރަމުން މިދަނީ،" ސިރާޖު ވިދާޅުވި އެވެ.

އެހެންނަމަވެސް ތިމާވެއްޓާ ރައްޓެހި ކޮތަޅާ ތައާރަފް ކުރާނީ ކޮން އިރަކު ކަމެއް އަދި ވެމްކޯއިން ހާމައެއް ނުކުރެ އެވެ.

ކުނި ވަކި ކުރުމުން ޕްލާސްޓިކް މަދުކުރުމަށް އެންވައިރަމެންޓް މިނިސްޓްރީން ގެންގުޅޭ ސިޔާސަތަށް ފުށޫ ނާރާނެ ކަމަށް އެ ނޫސްވެރިންގެ ބައްދަލުމުގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވި އެވެ.

ސްޓާޗް ކޮތަޅަކީ ތިން މަސް ދުވަހުގެ ތެރޭގައި ނެތިފަތާނެވެގެން ދާނެ ފަދަ ގޮތަކަށް، އުފައްދާފައިވާ އެއްޗެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox