ކުނި އުކައިގެން ލިބެންޖެހޭ 42 މިލިއަން ރުފިޔާ ވެމްކޯއަށް ނުލިބި

ވެމްކޯގެ ކުނި ލޮރީއެއް މާލޭގައި ހަރަކާތްތެރިވަނީ: ގޭބީސީތަކުން މިހާރު ގަވާއިދުން ފީ ދައްކާ ކަމަށް އެ ކުންފުނިން ބުނޭ -- ފޮޓޯ: އަދަދު ފައިލް

ވެމްކޯގެ ކުނި ލޮރީއެއް މާލޭގައި ހަރަކާތްތެރިވަނީ: ގޭބީސީތަކުން މިހާރު ގަވާއިދުން ފީ ދައްކާ ކަމަށް އެ ކުންފުނިން ބުނޭ -- ފޮޓޯ: އަދަދު ފައިލް

ކުނި އުކާލުމުން ލިބެން ޖެހޭ 42 މިލިއަނަށް ވުރެ ގިނަ ރުފިޔާ މާލޭގެ ގޭބީސީތަކުން ނުލިބިވާ ކަމަށާއި ނުދައްކާ ހުރި ފީތައް މައާފު ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ ޔޫސުފް ސިރާޖު އިއްޔެ ވިދާޅުވެއްޖެ އެވެ.

ވެމްކޯއިން ކުނި އުކައިދިނުމުން ލިބެން ޖެހޭ އުޖޫރަ ނުލިބުމަކީ އަބަދުވެސް އެ ކުންފުނީގެ ކަންބޮޑުވުމެކެވެ. އެ މައްސަލައަށް ގާނޫނީ ގޮތުން ދާއިމީ ހައްލެއް ގެންނަން ޖެހޭ ކަމަށާއި އެ ކަން ކުރަމުން އަންނަ ކަމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިރާޖު ވިދާޅުވި އެވެ.

"މިވަގުތަށް އަޅުގަނޑުމެންގެ ބުކްސްއިން އެބަ ދައްކާ 42 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވެމްކޯއަށް ނުލިބި ހުރި ކަމަށް ކަލެކްޝަން ފައިސާގެ ގޮތުގައި. އެއީ ވެމްކޯގެ ތާރީހުގައި ނުލިބި ހުރި އެއްޗެއް. މިހާރު އަޅުގަނޑުމެން ކުރެވެމުންދާ ކަމެއް އެގޮތަށް ހުރި ބިލްތައް ސަސްޕެންޑުކޮށް، އޭގެ ތެރެއިން ރަނގަޅު ޑާޓާ ކަލެކްޓު ކުރުން،" ސިރާޖު ވިދާޅުވި އެވެ.

ކުރިއާ އަޅާ ބަލާއިރު، ފީ ދެއްކުމުގެ ކަންކަން ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށާއި އެގޮތުން 80 އިންސައްތައަށް ވުރެ ކަސްޓަމަރުން ގަވާއިދުން ފީ ދައްކަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންނަމަވެސް ނުދައްކާ ހުރި ބިލުތައް މާފުކުރުމުގެ ވިސްނުމެއް ނެތް ކަމަށް ސިރާޖު ވިދާޅުވި އެވެ.

"ބިލުތައް މާފުކޮށް އެކަހަލަ ކަމެއް ކުރުމުގެ ވިސްނުމެއް މިވަގުތަކަށް ނެތް، އެއީ އަޅުގަނޑު ކުންފުނި މިހާރު ވެސް މިދަނީ ވަރަށް ބޮޑު ގެއްލުމުގައި ކުންފުނި ހިންގަމުން،" ސިރާޖު ވިދާޅުވި އެވެ.

ސިރާޖު ވިދާޅުވީ މީގެ ކުރިން ރެޖިސްޓްރޭޝަންގެ ކަންކަން ކުރިއަށް ގޮސްފައި އޮތީ އެންމެ ރަނގަޅަށް ނޫން ކަމަށާއި އެ ޑާޓާތައް ކްލިއާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭރުން މި މައްސަލައަށް ކުޑަ ނަމަވެސް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox