ހުލާސާކޮށް މަޖިލިސް: ލާމަރުކަޒީ ގާނުނުގައިވާ ބާރުތައް ތަންފީޒު ނުވާތީ ގަރާރެއް ހުށަހެޅުން

ހުލާސާކޮށް މަޖިލިސް: ލާމަރުކަޒީ ގާނުނުގައިވާ ބާރުތައް ތަންފީޒު ނުވާތީ ގަރާރެއް ހުށަހެޅުން

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެ ވަނަ ދައުރު ފެށިގެން ކުރިއަށްދާއިރު، މިހާތަނަށް ބާއްވާފައިވަނީ ކުރު ޖަލްސާތަކެކެވެ. މާ ގިނަ ކަންކަން އެޖެންޑާ ކޮށްފައެއް ނުވެ އެވެ. މިގޮތުން މިއަދުގެ ޖަލްސާގައި ވެސް އެޖެންޑާ ކޮށްފައިވަނީ ތިން މަސައްކަތެކެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ލާމަރުކަޒީ ގާނޫނުން ލޯކަލް ކައުންސިލްތަކަށް ދީފައިވާ ބާރުތައް ތަންފީޒު ނުކުރެވޭތީ އެ ކަންކަން ހައްލު ކުރުމަށް ގޮވާލާ، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހުށަހަޅާ ގަރާރުގެ ފުރަތަމަ ކިޔުން އިއްވާފަ އެވެ.

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހުށަހަޅުއްވި މި ގަރާރުގައި ވަނީ ކައުންސިލްތަކަށް ދިމާވާ ގިނަ ގޮންޖެހުންތަކަކާ ކަންބޮޑުވުންތަކެއް ހިމަނާފަ އެވެ. ގަރާރުގައި ބުނެފައިވާ ގޮތުގައި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް ގާނޫނުން ދީފައިވާ ބާރުތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒު ނުކުރެވޭތީ، އެ ކަމުގެ ސަބަބުން ރައްޔިތުންނަށް ލިބެން ޖެހޭ ގިނަ ހިދުމަތްތަކެއް ވަނީ ހުއްޓިފަ އެވެ.

ތަޅުމުގައި މިއަދު ދެން ކުރިއަށް ގެންގޮސްފައިވަނީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއާ ސުވާލު ކުރުމެވެ. މިއަދުގެ ޖަލްސާއަށް އަސްލަމް ހާޒިރުކޮށްފައިވަނީ ދެ މެންބަރެއް ސުވާލު ކުރުމަށެވެ. ފާއިތުވީ ހަފްތާގައި ވެސް އަސްލަމް މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ.

މިނިސްޓަރާ ކުރެއްވި ފުރަތަމަ ސުވާލަކީ ތ. ވޭމަންޑޫ އަދި ކިނބިދޫ ގުޅާލަދޭ ކޯޒްވޭގެ މަސައްކަތް ނިމޭނެ ތާރީހެއް ހޯދުމަށް ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒު ކުރެއްވި ސުވާލެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވަނީ އެއީ ރައީސްގެ ވައުދެއް ނަމަވެސް، ބަޖެޓު ނުލިބޭތީ އެ މަސައްކަތް މި ދައުރުގެ ކުރިން ނުނިމޭނެ ކަމަށް ވިދާޅުވެފަ އެވެ.

މިނިސްޓަރާ ދެ ވަނަ ސުވާލެއް ކުރައްވާފައިވަނީ ލ. ކުނަހަންދޫ ނަރުދަމާގެ މަސައްކަތް ނިމޭނެ ތާރީހަކާ ގުޅޭ ގޮތުން އެ ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލެކެވެ. މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރުން ވިދާޅުވީ ކޮންޓްރެކްޓު ހަވާލުކޮށްފައިވާ 540 ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިމޭނެ ކަމަށެވެ.

މިނިސްޓަރާ އިތުރު ސުވާލު ކުރުމުގެ ފުރުސަތު ގަޑިއިރަކަށް މިއަދު ކުރިއަށް ގެންގޮސްފައި ވެއެވެ. މި ފުރުސަތުގައި އެކި މެންބަރުން ވަނީ އެކިއެކި މަޝްރޫއުތަކާ ގުޅޭ ގޮތުން ސުވާލުކުރައްވާފަ އެވެ.

ކުރާނެ އިތުރު މަސައްކަތެއް އެޖެންޑާކޮށްފައި ނެތުމުން، މިއަދުގެ ޖަލްސާ ވެސް ވަނީ ދޮޅު ގަޑިއިރުގެ ތެރޭގައި ނިންމާލާފަ އެވެ.

ޖަލްސާ ނިންމާލުމުގެ ކުރިން ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު ވަނީ ސަރުކާރުން ހުށަހަޅަން ޖެހޭ ބިލުތައް ފޮނުވަން ލަސްވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ނަޝީދު ވިދާޅުވީ މި ދައުރުގައި ސަރުކާރުން 22 ބިލެއް ހުށަހަޅަން ޖެހޭ ކަމަށާއި މިހާތަނަށް ލިބިފައިވަނީ ދެ ބިލެއް ކަމަށެވެ. އެ ދެ ބިލުގެ ފުރަތަމަ ކިޔުން ވެސް މިހާރު އިއްވައި ނިމިފައިވާ ކަމަށް ވިދާޅުވި އެވެ.

"މަޖިލީހަށް ނުލިބި އެބަ ވޭ 20 ބިލް. މީގެ ތެރޭގައި ފާހަގަކުރެވޭ ވަރަށް ހާއްސަ ބިލް އެބަހުރި. ދިވެހިރާއްޖޭގެ ކޯޓްތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް. ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް، ޖުޑިޝަލް ސާވިސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް، ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހުގެނައުމުގެ ބިލް،" ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ހާޒިރީ

ހާޒިރުވެވަޑައިގެންނެވި: 28 މެމްބަރުން

ސަލާމުގައި: 8 މެމްބަރުން

މިއަދުގެ ފޮޓޯ

މިއަދުގެ ޖަލްސާގައި ބައެއް މެންބަރުން: ދޮޅު ގަޑިއިރުގެ ތެރޭގައި މިއަދު ވެސް ޖަލްސާ ވަނީ ނިންމާލާފައި--
މިއަދުގެ ޖަލްސާގައި ބައެއް މެންބަރުން: ދޮޅު ގަޑިއިރުގެ ތެރޭގައި މިއަދު ވެސް ޖަލްސާ ވަނީ ނިންމާލާފައި--

މިއަދުގެ ޖަލްސާގައި ބައެއް މެންބަރުން: ދޮޅު ގަޑިއިރުގެ ތެރޭގައި މިއަދު ވެސް ޖަލްސާ ވަނީ ނިންމާލާފައި--

މިއަދުގެ ކުއޯޓޭޝަން

އަޅުގަނޑުމެން [ރައްޔިތުން] ކޮންމެ ސަރުކާރެއްގައި ވެސް މި ތިބެނީ އުންމީދެއްގައި، އިއުލާން ކުރުމާއި ހިތު އެޅުމާއި، އެ ބާވަތުގެ ކިތަންމެ ކަމެއްހިނގަމުންދޭ،" ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox