ހުލާސާކޮށް މަޖިލިސް: ޖަރުމަނުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް ޝާން އަށް ރުހުން ދިނުން

ހުލާސާކޮށް މަޖިލިސް: ޖަރުމަނުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް ޝާން އަށް ރުހުން ދިނުން

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ އެހެން ޖަލްސާތަކެކޭ އެއްފަދައިން މިއަދުގެ ޖަލްސާގައި ވެސް ކުރާނެ މާާ ގިނަ މަސައްކަތްތަކެއް އެޖެންޑާކޮށްފައެއް ނުވެ އެވެ. މިއަދު ދެ މިނިސްޓަރަކާ ލިޔުމުން ޖަވާބު ހޯދަން ސުވާލުކޮށްފައިވެ އެވެ.

ފުރަތަމަ ސުވާލަކީ ޓެކްސީ ހިދުމަތުގައި ހުރި ކަންބޮޑުވުންތަކާ ގުޅިގެން ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އަލްފާޟިލާ ޢާއިޝަތު ނަހުލާއާ ކުރެއްވި ސުވާލެކެވެ.

ތިމަރަފުށި ދާއިރާގެ މެމްބަރު ރިޔާޒް، ޓްރާންސްޕޯޓް މިނިސްޓަރާ ކުރެއްވި ސުވާލުގައި އެއްސެވީ މާލޭގައި މިހާރަށް ވުރެެ ފަސޭހައިން ޓެކްސީ ހިދުމަތް ލިބޭ ގޮތް ހަދަން ސަރުކާރުން ގެންގުޅޭ ވިސްނުމަކީ ކޮބައިތޯ އެވެ. އެ ސުވާލަށް ދެއްވި ޖަވާބުގައި ވިދާޅުވީ ޓެކްސީ ހިދުމަތް ހޯދުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކުގެ ޝަކުވާ ހުށަހަޅާނެ ހޮޓްލައިނެއް ގާއިމްކޮށްފައިވާ ކަމަށެވެ. އަދި އެގޮތުން ހުށަހަޅާ ޝަކުވާތައް ބަލައި ފިޔަވަޅު އަޅަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަހުލާ ވިދާޅުވި ގޮތުގައި ޓެކްސީ ހިދުމަތާ ގުޅޭ ޖުމްލަ 57 ޝަކުވާއެއް ހުށަހަޅާފައި ވާއިރު އެ ހުރިހާ މައްސަލައެއް ދިރާސާކޮށް، 15 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މިނިސްޓްރީއަށް ހުށަހަޅާފައި ވަނީ އަގުބޮޑުކޮށް ދަތުރުކުރިކަމުގެ ޝަކުވާތަކެކެވެ.

ދެ ވަނަ ސުވާލަށް މިއަދު ކޮށްފައިވަނީ މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން، މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް އަޙްމަދު ނަސީމް އާ އެވެ. މާފަރު ސިއްހީ މަރުކަޒާ ގުޅިގެން ކުރި މި ސުވާލުގައި މިނިސްޓަރު ވަނީ މަރުކަޒުގެ އާ އިމާރާތުގެ ޓެންޑާ މަސައްކަތް ކުރުމަށް މިހާރު ފިނޭންސަށް ފޮނުވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

މަޖިލީހުގައި އިތުރު މަސައްކަތެއްގެ ގޮތުގައި މިއަދު ކޮށްފައިވަނީ ރާއްޖެއިން ޖަރުމަނު ވިލާތުގައި ހުންނަވާ ސަފީރަކަށް، އާއިޝަތު ޝާން ޝާކިރު އައްޔަން ކުރަން ކޮމިޓީން ފާސްކުރި ރިޕޯޓު އިއްވައި، ވޯޓަށް އެހުމެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝާންއަށް ރުހުން ދިނުމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 29 މެންބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގެ ހާޒިރީ

ހާޒިރުވެވަޑައިގެންނެވި: 32 މެމްބަރުން

ސަލާމުގައި: 7 މެމްބަރުން

މިއަދުގެ ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، "ޕްރެކްޓިސް ޕާލަމެންޓް ފޯރ ވިމެން"ގެ ބައިވެރިންނާ ބައްދަލުކުރެއްވުން
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، "ޕްރެކްޓިސް ޕާލަމެންޓް ފޯރ ވިމެން"ގެ ބައިވެރިންނާ ބައްދަލުކުރެއްވުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، "ޕްރެކްޓިސް ޕާލަމެންޓް ފޯ ވިމެން"ގެ ބައިވެރިންނާ ބައްދަލުކުރެއްވުން

މިއަދުގެ ކުއޯޓޭޝަން

"އަޅުގަނޑުމެން މި މަޖލީހުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް ހުރި ކަންކަމުގެ ވާހަކަ އިއްޒަތްތެރި ރައީސް، މިތާ ނުދެކެވޭ ކަމަށް ވެއްޖއްޔާ ދެން އަޅުގަނޑު ހަމަ ތަކުރާރުކޮށް ދަންނަވާލަން ބޭނުން، މި މަޖިލީހުގެ މާ މުހިންމު ބޭނުމެއް ނެތް." މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox