ބަޝުންދަރާ އިން ގޯކުލަމް ބަލިކޮށް އުންމީދު ދަމަހައްޓައިފި

ބަޝުންދަރާ އިން ގޯކުލަމް ބަލިކޮށް އުންމީދު ދަމަހައްޓައިފި

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޓީމުތައް ވާދަކުރާ ގްރޫޕް ޑީގައި މިއަދު ހަވީރު ކުޅުނު މެޗުގައި ގޯކުލަމް ކެރަލާ އެފްސީ އަތުން 2-1 އިން ބަޝުންދަރާ ކިންގްސް މޮޅުވެ، އިންޓަ ޒޯން ޕްލޭއޮފް ސެމީ ފައިނަލަށް ދިއުމުގެ އުންމީދު ދަމަހައްޓައިފި އެވެ.

ބަޝުންދަރާގެ މި މޮޅާ އެކު ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ވަނީ އިންޓަ ޒޯން ޕްލޭއޮފް ސެމީ ފައިނަލަށް ދަތުރުކުރުމުގެ ދޮރު ބަންދުވެފަ އެވެ. މާޒިޔާ އިން މިރޭ އޭޓީކޭ މޯހަން ބަގާން އާ ދެކޮޅަށް ކުޅޭއިރު، އެ މެޗުން މޮޅުވިޔަސް ހެޑް ޓު ހެޑް ގަވާއިދަށް ބަލާއިރު އެއް ވަނަ ނުލިބޭނެ އެވެ. އެއީ ބަޝުންދަރާ އަތުން މާޒިޔާ ބަލިވެފައިވާތީ އެވެ. މާޒިޔާ އިން މިރޭ އޭޓީކޭ ބަލިކޮށްފިނަމަ ނޫނީ މެޗު އެއްވަރުކޮށްފިނަމަ ބަޝުންދަރާ އަށް އިންޓަ ޒޯން ޕްލޭއޮފް ސެމީ ފައިނަލްގެ ޖާގަ ލިބޭނެ އެވެ. އޭޓީކޭ އަށް އަނެއް ބުރަށް ދެވެން އޮތީ މިރޭ މޮޅުވެގެންނެވެ.

ގްރޫޕް ޑީގެ އެއް ވަނައިގައި ބަޝުންދަރާ އޮތީ ތިން މެޗުން ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ދެ މެޗުން ތިން ޕޮއިންޓާ އެކު އޭޓީކޭ މޯހަން ބަގާން އެވެ. ތިން ވަނައިގައި އޮތީ ދެ މެޗުން ތިން ޕޮއިންޓާ އެކު މާޒިޔާ އެވެ. އަދި ފުލުގައި އޮތީ ތިން މެޗުން ތިން ޕޮއިންޓާ އެކު ގޯކުލަމް ކެރަލާ އެވެ.

ސޯލްޓް ލޭކް ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން ބަޝުންދަރާ އިން ބޯޅަ ހިފަހައްޓައިގެން ކުރިއަށް ޖެހި، ގޯލެއް ޖެހޭތޯ މަސައްކަތް ކުރަމުންދިޔަ އެވެ. ގޯކުލަމް އިން ވެސް ލިބޭ ބޯޅަތަކުގައި އަވަސް ޕާސްތަކެއް ކުރުމަށް ފަހު އެޓޭކަކަށް ބަދަލުކޮށްލެވޭތޯ ބަލަމުންދިޔަ އެވެ.

މެޗުގެ ދެ ވަނަ މިނިޓްގައި ބަޝުންދަރާގެ ކެޕްޓަން، ބްރެޒިލްގެ ފޯވާޑް، ރޮބީނިއޯ ޖެހި ޝޮޓް ދިޔައީ ގޯކުލަމް ކުޅުންތެރިއަކު ފައިގައި ޖެހިފައި ބޭރަށެެވެ. މެޗުގެ ފަސް ވަނަ މިނިޓްގައި ގޯކުލަމްގެ ޖިތިން އަށް މުޅިން ހުސްކޮށް ލިބުނު ފުރުސަތަކުން އޭނާ ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

ގޯކުލަމްގެ ޖިތިން (ކ) ކައިރިން ބަޝުންދަރާގެ މަހުބޫބު ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ގޯކުލަމް މީޑިއާ

ބަޝުންދަރާ އިން ފުލުފުލުގައި ހަމަލާތައް އުފައްދަމުންދިޔައިރު، މެޗުގެ 22 ވަނަ މިނިޓްގައި ބަޝުންދަރާގެ ބްރެޒިލް މިޑްފީލްޑަރު މިގޭލް ފެރޭރާ ޖެހި ބޯޅަ ދިޔައީ ބޭރުންނެވެ. އޭގެ ތިން މިނިޓް ފަހުން ގޯކުލަމް އޭރިއާތެރެއިން ރޮބީނިއޯ ޖެހި ބާރު ބޯޅަ ގޯކުލަމް ކީޕަރު، ރަކްޝިތު ދާގަރު ވަނީ މަތަކޮށްފަ އެވެ. އެކަަމަކު، މެޗުގެ 36 ވަނަ މިނިޓްގައި ރޮބީނިއޯ ވަނީ ބަޝުންދަރާ އަށް ލީޑުނަގައިދީފަ އެވެ. ގޯކުލަމްގެ ދެ ޑިފެންޑަރުން ކައިިރިން ދެމިގަތުމަށް ފަހު ރޮބީނިއޯ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. އޭގެ މިނިޓެއް ފަހުން ދެ ވަނަ ލަނޑެއް ޖަހަން ރޮބީނިއޯ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަކުރަން ގޯކުލަމްގެ ސްރީކުއްތާން ޖެހި ބޯޅަ ބަޝުންދަރާގެ ކީޕަރު އަނީސުރް ރަހްމާން ޒީކޯ ވަނީ މަތަކޮށްފަ އެވެ.

ބަޝުންދަރާ އިން ވަނީ ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ނުވަ ވަނަ މިނިޓްގައި ދެ ވަނަ ގޯލެއް ޖަހައިފަ އެވެ. މިއީ މެޗުގެ 54 ވަނަ މިނިޓްގައި ގެމްބިއާގެ ފޯވާޑް ނުހާ މުރޮންގް ޖެހި ގޯލެކެވެ. އަރިމަތިން ރޮބީނިއޯ ނެގި ހުރަހަކުން ނުހާ މި ގޯލު ޖެހީ ބޮލުންނެވެ. މާޒިޔާ އަތުން ފުރަތަމަ މެޗުގައި ބަޝުންދަރާ މޮޅުކޮށްދިން ގޯލު ޖެހީ ވެސް ނުހާ އެވެ.

މެޗުގެ 62 ވަނަ މިނިޓްގައި ގޯކުލަމް އިން ވަނީ ރަނގަޅު އެޓޭކެއް ކޮށްފަ އެވެ. އެ ގޮތުން ހިލޭ ޖެހުމަކުން ގޯކުލަމްގެ ކެޕްޓަން، އަފްގާނިސްތާންގެ މިޑްފީލްޑަރު މުހައްމަދު ޝަރީފް ނެގި ބޯޅަ އެ ޓީމުގެ ކެމަރޫން ޑިފެންޑަރު ބައުބާ އަމީނޯ ބޮލުންޖެހިިއިރު، އަމާޒުވީ އަރިމަތީ ދާގަނޑަށެވެ.

ބަދަލުތަކެއް ގެނެސްގެން ގޯކުލަމް ކެރަލާ އިން ގޯލެއް ޖެހޭތޯ ކުރި މަސައްކަތް މެޗުގެ 75 ވަނަ މިނިޓްގައި ކާމިޔާބުކުރި އެވެ. ބަދަލަކަށް ކުޅެން އެރި ޖާސިމް އަރިމަތިން ނެގި ހުރަހެއް އޭރިއާތެރެއިން ކޮންޓްރޯލް ކުރުމަށް ފަހުު ގޯކުލަމްގެ ޖެމެއިކާ ފޯވާޑް، ޖޯޑެން ފްލެޗާ ވަނީ ގޯލުގެ ތިރީ ކަަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

މެޗުގެ 89 ވަނަ މިނިޓްގައި ފްލެޗާ ވަނީ ނަތީޖާ ހަމަހަމަ ކުރުމާ ގާތަށް ޖެހިލައިފަ އެވެ. ހިލޭ ޖެހުމަކުން ފްލެޗާ ޖެހި ބާރު ބޯޅަ ކީޕަރު އަނީސުރް އަތުގައި ޖެހިފައި ބޭރުވީ ހުރަސްދަނޑީގައި ވެސް ޖެހިފަ އެވެ. އިތުރު ވަގުތުގެ ގޮތުގައި ދެއްްކި ފަސް މިނިޓްގެ ތެރޭގައި ބަޝުންދަރާގެ ރޮބީނިއޯ ޖެހި ބޯޅައެއް ގޯކުލަމްގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox