ދެ ވަނަ ޓީމުގެ ގޮތުގައި އޮއްފު އެސޯސިއޭޝަން ކަޕްގެ ފައިނަލް ބުރަށް

May 24, 2022, 10:35 AM
އައްޑޫ ސްޕޯޓްސް ކްލަބާއި އޮއްފު ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު

އައްޑޫ ސްޕޯޓްސް ކްލަބާއި އޮއްފު ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު

ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ ޕްރިލިމިނަރީ ބުރުގައި ރޭ ފޯރިގަދަ މެޗަކަށް ފަހު އައްޑޫ ސްޕޯޓްސް ކްލަބް 3-2 ސެޓުން ބަލިކޮށް އޮއްފު އެފްސީ ފައިނަލް ބުރުން ފުރުސަތު ހޯދައިފި އެވެ.

ޕްރިލިމިނަރީ ބުރުގައި ވާދަކުރީ ހަތަރު ޓީމެވެ. ކުޅުނު ތިން މެޗުން ވެސް މޮޅުވެ، އެއް ވަނައިގެ ގޮތުގައި ކްލަބް ވެމްކޯ ވަނީ އެއް ވަނަ ޓީމުގެ ގޮތުގައި ފައިނަލް ބުރަށް ކޮލިފައިވެފަ އެވެ. ދެ ވަނައިގެ ގޮތުގައި ފައިނަލް ބުރަށް ކޮލިފައިވާ ޓީމެއް، ކަނޑައަޅަން އޮތީ ރޭ އައްޑޫ ސްޕޯޓްސް ކްލަބާއި އޮއްފު ކުޅޭ މެޗުންނެވެ. އޮއްފު މި މެޗުން މޮޅުވެ، މި ވަނީ އަނެއް ބުރަށް ހޮވިފަ އެވެ. ތިން ވަނަ ލިބުނީ އައްޑޫ ސްޕޯޓްސް ކްލަބަށެވެ. އަދި ތިން މެޗުން ވެސް ބަލިވި، އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް (އާއި ސްޕޯޓްސް) އޮތީ ފުލުގަ އެވެ.

ތިން ވަނަ މެޗުން ވެމްކޯ ވަނީ ސީދާ ތިން ސެޓުން އާއި ބަލިކޮށްފަ އެވެ. އެ މެޗުގެ ސެޓުތައް ދިޔައީ 25-10، 25-12 އަދި 25-22 އިންނެވެ. މެޗުގެ މޮޅު ކުުޅުންތެރިއަކީ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އެވެ.

ވެމްކޯ ޓީމުގެ އަޝްފާގު އާދަމް (އައްކަޅޭ) ބޯޅައެއް ފޮނުވާލަނީ.-- ފޮޓޯ: އަދަދު

ރޭ ކުޅުނު މެޗުގެ ފުރަތަމަ ސެޓު ދެ ގެންދިޔައީ އޮއްފު އިންނެވެ. އެއީ 25-19، 25-16 އިންނެވެ. އާ ހިތްވަރަކާ އެކު ކުޅެ، ދެން ކުޅުނު ދެ ސެޓު ގެންދިޔައީ އައްޑޫ ސްޕޯޓްސް އިންނެވެ. މި ސެޓުތައް އައްޑޫ ޓީމުން ގެންދިޔައީ، 24-27، 21-25 އިންނެވެ. ނަތީޖާ ނެރެން ކުޅުނު ފަހު ސެޓުން އޮއްފު މޮޅުވީ 17-15 އިންނެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޮއްފު ޓީމުގެ މުހައްމަދު އަލީ (ޑެންޒޯ) އެވެ.

އެސޯސިއޭޝަން ކަޕާއި ގައުމީ ވޮލީ ބޯޅަ ލީގުގައި ކުޅޭނެ ހަ ޓީމެއް މިހާރު ވަނީ ކަށަވަރުވެފަ އެވެ. އެއީ މިދިޔަ އަހަރުގެ ގަދަ ހަތަރު ޓީމު ކަމަށްވާ ދިވެހި ސިފައިންގެ ކްލަބް (ޑިއެސްސީ)، ޕޮލިސް ކުލަބް، ގުޑީސް އަދި ސްޕޯޓްސް ކުލަބް ސިޓީގެ އިތުރުން ކޮލިފައިން ބުރުން ހޮވުނު ކްލަބް ވެމްކޯ އާއި އޮއްފު އެފްސީ އެވެ.

އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަނުގެ ކުޅުން މިރޭ ފަށާނެ އެވެ. ޖުމްލަ 10 ޓީމު މި ޑިވިޝަނުގައި ވާދަކުރާއިރު، ޓީމުތައް ވަނީ ފަސް ޓީމުގެ ދެ ގްރޫޕަށް ބަހައިފަ އެވެ.

ގްރޫޕް އޭ ގައި އޮތީ ކްލަބް ވެމްކޯ، ކްލަބް ވޮލީބޯލް، އަލްމާ ސްޕޯޓްސް ކްލަބް، ޔޫތު ނިއު ޖެނެރޭޝަން އަދި ހިންމަފުށީ ވިކްޓޯރިއަސް ސްޕޯޓްސް ކްލަބް އެވެ. ގްރޫޕް ބީގައި ހިމެނެނީ ޕޮލިސް ކްލަބް، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން، ކްލަބް އީގަލްސް، ދިވެހި ސިފައިންގެ ކްލަބް އަދި ކްލަބް ހާފްލައިންލިންޖްއޭޖް އެވެ. މުބާރާތުގައި މިރޭ ދެ މެޗެއް ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ކްލަބް ވޮލީބޯލް ކުޅޭނީ އަލްމާ ސްޕޯޓްސް ކްލަބާ އެވެ. ދެ ވަނަ މެޗުގައި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން ކުޅޭނީ ކްލަބް އީގަލްސްއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox