ބަންގްލަދޭޝްގައި ފެންބޮޑުވުމުން ހަތަރު މިލިއަން މީހުންނަށް އަސަރުކޮށްފި

ފެންބޮޑުވުމުގެ އަސަރު ބަންގްލަދޭޝްގެ ހަތަރު މިލިއަން މީހުންނަށް ކޮށްފައިވޭ. -- ފޮޓޯ: އޭއެފްޕީ

ފެންބޮޑުވުމުގެ އަސަރު ބަންގްލަދޭޝްގެ ހަތަރު މިލިއަން މީހުންނަށް ކޮށްފައިވޭ. -- ފޮޓޯ: އޭއެފްޕީ

ސިލްހެތް، ބަންގްލަދޭޝް (މޭ 23) - ބަންގްލަދޭޝްގެ އިރުއުތުރުގައި 20 އަހަރުގެ ތެރޭގައި ކުރިމަތިވި އެންމެ ބޮޑު ފެންބޮޑުވުމުގެ ހާދިސާގައި ގާތްގަނޑަކަށް ހަތަރު މިލިއަން މީހުންނަށް އަސަރުކޮށްފައިވާ ކަމަށް އދ. އިން ބުނެފި އެވެ.

ބަންގްލަދޭޝްގެ ސަރުކާރުން ބުނީ މިދިޔަ ހަފްތާގައި ފެންބޮޑުވާން ފެށުމުގެ ސަބަބުން އިރުއުތުރުގައި އޮންނަ ސިލްހެތް ޑިސްޓްރިކްޓުގެ 70 ޕަސެންޓު އަދި ސުނަމްގާންޖް ޑިސްޓްރޮކްޓުގެ 60 ޕަސެންޓު އޮތީ ފެނު އަޑީގައި ކަމަށެވެ. މިހާތަނަށް 10 މީހުން މަރުވެ، ދެ މިލިއަން މީހުން ވަނީ ހާލުގައި ޖެހިފަ އެވެ.

ފެންބޮޑުވާން މެދުވެރިވީ ބޯކޮށް ވާރޭ ވެހުމާ އެކު އިންޑިއާ އާއި ބަންގްލަދޭޝް ގުޅޭ ބޯޑަރު ކައިރީގައި އޮންނަ ސުރްމާ އަދި ކުޝިއަރާ ކޯރުތައް ފުރިގެން ބަންޑުންވުމުންނެވެ.

ފްލަޑް ފޯކާސްޓިން އެންޑް ވޯނިން ސެންޓަރުގެ ވެރިޔާ އަރީފުއްޒަމާން ބުއިޔާން ވިދާޅުވީ 1970 ވަނަ އަހަރުން ފެށިގެން އެ ދެ ކޯރުގެ ފެންގަނޑު އުފުލިފައި ނުވާ މިންވަރަށް މި އަހަރު އުފުލުނު ކަމަށެވެ.

ޔުނިސެފުން ބުނީ ބަންގްލަދޭޝްގެ އިރުއުތުރުގެ ހަތަރު ޑިސްޓްރިކްޓަރުކް ހަތަރު މިލިއަން މީހުންނަށް ފެންބޮޑުވުމުގެ އަސަރުކޮށްފައިވާ ކަމަށެވެ. އެ ސަރަހައްދުގައިވާ ހުރިހާ ސްކޫލަކާއި ކޮލެޖެއް ވަނީ ބަންދުކޮށްފަ އެވެ.

ޑިޒާޒްޓާ މެނޭޖްމަންޓްގެ އިސް އޮފިޝަލެއް ކަމަށްވާ ނޭތާއި ޑެ ސަރްކޭރް ވިދާޅުވީ ބައެއް ހިސާބުތަކުން ފެންގަނޑު ހިނދެން ފެށި ނަމަވެސް، 1.23 މިލިއަން މީހުންނަށް އަދިވެސް އަނބުރާ ގެތަކަށް ނުދެވޭ ކަމަށެވެ.

އޭނާ ވިދާޅުވީ ފެނުގެ ޒަރިއްޔާއިން ބަލިތައް ފެތުރިދާނެތީ ސަމާލުވުމަށް 140 ސިއްހީ ޓީމު ސަރުކާރުގެ ފަރާތުން އެ ސަރަހައްދަށް ފޮނުވާފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox