ހުލާސާކޮށް މަޖިލިސް: މަސްވެރިކަމާ ގުޅޭ ކަންބޮޑުވުންތަކާ ގުޅޭ ސުވާލުކުރުން

ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން މިއަދުގެ ޖަލްސާގައި-- ފޮޓޯ: މަޖިލިސް

ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން މިއަދުގެ ޖަލްސާގައި-- ފޮޓޯ: މަޖިލިސް

މަސްވެރިކަން ރަނގަޅުވާ ކޮންމެ ދުވަސްވަރެއްގައި، ކޫއްޑޫގެ ކެޕޭސިޓީއަށް ނުކަތާ ވަރަށް ދެކުނުގައި މަސް ބާނަ އެވެ. ބާނާ ހުރިހާ މަހެއް ނުކިރުވުމަކީ މަސްވެރިންގެ އެެންމެ ބޮޑު ކަންބޮޑުވުން ވެސް މެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ސުވާލު ކުރުމަށް މަސްވެރިކަމާ ގުޅޭ ވަޒީރު ޑރ. ހުސެއިން ރަޝީދު މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރައްވާފަ އެވެ.

ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވަނީ މަސްވެރިކަން ރަނގަޅުވާ ދުވަސްވަރަށް ވަގުތީ އަދި ދާއިމީ ހައްލުތަކެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. މިގޮތުން ވަގުތީ ހައްލެއްގެ ގޮތުން މަސްކިރަން ބޭރުން ބޯޓެއް ގަނެ، ކޫއްޑޫގެ ކެޕޭސިޓީ ދެ ގުނަ ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

"ކުރިއަށް އޮތް މަސްވެރިކަމުގެ މޫސުމުގައި 800 ޓަނު ކޫއްޑޫއަށް ކިރުމަށް ގެންނާނެ ކަމަށް ބަލާއިރު، ޝޯޓް ޓާމް ހައްލެއްގެ ގޮތުން މަދުވެގެން އިތުރު 400 ޓަނު ގަނެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ، ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި މި ގާބިލްކަން ގާއިމްކުރެވޭނެ ހަމައެކަނި ގޮތަކީ މަސްގަނޑުކޮށް ފިނި ކުރާ ފްރީޒާ ވެސެލްސް ގަތުން،" މިނިސްޓަރު ވިދާޅުވި އެވެ.

އިތުރު ސުވާލު ކުރުމަށް ހުޅުވާލި ފުރުސަތުގައި މިނިސްޓަރު ވަނި އެކި ރަށްރަށުގެ އައިސްޕްލާންޓުތަކުގެ އަޕްޑޭޓު މެންބަރުންނަށް ދެއްވާފަ އެވެ.

މިނިސްޓަރާ ސުވާލު ކުރުމުގެ އިތުރުން ދައުލަތުގެ މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން ވަނީ އިއްވާފަ އެވެ. މި ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު މުމްތާޒެވެ.

މަޖިލިސް ތަޅުމުގައި މިއަދު ވެސް މާ ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މައްސަލައެއް ހުށަހެޅި ނަމަވެސް އެ މައްސަލަ ވަނީ ބަހުސް ކުރުމެއް ނެތި ބޭރުކޮށްލާފަ އެވެ. އިދިކޮޅުން ހުށަހެޅީ އާންމުންނަށް ނޭނގި ޕާޓީގެ ދަފްތަރުގައި ރެޖިސްޓާ ވާ ކަމަށް ބުނެ އާންމުން ކަންބޮޑުވުން ފާޅުކުރަމުން އަންނާތީ އެ ކަމާ ގުޅޭ މައްސަލައެކެވެ.

މިއަދުގެ ހާޒިރީ

ހާޒިރުވެވަޑައިގެންނެވި: 26 މެމްބަރުން

ސަލާމުގައި: 4 މެމްބަރުން

ތަޅުމުގައި މާ ގިނަ މަސައްކަތްތަކެއް ކުރިއަށް ނުގެންދިޔަ ނަމަވެސް މިއަދު ވެސް ކޮމިޓީތަކުގެ ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. ކޮމިޓީތަކުން މިއަދު ކުރިއަށް ގެންދިޔަ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ވަޒީރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ކުރާ ސުވާލުތަކަށް ދޭ ޖަވާބަކާ ގުޅިގެން، އިތުރު ސުވާލު ކުރަން ލިބޭ ވަގުތު 30 މިނެއްޓާ ހަމައަށް އިތުރުކުރަން މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

ދުވަހުގެ ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ، "ޕްރެކްޓިސް ޕާލަމެންޓް ފޯރ ވިމެން" ގެ ބައިވެރިންނާ ބައްދަލުކުރެއްވުން
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ، "ޕްރެކްޓިސް ޕާލަމެންޓް ފޯރ ވިމެން" ގެ ބައިވެރިންނާ ބައްދަލުކުރެއްވުން

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ، "ޕްރެކްޓިސް ޕާލަމެންޓް ފޯރ ވިމެން" ގެ ބައިވެރިންނާ ބައްދަލުކުރެއްވުން

ދުވަހުގެ ކޯޓޭޝަން

"މަހުގެ އަގު އަޅުގަނޑު ބޭނުންވަނީ ދެވެން އޮތް އެންމެ ބޮޑު އަގެއް ލިބޭނެ ގޮތަށް ހަމަ ޖައްސަން، އެކަމަކު އެއީ މަސް ގަންނަ ކުންފުންޏަކަށް ދެވޭ އަގަކަށް ވެގެން އެ އަގު ދެވޭނީ، އަޅުގަނޑު ހިތްހަމަ ޖެހޭ ގޮތަށް ކަނޑައަޅަން ޖެހޭ އަގެއް ނޫން އެއީ،" މިނިސްޓަރު ޑޜ. ހުސެއިން ރަޝީދު

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox