ފަހު ދެ މެޗު އެއް ވަގުތެއްގައި ނުކުޅޭތީ ގޯކުލަމާއި ބަޝުންދަރާ އިން ނުރުހުން ފާޅުކޮށްފި

ބަޝުންދަރާގެ ކޯޗު އޮސްކާ (ކ) އާއި ގޯކުލަމްގެ ކޯޗު ވިންޗެންޒޯ.

ބަޝުންދަރާގެ ކޯޗު އޮސްކާ (ކ) އާއި ގޯކުލަމްގެ ކޯޗު ވިންޗެންޒޯ.

އޭއެފްސީ ކަޕްގެ ގްރޫޕް ޑީގެ ފަހު ދެ މެޗު އެއް ވަގުތެއްގައި ނުކުޅޭތީ ގޯކުލަމް ކެރަލާ އެފްސީ އާއި ބަޝުންދަރާ ކިންގްސް އިން މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ކަލްކަތާގައި ސެންޓްރަލައިޒްކޮށް މިހާރު ކުރިއަށްދާ އޭއެފްސީ ކަޕްގެ މެޗުތަކުގައި ކޮންމެ ޓީމެއް މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު، ގްރޫޕް ޑީގެ އެއް ވަނައިގައި އޭޓީކޭ މޯހަން ބަގާން އޮތީ ތިން ޕޮއިންޓާއި ފައިދާ ދެ ގޯލާ އެކު އެވެ. ގޯކުލަމް ކެރަލާ އެފްސީ ދެ ވަނައިގައި އޮތީ ތިން ޕޮއިންޓާ އެކު ފައިދާ އެއް ގޯލު އޮތުމުންނެވެ. ތިން ވަނައިގައި އޮތް, ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ތިން ޕޮއިންޓް ލިބުނަސް ފައިދާ ގޯލެއް ނެތެވެ. ބަންގްލަދޭޝްގެ ޗެމްޕިއަން، ބަޝުންދަރާ ކިންގްސް ފުލުގައި އޮތީ ތިން ޕޮއިންޓާ އެކު ގެއްލުން ތިން ގޯލުއާ އެކު އެވެ.

ކަލްކަތާގެ މަޝްހޫރު ސޯލްޓް ލޭކް ސްޓޭޑިއަމްގައި، މާދަމާ ހަވީރު 16:00 ގައި ގޯކުލަމް އާއި ބަޝުންދަރާ ކުޅޭ މެޗު އޮންނާނެ އެވެ. ގްރޫޕްގެ ފަހު މެޗުގައި އޭޓީކޭ މޯހަން ބަގާން އާއި މާޒިޔާ ބައްދަލުކުރާނީ މާދަމާރޭ 20:00 ގަ އެވެ.

ބަޝުންދަރާ އާއި ގޯކުލަމް އާއި މާދަމާ ހަވީރު ކުޅޭ މެޗުން މޮޅުވެގެން ވެސް އަނެއް ބުރުގެ ފުރުސަތު ލިބޭނެކަން ޔަގީންވާނީ މާދަމާރޭގެ މެޗަށް ފަހު އެވެ. މީގެ ކުރިން އާންމު ގޮތެއްގައި އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު ދެ މެޗު ކުޅެނީ އެއްވަގުތެއްގަ އެވެ. އެކަމަކު، ފަހަކަށް އައިސް ފަހު ދެ މެޗު ކުޅެނީ ތަފާތު ދެ ވަގުތެއްގަ އެވެ. ހާއްސަކޮށް ސެންޓްރަލައިޒްކޮށް ކުޅޭއިރު، ކުޅެން ޖެހެނީ ދެ ވަގުތެއްގަ އެވެ. އެއީ އެއް ދަނޑެއްގައި ހުރިހާ މެޗެއް ކުޅޭތީ އެވެ.

މާދަމާގެ މެޗުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބަޝުންދަރާގެ ކޯޗު އޮސްކާ ބްރުޒޮން ބުނީ ގްރޫޕްގެ ފަހު ދެ މެޗު އެއް ވަގުތެއްގައި ކުޅޭ ގޮތަށް ހަދަން އެޕީލްކުރި ކަމަށާއި އެކަމަކު، އޭއެފްސީ އެ ގޮތަށް އަމަލެއް ނުކުރި ކަމަށެވެ.

"އަހަންނަކަށް ނޭނގެ ކީއްވެ ކަމެއް، ދެ މެޗު އެއް ވަގުތެއްގައި ކުޅެވޭނެ ވަރަށް ކަލްކަތާގައި ރީތި ދަނޑު އެބަހުރި، އެކަމަކު ކޮންމެ ވެސް ސަބަބަކާ މި ދެ މެޗު ހަމަ މި ކުޅެނީ ދެ ވަގުތެއްގައި،" އޮސްކާ ބުންޏެވެ.

ބަޝުންދަރާ މާދަމާ ހަވީރު މޮޅުވި ނަމަވެސް އެ ޓީމަށް އަނެއް ބުރަށް ދެވޭނީ މާދަމާރޭ މާޒިޔާ އަތުން އޭޓީކޭ މޯހަން ބަގާން އަށް މޮޅުނުވެވިއްޖެނަމަ އެވެ. އޮސްކާ ބުނީ މުބާރާތުގެ "އަގު ހިފެހެއްޓުމު"ގެ ޒިންމާ އޮތީ މާޒިޔާ އަތުގައި ކަމަށެވެ.

"ދެ މެޗު އެއް ވަގުތެއްގައި ނުކުޅުމަކީ މީގެ ބައިވަރު އުނދަގޫތަކެއް ދެ ޓީމަށް ވެސް ހުންނާނެ ކަމެއް. އަހަރެމެން މާދަމާ ހަވީރު މޮޅުވެއްޖިއްޔާ، އެ ހިސާބުން މާޒިޔާ މެޗަށް ނުކުތުމުގެ ކުރިން އެ މީހުންނަށް މުބާރާތް ނިމުނީ، އެހެންވީމަ އަހަރެންގެ ނަޒަރުގައި މާޒިޔާ ބޮލުގައި އެބައޮތް މުބާރާތުގެ އިންޓަގްރިޓީ ހިފެހެއްޓުމުގެ ޒިންމާ،" އޮސްކާ ބުންޏެވެ.

މި ފަހަރުގެ މުބާރާތުގައި ބަޝުންދަރާ އިން ކުޅުނު ފުރަތަމަ މެޗުގައި ވަނީ މާޒިޔާ އަތުން 1-0 އިން މޮޅުވެފަ އެވެ. އެކަމަކު، ދެ ވަނަ މެޗުގައި އޭޓީކޭ މޯހަން ބަގާން އަތުން ބަޝުންދަރާ ބަލިވީ 4-0 އިންނެވެ. މިއީ އޮސްކާގެ ކޯޗުކަމުގައި ބަޝުންދަރާގެ އެންމެ ބޮޑު ނާކާމިޔާބީ އެވެ. އެ ވަރުގެ ދަށް ނަތީޖާ އަކުން ބަޝުންދަރާ ތިން ދުވަހުގެ ތެރޭގައި އަރައިގަންނާނީ ކިހިނެއްތޯ އެހުމުން އޮސްކާ ބުނީ ބަޝުންދަރާ އަކީ "ޗެމްޕިއަނެއް" ކަމަށާއި މި ފަަދަ ހާލަތްތަކުން ނުކުމެ ނަތީޖާ ނެރެވޭނެ ފެންވަރު އެ ޓީމުގައި އެބަހުރި ކަމަށެވެ.

"މި ގްރޫޕްގެ ފުރަތަމަ ދެ މެޗުން ބަލިވި ދެ ޓީމު ދެ ވަނަ މެޗުގައި އައިސް މޮޅުވީ. އެހެންވީމަ، އަހަރެންގެ ނަޒަރުގައި ޗެމްޕިއަނުންގެ ސިފަ މި ހަތަރު ޓީމުގައި ވެސް އެބަހުރި، އެހެންވީމަ، އަހަރެެމެން ޓީމު، ބަޝުންދަރާގެ ފަރާތުން ބޭނުންވާ ރިއެކްޝަން ފެންނާނެ ކަމަށް މި ބަލަނީ،" ކުރިން ރާއްޖޭގެ ނިއު ރޭޑިއަންޓަށް އަހަރަކަށް ވުރެ ގިނަ ދުވަހު ކޯޗުކޮށްދިން އޮސްކާ ބުންޏެވެ.

ގޯކުލަމް އަކީ ވަރުގަދަ ޓީމެއް ކަމަށާއި އެ ޓީމުގައި ތިބި ކުޅުންތެރިންނަކީ ނަތީޖާ ނެރެވޭ ވަރަށް ކުޅެވިދާނެ ކުޅުންތެރިންކަން އޭޓީކޭ މެޗުގައި ފެނިގެން ގޮސްފައިވާ ކަމަށާއި އެކަމަށް ސަމާލުވާނެ ކަމަށް އޮސްކާ ވަނީ ބުނެފަ އެވެ.

ދެ މެޗު ދެ ވަގުތެއްގައި ކުޅުން އިންސާފުވެރިއެއް ނޫން

ގޯކުލަމް ކެރަލާގެ ކޯޗު ވިންޗެންޒޯ އަލްބާޓޯ ބުނީ ފަހު ދެ މެޗު އެއް ވަގުތެއްގައި ކުޅުނު ނަމަ ހުރިހާ ޓީމަކަށް ވެސް ހަމަހަމަ ފުރުސަތެއް އޮންނާނެ ކަމަށެވެ. އެކަމަކު، މިހާރު ރޭވިފައި އޮތްގޮތުން ދެ މެޗު ދެ ވަގުތެއްގައި ކުޅޭއިރު، "ނާއިންސާފުން" ކަންކަން ދިމާވުމުގެ ބިރު އެބައޮތް ކަމަށް ވިންޗެންޒޯ ވަނީ ބުނެފަ އެވެ.

"ދުނިޔޭގެ ކޮންމެ ތަނެއްގައި އޮތް މުބާރާތެއް ކަމަށް ވިޔަސް، ފަހު ދެ މެޗު މި ކުޅެނީ އެއް ވަގުތެއްގައި. އަހަންނަށް ނޭނގެ މި މުބާރާތް ވީމަ މި ތަފާތުވީ ކީއްވެ ކަމެއް، ގައިމު ވެސް އަހަންނަށް ފުޓްބޯޅަ އެނގޭ މިންވަރަށް ބަލާއިރު، މި ދެ މެޗު އެންމެ ރަނގަޅީ އެއް ވަގުތެއްގައި ކުުޅުން،" ވިންޗެންޒޯ ބުންޏެވެ.

"އެއް ވަގުތެއްގައި ނުކުޅުމަކީ، މުބާރާތް އިންތިޒާމްކުރާ ފަރާތުގެ ނިންމުމެއް ކަމަށްވާނަމަ އެ އަށް ބޯލަނބައިގެން ޕްރޮފެޝަނަލުންގެ ގޮތުގައި ކުރިއަށްދިއުން ނޫން ގޮތެއް ނެތް،"

ގޯކުލަމް އަށް އަނެއް ބުރަށް ދެވެން އޮތީ އެ ޓީމުން ބަޝުންދަރާ އަތުން މޮޅުވެ، މާޒިޔާ އަަށް އޭޓީކޭ މޯހަން ބަގާން ބަލިނުކުރެވިއްޖެނަމަ އެވެ. މާދަމާގެ ދެ މެޗުން ގޯކުލަމް އާއި މާޒިޔާ މޮޅުވެއްޖެނަމަ އަނެއް ބުރަށް ދާނީ މާޒިޔާ އެވެ. އެއީ ހެޑް ޓު ހެޑް އިން އެ ޓީމަށް ކުރި ލިބޭތީ އެވެ. ގޯކުލަމް މޮޅުވެއްޖެނަމަ އެ ޓީމު އަނެއް ބުރަށް ދާނީ މާދަމާރޭ މާޒިޔާ އަށް މޮޅެއް ނުހޯދިއްޖެނަމަ އެވެ.

މާދަމާގެ މެޗަކީ ގޯކުލަމް ޓީމުގައި ތިބި ވަރަށް ގިނަ ކުޅުންތެރިން އެ ޓީމަށް ކުޅެދޭނެ ފަހު މެޗަށް ވެދާނެ ކަމަށާއި އެހެންކަމުން އެ ކުޅުންތެރިންގެ ފަރާތުން އެދެނީ ވަދާއީ މެޗުގައި ކްލަބަށް ބޮޑު ކަމެއް ހާސިލްކޮށްފައި ދިއުން ކަމަށް ވިންޗެންޒޯ ވަނީ ބުނެފަ އެވެ. އަދި ގޯކުލަމް އިން ކޮންމެ ގޮތެއް ވިޔަސް މޮޅެއް ނޫން ނަތީޖާ އަކަށް ފަހު މެޗުގައި ނުވިސްނާނެ ކަމަށް ވިންޗެންޒޯ ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox