އިންޑިއާގެ ބޯޓުތަކުން ރާއްޖޭ ސަރަަހައްދުގައި މަސްވެރިކަން ކުރާކަމުގެ ޝަކުވާ ނުލިބޭ: މިނިސްޓަރު

ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން-- ފޮޓޯ: މަޖިލިސް

ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން-- ފޮޓޯ: މަޖިލިސް

ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގައި އިންޑިއާގެ މަސްބޯޓުތަކުން ގަވައިދާ ހިލާފަށް މަސްވެރިކަން ކުރާ ކަމުގެ ޝަކުވާތައް ނުލިބޭ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހަށް މިނިސްޓަރު ހާޒިރުކޮށް ސުވާލުކޮށްފައިވާއިރު، އިންޑިއާގެ ބޯޓުތަކުން ރާއްޖޭގައި މަސްވެރިކަން ކުރޭތޯ ސުވާލުކުރެއްވީ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ. ސަލީމް މި ސުވާލުކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރެއްވި ތުހުމަތަކާ ގުޅިގެންނެވެ. 30 ޑިސެންބަރު 2021 ގައި ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއެއްގައި ޔާމީން ވަނީ "މިތާ އުތުރުން އެއޮތް މަސް ބާނާ ނަގަނީއޭ އިންޑިއާ މަސްވެރިން،" ވިދާޅުވެފަ އެވެ.

"ގަވައިދާ ހިލާފަށް އަޅުގަނޑުމެންގެ ސަރަހައްދަށް ވަދެގެން މަސްވެރިކަން ކުރާ ކަމުގެ ޝަކުވާ ކޯސްޓު ގާޑުން އަޅުގަނޑުމެންނަށް ލިބިފައެއް ނެތް، ގާނޫނު ހަމަޖެހިފައި އިންނަ ގޮތުން އެމްއެންޑީއެފްގެ ކޯސްޓު ގާޑުން ރާއްޖޭގެ އިގްތިސޯދީ ސަރަހައްދު ބަލަހައްޓަނީ، އެގޮތަށް ބޯޓުތައް ހިފެހެއްޓުމަށް ފަހު ބަނދަރަކަށް ގެނެސް މި ޕޮލިހާ ހަވާލުކޮށް އަޅުގަނޑުމެންނާ ހަވާލުކުރޭ," އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ވަކި ގައުމެއްގެ އުޅަނދަކަށްވުމުން ފިޔަވަޅު ނާޅާ ދޫކޮށްލާފައި ނުވާނެ ކަމަށެވެ. މަސްވެރިކަމުގެ ގާނޫނަށް 2019 ވަނަ އަހަރު އަމަލު ކުރަން ފެށި ފަހުން މިހާތަނަށް ހައްޔަރުކޮށްފައިވަނީ އަށް ބޯޓެއް ކަމަށާއި އޭގެ ތެރެއިން ފަސް ބޯޓަކަށް ފިޔަވަޅު އަޅާފައިވާ ކަމަށް ވިދާޅުވި އެވެ.

ރާއްޖެ އާއި އިންޑިއާއަކީ އެއް ބޯޑަރެއް ހިއްސާ ކުރާ ދެ ގައުމަށް ވުމުން، އެއް ގައުމުގެ އުޅަނދުތައް ނޭނގި ނަމަވެސް, އަނެއް ގައުމުގެ ސަރަހައްދަށް ވަދެވުމަކީ ހިނގާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ޝަކުވާ ލިބޭ މަސްވެރިންގެ ކިބައިން އިންޑިއާގެ ބޯޓު ފަހަރު ރާއްޖޭގެ ސަރަހައްދަށް ވަންނަ ވާހަކަ އަދި ރާއްޖޭގެ ސަރަހައްދު ކައިރިއަށް އަންނަ ވާހަކަ، ހަމަ އެގޮތަށް އަޅުގަނޑުމެންގެ ބައެއް ދޯނި ފަހަރަށް ވެސް ވެސެލް ޓްރެކިން ހަރުކޮށްފައި ހުންނާތީ އިންޑިއާގެ ކަނޑުގެ ސަރަހައްދަށް ވަދެވޭ، އަދި ވަދެފަ ނިކުމޭ," މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox