މަންކީޕޮކްސް އިތުރަށް ފެތުރޭ ނަމަ ނަތީޖާ ގޯސްވެދާނެ: ބައިޑެން

އެމެރިކާގެ ރައީސް ޖޯ ބައިޑެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. -- ފޮޓޯ: އޭއެފްޕީ

އެމެރިކާގެ ރައީސް ޖޯ ބައިޑެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. -- ފޮޓޯ: އޭއެފްޕީ

ސޯލް، ދެކުނު ކޮރެއާ (މޭ 22) - މަންކީޕޮކްސްއާ މެދު ހުރިހާ އެންމެން ވެސް ސަމާލުވުން މުހިއްމު ކަމަށާއި އެ ބަލި އިތުރަށް ފެތުރޭ ނަމަ ނަތީޖާ ގޯސްވެދާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.

މޭ މަހުގެ ކުރީކޮޅުން ފެށިގެން މަންކީޕޮކްސްގެ ކޭސްތަކެއް އުތުރު އެމެރިކާ އާއި ޔޫރަޕުން ރިޕޯޓުކޮށްފައިވެ އެވެ. އެހެންވެ، އެފްރިކާގެ ބައެއް ހިސާބުތަކުން ދޭތެރެ ދޭތެރެއިން ފެންނަ މި ބަލި އެހެން ހިސާބުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކަމުގެ ބިރު އެބަ އޮތެވެ.

ރައީސް ކަމަށް ވަޑައިގެންނެވި ފަހުން ބައިޑެން އޭޝިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ދެކުނުގެ ކޮރެއާގެ ވެރިރަށް ސޯލްގައި ހުންނަވައި ނޫސްވެރިންނަށް ވިދާޅުވީ އެމެރިކާގައި މަންކީޕޮކްސްގެ ހާލަތު އޮތް ގޮތާ ގުޅޭ ފުރިހަމަ މައުލޫމާތު މިހާތަނަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.

"އެކަމަކު އެއީ ހުރިހާ އެންމެން ވެސް ކަންބޮޑުވާން ޖެހޭ ކަމެއް،" ދެކުނު ކޮރެއާއަށް ދޫކުރައްވައި، ޖަޕާނުގެ ޓޯކިޔޯއަށް ފުރާވަޑައިގެންނެވުމުގެ ކުރިން ބައިޑެން ވިދާޅުވި އެވެ.

"އެ ބަލި ކަންބޮޑުވުމަކަށް ވަނީ އެއީ އިތުރަށް ފެތުރޭ ނަމަ އެކަމުގެ ނަތީޖާ ގޯސްވެދާނެތީ،" ބައިޑެން ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން މި ދަނީ އެ ބައްޔާ ގުޅިގެން ކުރިއަށް ދާނެ ގޮތެއް ކަނޑައެޅުމަށް ބުރަކޮށް މަސައްކަތް ކުރަމުން. އަދި އެ ބައްޔާ ދެކޮޅަށް އެއްވެސް ވެކްސިނެއް ހުރިތޯ ވެސް ބަލަމުން."

މީދަލާއި ރާމާމަކުނުގެ ބާވަތްތަކުން އާއްމުކޮށް ފެންނަ މަންކީޕޮކްސް މެދުތެރޭ އަދި ހުޅަނގު އެފްރިކާގައި ދިރިއުޅޭ އިންސާނުންގެ ގަޔަށް ފޯރައި، އެތައް ހާސް ބަޔަކަށް މީގެ ކުރިން އެ ބަލި ޖެހިފައިވެ އެވެ.

ހަފްތާތަކެއްގެ ތެރޭގައި ގިނަ މީހުން ބަލިން ފަސޭހަވި ނަމަވެސް، ވަރަށް މަދު ހާލަތްތަކުގައި ފުރާނަ ގެއްލިފައިވެ އެވެ.

ހޮނިހިރު ދުވަހު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނީ މަންކީޕޮކްސް މީގެ ކުރިން ފެތުރިފައި ނުވާ ގައުމުތަކުން މިހާރު 92 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox