އޮސްޓްރޭލިއާގެ އާ ބޮޑު ވަޒީރާ އެކު މޫސުމީ ބަދަލާ ގުޅޭ ސިޔާސަތު އާ މިސްރާބަކަށް

އޮސްޓްރޭލިއާގެ އާ ބޮޑު ވަޒީރު އެންތަނީ އަލްބަނީޒް. -- ފޮޓޯ: ބީބީސީ

އޮސްޓްރޭލިއާގެ އާ ބޮޑު ވަޒީރު އެންތަނީ އަލްބަނީޒް. -- ފޮޓޯ: ބީބީސީ

ގައުމު މުޅިން އާ މިސްރާބަކަށް ގެންގޮސް، މޫސުމީ ބަދަލާ ގުޅޭ ސިޔާސަތަށް ބޮޑު އިންގިލާބެއް ގެނުވާނެ ކަމަށް އޮސްޓްރޭލިއާގެ އާ ލީޑަރު އެންތަނީ އަލްބަނީޒް ވައުދުވެވަޑައިގެންފި އެވެ.

ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުން ކުރި ހޯއްދެވި އަލްބަނީޒްއަކީ ލޭބާ ޕާޓީގެ ކެންޑިޑޭޓެވެ. އެމަނިކުފާނު ވިދާޅުވީ އިއާދަކުރަނިވި ހަކަތައިގެ ގަދަ ބާރަކަށް އޮސްޓްރޭލިއާ ބަދަލު ކުރެވިދާނެ ކަމަށެވެ.

"އޮސްޓްރޭލިއާގެ ވިޔަފާރިތަކަށް ސާފުވާ ކަމަކީ މޫސުމީ ބަދަލާ ގުޅޭ ރަނގަޅު ފިޔަވަޅިތައް އެޅުމުން، ވަޒީފާތަކަށް ރަނގަޅުވެ އިގްތިސާދަށް ވެސް ރަނގަޅުވާކަން. އެހެންވީމާ ދުނިޔޭގެ މި މަސައްކަތުގައި ބައިވެރިވާން އަޅުގަނޑު ބޭނުން،" ބީބީސީއަށް ދެއްވި އިންޓަވިއުގައި އަލްބަނީޒް ވިދާޅުވި އެވެ.

ހޯމަ ދުވަހުގެ ވަގުތެއްގައި އަލްބަނީޒް ބޮޑު ވަޒީރުކަމުގެ ހުވާ ކުރައްވާނެ އެވެ. ނަމަވެސް ޕާލިމެންޓްގެ މެޖޯރިޓީ އެމަނިކުފާނުގެ ޕާޓީއަށް ލިބޭނެ ކަމެއް އަދި ސާފެއް ނޫނެވެ.

ފާއިތުވި ތިން އަހަރު އޮސްޓްރޭލިއާގައި ރެކޯޑް އަދަދުތަކުގެ ފެންބޮޑުވެ، ޖަންގަލީގައި ރޯވުމުގެ ހާދިސާތައް ހިނގާފައިވާ އިރު، މޫސުމީ ބަދަލަކީ ވޯޓުލީ މީހުން އެންމެ ކަންބޮޑުވާ އެއް މައްސަލަ އެވެ.

ކުރީގެ ބޮޑު ވަޒީރު ސްކޮޓް މޮރިސަން ވަނީ އޮސްޓްރޭލިއާ ރައްޔިތުންގެ ނިންމެވުމަށް މަރުހަބާ ވިދާޅުވެ، ބަލި ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ވޯޓު ގުނުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ އިރު، ޕާލިމެންޓުގެ ތިރިގޭގެ 151 ގޮނޑީގެ ތެރެއިން 76 ގޮނޑިއާ އެކު ލޭބާ ޕާޓީއަށް މެޖޯރިޓީ ލިބޭނެ ކަމެއް ކަށަވަރެއް ނޫނެވެ.

ޕޯސްޓް މެދުވެރިކޮށް ލާފައިވާ ތިން މިލިއަން ވޯޓު ގުނުމުގެ މަސައްކަތް ހޯމަ ދުވަހު ފަށާފައި ވާތީ، ރަސްމީ ނަތީޖާ އިއުލާން ކުރުމަށް އަދިވެސް ދުވަސްތަކެއް ނަގާނެ ކަމަށް ބެލެވެ އެވެ.

ލޭބާ ޕާޓީއަށް މެޖޯރިޓީ ނުލިބޭ ނަމަ، އާ ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރުމުގައި ގްރީންސް ޕާޓީ އަދި މިނިވަނުންގެ ގޮތުގައި ތިބޭ މެމްބަރުންގެ ނުފޫޒު ބޮޑު ވާނެ ކަމަށް ލަފާ ކުރެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox