އެމެރިކާގައި ތުއްތު ކުދިންގެ ފޯމިއުލާގެ ދަތިކަން ދިމާވާތީ މައާފަށް އެދެފި

އެމެރިކާގެ ފިހާރައެއްގައި ތުއްތު ކުދިންގެ ފޯމިއުލާ ދަޅުތަކެއް.

އެމެރިކާގެ ފިހާރައެއްގައި ތުއްތު ކުދިންގެ ފޯމިއުލާ ދަޅުތަކެއް.

ވޮޝިންޓަން، އެމެރިކާ (މޭ 22) - އެމެރިކާގައި ތުއްތު ކުދިންގެ ފޯމިއުލާ ނުވަތަ ކިރުގެ ދަތިކަން ވަރަށް ބޮޑަށް ދިމާވެފައި ވާތީ، ފޯމިއުލާ އުފައްދާ ކުންފުނި އެބޮޓްގެ ވެރިޔާ މައާފަށް އެދިއްޖެ އެވެ.

"މިކަމުގެ އަސަރުކޮށްފައިވާ ހުރިހާ އާއިލާއެއްގެ ކިބައިން އަޅުގަނޑުމެން މައާފަށް އެދެން،" އެބޮޓް ކުންފުނީގެ ސީއީއޯ ރޮބަޓް ފޯޑް ވޮޝިންޓަން ޕޯސްޓް ނޫހުގައި ޝާއިއުކުރި ލިޔުމެއްގައިވެ އެވެ.

އެމެރިކާގައި ފޯމިއުލާގެ ދަތިކަން ދިމާވާން ފެށީ ސަޕްލައި ކުރުމުގައި ހުރި ހުރަސްތަކެއް ސަބަބުން އަދި ބަލިމަޑުކަމާ ހެދި އެކަށީގެންވާ އަދަދަށް މުވައްޒަފުން ނެތުމުގެ ސަބަބުންނެވެ.

އޭގެ ފަހުން މިދިޔަ ފެބްރުއަރީ މަހު ދެ ތުއްތު ކުދިން މަރުވުމާ އެކު، އެމެރިކާގެ މިޝިގަންގައި ހުންނަ ފެކްޓްރީގައި އެބޮޓް ކުންފުނިން އުފެއްދި ހުރިހާ ޕްރޮޑަކްޓެއް މާކެޓުން އަނބުރާ ގެންދިޔަ އެވެ.

ޕްރޮޑަކްޓްތައް މާކެޓުން ނެގުމަށް ފަހު މިޝިގަން ފެކްޓްރީ ބަންދު ކުރި އެވެ. ފޯމިއުލާގެ ދަތިކަން އިތުރަށް ދިމާވާން ފެށީ ގިނަ އަދަދެއްގެ ޕްރޮޑަކްޓްތައް އަނބުރާ ގެންދިޔުމުންނެވެ.

އެބޮޓް ކުންފުނިން ބުނީ މާކެޓުން އަނބުރާ ގެންދިޔަ ފޯމިއުލާ ގަނެ، އެ ބޭނުން ކުރުމުގެ ސަބަބުން ބަލިވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރި ކުދިންގެ އާއިލާތަކަށް ފަސް މިލިއަން ޑޮލަރުގެ ފަންޑެއް ހަމަޖައްސާނެ ކަމަށެވެ.

އޭގެ އިތުރުން އެބޮޓް ކުންފުނީގެ އެހެން ފެކްޓްރީތަކުގެ އުފެއްދުންތެރިކަން މަތިކޮށް އަވަސް ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ކުންފުނިން ބުންޏެވެ.

ޖޫން މަސް ނިމުމުގެ ކުރިން، ސަޕްލައި ކުރާ ވަރު މަތި ކުރެވޭނެ ކަމަށާއި ކުރިމަގުގައި މިފަދަ ކަމެއް ނުވާނެކަން ކަށަވަރު ކުރުމަށް ފިޔަވަޅު އަޅަމުންދާ ކަމަށް ކުންފުނިން ބުނެ އެވެ.

ފޯމިއުލާގެ ދަތިކަން ހައްލު ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ރައީސް ޖޯ ބައިޑެން ވަނީ ނިންމަވާފަ އެވެ. އެގޮތުން އެހެން ގައުމުތަކުން ފޯމިއުލާ އިމްޕޯޓް ކުރުމުގެ މަސައްކަތް މިދިޔަ ހަފްތާގައި ފެށި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox