16 އަހަރުވީ ހޯނޑެއްދޫ ކޯލްޑް ސްޓޯރޭޖުގެ މައްސަލައިގައި ޕެޓިޝަނެއްގައި ސޮއިކުރަނީ

ހޯނޑެއްދޫ ކޯލްޑް ސްޓޯރޭޖާ ގުޅިގެން ހުރި ކަންބޮޑުވުންތަކާ ގުޅޭ ޕެޓިޝަންގައި ސޮއިކުރަނީ-- ފޮޓޯ: ޓްވިޓާ

ހޯނޑެއްދޫ ކޯލްޑް ސްޓޯރޭޖާ ގުޅިގެން ހުރި ކަންބޮޑުވުންތަކާ ގުޅޭ ޕެޓިޝަންގައި ސޮއިކުރަނީ-- ފޮޓޯ: ޓްވިޓާ

ގދ. ހޯނޑެއްދޫގައި ހޮރައިޒަން ފިޝަރީޒް އިން ތަރައްގީކުރަމުން އަންނަ ކޯލްޑް ސްޓޯރޭޖުގެ ހިދުމަތް މިއަދާ ހަމައަށް ވެސް ފެށިފައިނުވާތީ، އެ ކަމުގެ ކަންބޮޑުވުން ފާޅުކޮށް އެ ރަށުގެ ރައްޔިތުން ޕެޓިޝަނެއްގައި އިއްޔެ ސޮއިކުރަން ފަށައިފި އެވެ.

ހޮރައިޒަނުން އެ ރަށުގައި ކޯލްޑް ސްޓޯރޭޖެއް ގާއިމް ކުރުމުގެ މަސައްކަތް ފަށާފައިވަނީ 2005 ވަނަ އަހަރު އެވެ. އެ ތަނުގެ މަސައްކަތް ނުނިމި ލަސްވުމަކީ އެ ރަށު ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމަށް ޕެޓިޝަނުގައި ބުނެފައިވެ އެވެ.

"ކޯލްޑް ސްޓޯރޭޖް ހެދުމަށް 13 ހެކްޓަރުގެ ބިން ހޯނޑެއްދޫއިން ދޫކޮށްފައި އޮންނަތާ 16 އަހަރު ވެފައިވާއިރު، މި ތަން އޮޕަރޭޝަނަށް ނުގެނެވި އޮތުމަކީ ހޯނޑެއްދޫ އަދި ހުވަދު އަތޮޅު ރައްޔިތުންގެ ހައްގުތަކެއް ގެއްލިގެންދާ ކަމެއް ކަމުގައި ދެކެމެވެ. މި ދެންނެވި 13 ހެކްޓަރުގެ ބިމުން ހޯނޑެއްދޫ ރައްޔިތުންނަށް އެކަށީގެންވާ ކުއްޔެއް ނުލިބުމުގެ އިތުރަށް ހޯނޑެއްދޫ އެތައް ޒުވާނުންނަށް ފަހިވާން އޮތް އެތައް ވަޒީފާގެ ފުރުސަތު ވެސް ބަންދު ވެފައިވާ ކަމަށް ދެކެމެވެ." އެ ރަށު ރައްޔިތުން ސޮއި ކުރަމުން އަންނަ ޕެޓިޝަނުގައި ބުނެފައިވެ އެވެ.

Advertisement

މިހާތަނަށް އެއްވެސް ސަރުކާރަކުން މި ހިދުމަތް ހޯނޑެއްދޫ ރައްޔިތުންނާއި މަސްވެރިންނަށް ހޯދައި ދިނުމަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާ ކަން ފާހަގަކޮށް މި ކަމަށް ހައްލެއް ހޯދައި ދިނުމަށް ޕެޓިޝަނުގައި އެދިފައިވެ އެވެ.

ޕެޓިޝަނުގައި އެ ރަށުގެ ރައްޔިތުން ވަނީ ތިން ހުށަހެޅުމެއް ހުށަހަޅާފަ އެވެ. އެއީ:

  • ކޯލްޑް ސްޓޯރޭޖުގެ ބިމުގެ އެއްބަސްވުން ކައުންސިލަށް މައްޗަށް ބަދަލު ކުރުން
  • ބިން ކައުންސިލާ ހަވާލުކޮށް، އެކަށީގެންވާ ކުއްޔަކަށް ކުލި ބޮޑު ކުރުން؛ މިހާރު އެ ތަނުގެ ކުއްޔަކީ 2 ލައްކަ ރުފިޔާ
  • އެއް އަހަރު ތެރޭގައި ހިދުމަތް ދޭން ނުފެށިއްޖެނަމަ، ހޮރައިޒަންއާއެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށް ކައުންސިލާ ހަވާލުކުރުން

މި ޕެޓިޝަނަށް ރަށުގެ ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެ ރަށުގެ ކައުންސިލްގެ ރައީސް ހުސައިން ވާރިޝް ވިދާޅުވި އެވެ.

"ޕެޓިޝަންގައި ތިން ކަމަކަށް ގޮވާލާފައި ވަނީ، ރައްޔިތުންގެ ފަރާތުން ވެސް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުން، ގިނަ ބަޔަކު ވަނީ [ޕެޓިޝަނުގައި] ސޮއިކޮށްފައި މިހާރު، ރައީސް އޮފީހަށް ހުށަހެޅުމަށް މަސައްކަތް ކުރަމުން މިދަނީ، އެޕޮއިންޓްމެންޓަކަށް އަޅުގަނޑުމެން މިހާރު ވާނީ އެދިފައި،" ވާރިޝް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާއަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ހާޒިރުކޮށް ސުވާލުކޮށްފައިވާއިރު، ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވަނީ ކޯލްޑް ސްޓޯރޭޖު ހިދުމަތަށް ގެނެވޭނެ ތާރީހަކާ ގުޅޭ ގޮތުން ސުވާލުކުރައްވާފަ އެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެންމެ ފަހުން ތަން ނިންމާނެ ކަމަށް ބުނި ތާރީހަށް ވެސް ނިންމާފައިނުވާ ކަމަށާއި އެ ތަން ހުޅުވޭނީ "ކޮން ދުވަހަކު ކަމެއް މިވަގުތަކު ދެންނެވޭކަށް" ނެތް ކަމަށެވެ. އަދި މިފްކޯއިން މަސް ގަންނަ އަގުގައި އެ ތަން ހުޅުވައިގެން ހިދުމަތް ނުދެވޭނެ ކަމަށް ހޮރައިޒަން އިން ބުނާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެ ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ މިހާރު މަހުގެ އަގު ހުރި ގޮތުން ތިމަންނަމެންނަށް މި ދެންނެވި، މި ފެސިލިޓީ ހަދައިގެން އަދި ނިންމި ނަމަވެސް، މަސްގަތުމުގެ އޮޕަރޭޝަނެއް ކުރިއަކަށް ނުގެންދެވޭނޭ."

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox