ޑި މާރިއާ ހަތް އަހަރަށް ފަހު ޕީއެސްޖީ ދޫކޮށްލަނީ

May 21, 2022, 8:02 AM
ޑި މާރިއާ ހަތް އަހަރަށް ފަހު ޕީއެސްޖީ ދޫކޮށްލަނީ

ޕެރިސް (މެއި 21) - ފްރާންސްގެ ޕީއެސްޖީގައި ހަތް އަހަރު ހޭދަކޮށްފައިވާ އާޖެންޓީނާގެ ވިންގް، އަންހެލް ޑި މާރިއާ މި ސީޒަނަށް ފަހު އެ ކްލަބު ދޫކޮށްލާނެ ކަމަށް ޕީއެސްޖީން ބުނެފި އެވެ.

ކުރިން ރެއާލް މެޑްރިޑާއި މެންޗެސްޓާ ޔުނައިޓަޑަށް ކުޅުނު ޑިމާރިއާ ،34، ޕީއެސްޖީ އަށް ކުޅޭ ފަހު މެޗަށް ވާނީ ފްރާންސް ލީގުގައި މިރޭ މެޓްޒްއާ ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗެވެ. މިއީ މި ސީޒަންގެ ފްރާންސް ލީގުގައި ޕީއެސްޖީ ކުޅޭ ފަހު މެޗެވެ.

ޕީއެސްޖީގެ ރައީސް ނާސިރު އަލް ހަލީފާ ވިދާޅުވީ ޑިމާރިއާ އަކީ ޕީއެސްޖީގެ ޖޯޒީގައި ވަރަށް ހިތްވަރާ އެކު ކުޅުނު ކުޅުންތެރިއެއް ކަމަށެވެ.

އާޖެންޓީނާ އާއި އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޑި މާރިއާ ހުރީ ޕީއެސްޖީން އޭނާ އަށް އިތުރު ކޮންޓްރެކްޓެއް ނުދިނުމުން ހިތްހަމަނުޖެހިފަ އެވެ. މިދިޔަ އަހަރު ޕީއެސްޖީން ޑި މާރިއާ އަށް އާ ކޮންޓްރެކްޓެއް ދޭން މަޝްވަރާ ކުރި ނަމަވެސް އެއްބަސްވުމަކާ ހަމައަށް ނުދެވި، އެކަންކަން ދިގުލައި ގޮސް އެންމެ ފަހުން ޑި މާރިއާ އަށް ޖެހިފައިވަނީ ހިލޭ ޓްރާންސްފާއެއްގައި ކްލަބް ބަދަލުކުރުމަށެވެ.

ޕީއެސްޖީ އަށް ކުޅުނު 294 މެޗުގައި، ޑިމާރިއާ ވަނީ 91 ލަނޑު ޖަހައިފަ އެވެ. އަދި ޑި މާރިއާ ވަނީ އެ މެޗުތަކުގައި 118 ގޯލު ޖަހަން ފުރުސަތު ތަަނަވަސްކޮށްދީފަ އެވެ. ޕީއެސްޖީއާ އެކު ޑި މާރިއާ ވަނީ 14 ތަށި ހޯދައިފަ އެވެ. އޭގެ ތެރޭގައި ފަސް ލީގު ތަށި ހިމެނެ އެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި، އަންނަ ސީޒަންގައި ޑިމާރިއާ ފެންނާނީ އިޓަލީގެ ޔުވެންޓަސް އިންނެވެ. ޔުވެންޓަސް އިން ވަނީ ޑި މާރިއާ އަށް ދެ އަހަރުގެ ކޮންޓްރެކްޓެއް ދޭން ނިންމައިފަ އެވެ.

މި އަހަރު ފަހު ކޮޅު ގަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕަށް ފަހު ޑި މާރިއާ އާޖެންޓީނާ ގައުމީ ޓީމުން ރިޓަޔާކުރަން ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިއްސާރައާ ހެދި ބުރު އާއި ނިއު މެޗު ފަސްކުރަން ޖެހިއްޖެ

މޫސުން ގޯސްވެ ގަލޮޅު ދަނޑުގައި ފެންބޮޑުވުމުގެ ސަބަބުން، ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރަން އޮތް މެޗު އެފްއޭއެމް އިން ފަސްކޮށްފި. މިއަދު ހަވީރު ކުޅުނު މެޗަށްވެސް ވިއްސާރައިގެ އަސަރުކޮށްފައިވާއިރު، މިރޭގެ މެޗު ފަސްކުރަން ނިންމީ މެޗު ކުޅެވޭނެ ފަދަ ހާލަތެއް ދަނޑުގައި ނެތުމުން.

އޮޑި އާއި އީގަލްސްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވުމުން، ލީގުގެ އެއް ވަނަ އަށް އެރުމަށް އީގަލްސް އަށް ލިބުނު ފުރުސަތު ގެއްލުނު. ވިއްސާރައިގެ ސަބަބުން ކުޅުމަށް ހުރަސްތަކެއް ކުރިމަތިވި މި މެޗުގައި، ދެ ޓީމުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުނުވީ ދެ ޓީމުގެ ކީޕަރުންގެ ކުޅުން ރަނގަޅުވުމުން

ކްވަރަޝްކޭލިއާ އަށް ސީޒަން ނިމުމުގެ ބިރު

ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީގެ ކްވަރަޝްކޭލިއާގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާއަށް މި ސީޒަން ނިމިއްޖެ. ޓެސްޓްތަކުން ދައްކާގޮތުގައި އޭނާގެ އޭސީއެލް އިރައިގެން ގޮސްފައިވާއިރު، މި އަނިޔާއިން ރަނގަޅުވުމަށް ގާތްގަނޑަކަށް 6 މަހާއި 9 މަހާ ދެމެދުގެ މުއްދަތެއް ނަގާނެ

އިންގްލެންޑުން ރިޓަޔާނުކުރާ ކަމަށް ހެންޑަސަން ބުނެފި

މިހާރު ޗެލްސީއަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު ހެންޑަސަން، އިންގްލެންޑް ގައުމީ ޓީމުން ރިޓަޔާނުކުރާ ކަމަށާއި އަދިވެސް ގައުމީ ޓީމަށް ކުޅުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ބުނެފި. އޭނާ ގަބޫލުކުރާ ގޮތުގައި ޗެލްސީގައި ރަނގަޅު ކުޅުމެއް ދައްކައިގެން އަދިވެސް އެންމެ މަތީ ފަންތީގައި ގައުމީ ޓީމަށް ޚިދުމަތް ކުރުމުގެ ފުރުސަތު އޭނާއަށް އެބައޮތް

އިހުތިރާމް ކުރާތީ ފަބްރެގަސް ސުވާލަކަށް ޖަވާބު ނުދިން

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދޭން ކޯމޯގެ ކޯޗު ސެސްކް ފަބްރެގަސް ދެކޮޅުހަދައިފި. ފަބްރެގަސް ބުނީ މިވަގުތު ޔުނައިޓެޑްގެ ކޯޗަކަށް ހުރި މައިކަލް ކެރިކަށް އިހުތިރާމް އަދާކުރުމުގެ ގޮތުން އެ ސުވާލަށް ޖަވާބުދޭން ބޭނުންނުވާ ކަމަށް

ނިއު އަކީ ވަރުގަދަ ޓީމެއް ވިޔަސް ބުރަށް ވާދަކުރެވޭނެ

ނިއު ރޭޑިއަންޓަކީ ވަރުގަދަ ޓީމެއް ނަމަވެސް، ބުރު ސްޕޯޓްސް ކްލަބުން އެ ޓީމާ ދެކޮޅަށް ރަނގަޅު ވާދައެއްކޮށް ކާމިޔާބު ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ކޯޗު ރޮޑްރިގޭޒް ބުނެފި. ކޯޗު ފާހަގަކުރި ގޮތުގައި ޓީމުގެ ކުޅުން ދުވަހުން ދުވަހަށް ކުރިއަރަމުން އަންނާތީ، ކޮންމެ ޓީމެއް އަތުންވެސް މޮޅުވެވޭނެ ކަމުގެ އިތުބާރު މިހާރު އެބައޮތް

ލިވަޕޫލަށް ތަފާތު މޮޅެއް، ޕީއެސްޖީން ބާސެލޯނާ ބަލިކޮށްފި

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ޕީއެސްޖީން 4-2 އިން ބާސެލޯނާ ބަލިކުރިއިރު، ލިވަޕޫލުން ވަނީ ފަހަތުން އަރައި 4-3 އިން ވިޔަރެއާލްގެ މައްޗަށް ކުރިހޯދާފައި މީގެ އިތުރުން މެންޗެސްޓާ ސިޓީން 5-1 އިން އޭއީކޭ އެތަންސް ބަލިކުރިއިރު، އެ މެޗުގައި ފިލް ފޯޑެން ވަނީ ހެޓްރިކެއް ހަދާފައި

Newsletter

Get the latest news delivered straight to your inbox