އެސޯސިއޭޝަން ކަޕް ކޮލިފައިން: ވެމްކޯ އާއި އޮއްފު އެފްސީ އަށް ރަނގަޅު ފެށުމެއް

May 21, 2022, 5:05 AM
އައްޑޫ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ކްލަބް ވެމްކޯގެ ކުޑަކާއްޓެ ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އިސްމާއިލް އަޒްމީން/ އަދަދު

އައްޑޫ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ކްލަބް ވެމްކޯގެ ކުޑަކާއްޓެ ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އިސްމާއިލް އަޒްމީން/ އަދަދު

ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ދުވަހުގެ މެޗުތަކުން މޮޅުވެ، އޮއްފު އެފްސީ އާއި ކުލަބު ވެމްކޯ ފެށުން ރަނގަޅު ކޮށްފި އެވެ.

ވޮލީބޯޅަ ސީޒަންގެ ފުރަތަމަ މުބާރާތް ކަމަށްވާ ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ ކޮލިފައިން ބުރުގައި ވާދަކުރަނީ ހަތަރު ޓީމެވެ. އެއީ ކުލަބު ވެމްކޯ އާއި އޮއްފު އެފްސީގެ އިތުރުން އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް (އާއި ސްޕޯޓްސް) އަދި އައްޑޫ ސްޕޯޓްސް ކުލަބެވެ.

ކޮލިފައިން ބުރުގެ ފުރަތަމަ މެޗުގައި އޮފް އެފްސީ ނުކުތީ އާއި ސްޕޯޓްސްއާ ދެކޮޅަށެވެ. މި މެޗު ސީދާ ތިން ސެޓުން އޮފް އެފްސީ ކާމިޔާބުކުރީ ފަސޭހަކަމާ އެކު ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް އެ ޓީމުން ގެންދިޔައީ 12-25، 17-25 އަދި 12-25 ންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އޮއްފު އެފްސީގެ ހުސެއިން ސައީދު (ސެންޑީ) އެވެ.

ދެ ވަނަ މެޗުގައި އައްޑޫ ސްޕޯޓްސް ކުލަބު ނުކުތީ މި ސީޒަނަށް ރަނގަޅަށް ތައްޔާރުވެފައި އޮތް ކުލަބް ވެމްކޯއާ ދެކޮޅަށެވެ. އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އަޝްފާގު އާދަމް (އައްކަޅޭ) އެޓޭކުގައި ލީޑު ކުރި ކުލަބް ވެމްކޯ މެޗު ކާމިޔާބު ސީދާ ތިން ސެޓުންނެވެ. ފުރަތަމަ ސެޓު ފަސޭހަކަމާ އެކު 25-12 އިން ވެމްކޯ އިން ކާމިޔާބުކުރި އެވެ. ދެ ވަނަ ސެޓުގެ ފަށައިގެން ވާދަވެރިކޮށް ދިޔައިރު، ސެޓުގެ މެދުތެރެއިން އައްޑޫ އިން ދެ ޕޮއިންޓްގެ ލީޑެއްވެސް ނެގި އެވެ. ނަމަވެސް ކުޑަކާއްޓޭގެ ބާރު ހަމަލާތަކާ އެކު މި ސެޓު 25-18 އިން އެޓީމުން ހޯދި އެވެ.

ކުރީގެ އެއް ވަނަ ވޮލީބޯޅަ ކުޅުންތެރިޔާ އިބްރާހިމް ނިޒާރު (ބޮޑޭ)ގެ ކޯޗުކަމުގެ ދަށުން ކުޅުނު ވެމްކޯ އިން މެޗުގެ ފަހު ސެޓު ކާމިޔާބުކުރީ 17-25 ންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެމްކޯގެ ކުޑަކާއްޓޭ އެވެ.

އެސޯސިއޭޝަން ކަޕްގެ ޕްރިލިމިނަރީ ބުރުގެ ކުރިއަށްދާނީ ލީގު އުސޫލުންނެވެ. ލީގު ބުރުގެ މެޗުތައް ނިމޭއިރު ކުރި ހޯދާ ދެ ޓީމް އެސޯސިއޭޝަން ކަޕުގެ ފައިނަލް ބުރަށް ކޮލިފައިވާނެ އެވެ. އަދި މި އަހަރުގެ ގައުމީ ލީގުން ވެސް މި ދެ ޓީމަށް ޖާގަ ލިބޭނެ އެވެ.

އެސޯސިއޭޝަން ކަޕްގެ ލީގު ބުރުގެ މެޗުތައް މިރޭވެސް ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި އާއި ސްޕޯޓްސް ނުކުންނާނީ އައްޑޫ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. މިރޭ ކުޅޭ ދެ ވަނަ މެޗުގައި ކުލަބް ވެމްކޯ ނުކުންނާނީ އޮއްފު އެފްސީ އާ ދެކޮޅަށެވެ. މި ދެ ޓީމް ވެސް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފައި ވާތީ، މިރޭގެ މެޗުން މޮޅުވާ ޓީމަކަށް އެސޯސިއޭޝަން ކަޕުން ޖާގަ ކަށަވަރު ވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox