އަބްރަހަމް، އިޓަލީ ލީގުގައި 60 އަހަރުވީ ރެކޯޑެއް މުގުރާލައިފި

May 21, 2022, 2:46 AM
ލަނޑު ޖެހުމަށް ފަހު އަބްރަަހަމް އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު އަބްރަަހަމް އުފާފާޅުކުރަނީ.

ޓިއުރިން (މެއި 21) - އިޓާލިއަން ލީގުގައި ރޭ ޓޮރީނޯ ދަނޑުގައި 3-0 އިން ރޯމާ މޮޅުވި މެޗުގައި އެ ޓީމުގެ އިނގިރޭސި ފޯވާޑް ޓަމީ އަބްރަހަމް ދެ ގޯލު ޖަހައި، 60 އަހަރުވީ ރެކޯޑެއް މުގުރާލައިފި އެވެ.

މި ސީޒަނުގައި ޗެލްސީ ދޫކޮށް ރޯމާ އަށް ބަދަލުވި އަބްރަހަމް އަކީ އިޓާލިއަން ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖެހި އިނގިރޭސި ކުޅުންތެރިޔާ އެވެ. ރޭގެ މެޗުގައި ޖެހި ދެ ގޯލާ އެކު އަބްރަހަމް މި ފަހަރު ލީގުގައި ޖެހި ޖުމްލަ ގޯލުގެ އަދަދަކީ 17 އެވެ. ކުރިން އިޓާލިއަން ލީގުގައި އިނގިރޭސި ކުޅުންތެރިއަކު އެންމެ ގިނަ ގޯލު ޖެހީ 1961-1962 ވަނަ ސީޒަނުގަ އެވެ. އެ ފަހަރު އިޓާލިއަން ލީގުގައި 16 ގޯލު ޖަހައިގެން، މި ސީޒަނާ ހަމަ އަށް ރެކޯޑް ހަދާފައި އޮތީ، އޭރު އިންޓަ މިލާނަށް ކުޅުނު ގެރީ ހިޗެންސް އެވެ.

ސާޅީސް މިލިއަން ޑޮލަރުގެ ފީ އަކަށް ރޯމާއާ ގުޅުނު އަބްރަހަމް ވަނީ މުޅި ސީޒަން އެއްކޮށް ބަލާނަމަ ރޯމާ އަށް 51 މެޗުން 26 ގޯލު ޖަހައިދީފަ އެވެ.

ޓޮރިނޯ ދަނޑުގައި ރޭ ރޯމާ އިން ލީޑުނެގީ 33 ވަނަ މިނިޓްގައި އަބްރަހަމް ޖެހި ގޯލުންނެވެ. މިއީ ލޮރެންޒޯ ޕެލެގްރީނީ އޭރިއާތެރެއިން ހުސްކޮށްލާފައި އަބްރަހަމް އަށް ދިން ބޯޅައަކުން، ޓޮރީނޯ ޑިފެންޑަރެއް ކައިރިން ނައްޓާފައި އަބްރަހަމް ޖެހި ގޯލެކެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އަބްރަހަމް ވަނީ ރޯމާގެ ލީޑުފުޅާކޮށްދީފަ އެވެ. މިއީ ޕެނަލްޓީ އަކުން އަބްރަަހަމް ޖެހި ގޯލެކެވެ. މި ޕެނަލްޓީ ދިނީ އަބްރަހަމް އަށް ޓޮރިނޯގެ ކީޕަރު އެޓްރިޓް ބެރީޝާ ކުރި ފައުލަކަށެވެ.

ދެ ވަނަ ހާފުގައި ޓޮރިނޯގެ ޓޮމާސޯ ޕޮބޭގާ ގޯލެއް ޖަހަން ފޮނުވާލި ބޯޅަ ރޯމާގެ ކީޕަރު ރުއީ ޕެޓްރީޝިއޯ ވަނީ މަތަކޮށްފަ އެވެ. ރޯމާގެ ތިން ވަނަ ގޯލު ޖަހަން ޖޯޑަން ވެރެޓޫޓް ޖެހި ޝޮޓް ކީޕަރު ބެރީޝާ ވަނީ ހުއްޓުވައިފަ އެވެ.

ރޯމާ އިން ތިން ވަނަ ގޯލު ޖެހީ ވެސް ޕެނަލްޓީ އަކުންނެވެ. މެޗުގެ 78 ވަނަ މިިނިޓްގައި ނިކޯލަ ޒަނިއޯލޯ އަށް ކުރި ފައުލަަކަށް ދިން ޕެނަލްޓީ ޕެލެގްރީނީ ވަނީ ކާމިޔާބުކޮށްފަ އެވެ.

ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި ކުޅޭ ރޯމާ އިން ލީގު ނިންމާލީ ހަ ވަނައިގަ އޮވެ އެވެ. އެއީ 38 މެޗުން 63 ޕޮއިންޓާ އެކު އެވެ. ރޯމާ އަށް އަދި މި ސީޒަނުގައި ބާކީ އެއް މެޗު އެބައޮތެވެ. ބުދަ ދުވަހުގެރޭ ޔުއެފާ ކޮންފަރެންސް ލީގުގެ ފައިނަލުގައި ރޯމާ އިން ނުކުންނާނީ ނެދަލެންޑްސްގެ ފެޔަނޫޑާ ދެކޮޅަށެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox