އެލޮން މަސްކްއަށް ކުރާ ޖިންސީ ފުރައްސާރައިގެ ތުހުމަތު ދޮގުކޮށްފި

ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އެލޮން މަސްކް. -- ފޮޓޯ: އޭއެފްޕީ

ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އެލޮން މަސްކް. -- ފޮޓޯ: އޭއެފްޕީ

ލޮސް އެންޖެލިސް، އެމެރިކާ (މޭ 20) - މީގެ ހަ އަހަރު ކުރިން ފްލައިޓް އެޓެންޑެންޓަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ކުރާ ތުހުމަތު އެލޮން މަސްކް ދޮގުކޮށްފި އެވެ.

"އެއީ އެއްވެސް ހަގީގަތެއް ހުރި ވާހަކަތަކެއް ނޫން،" ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު ކުރި ޓްވީޓެއްގައި ބުންޏެވެ. އޭނާ މިހާރު މަސައްކަތް ކުރަނީ 44 ބިލިއަން ޑޮލަރަށް ޓްވިޓާ ގަތުމަށެވެ.

މަސްކްގެ ޖިންސީ ފުރައްސާރައިގެ ވާހަކަ ރިޕޯޓު ކުރީ މިދިޔަ ބުރާސްފަތި ދުވަހު އިންސައިޑާ ނޫހުންނެވެ. އެ ނޫހުން ބުނީ 2018 ވަނަ އަހަރު މައްސަލަ ބޮޑުވުމުން، މަސްކްގެ ސްޕޭސް އެކްސް ކުންފުނިން އަންހެން މީހާއަށް 250،000 އެމެރިކާ ޑޮލަރު ދެއްކި ކަމަށެވެ.

އެ ނޫހުން ބުނީ މަސްކް ފްލައިޓް އެޓެންޑެންޓަށް ފުރައްސާރަ ކުރީ ޕްރައިވެޓް ޖެޓެއްގައި ލަންޑަނަށް ކުރި ދަތުރެއްގައި ކަމަށެވެ. އެ ދަތުރު މަތީގައި މަސާޖެއް ނަގަން ނިންމައި، އަންހެން މީހާގެ ހުއްދަ ނެތި ގައިގައި އަތްލައި، ޖިންސީ ގުނަވަން ދައްކައި ހެދި ކަމަށް އެ ނޫހުން ބުންޏެވެ.

އިންސައިޑާ ނޫހުން އެ ހަބަރު ރިޕޯޓު ކުރީ ފްލައިޓް އެޓެންޑެންޓްގެ ގާތް އެކުވެރިޔަކާ ހަވާލަދީ އެވެ.

"އަޅުގަނޑާ ދެކޮޅަށް ދިން މި ހަމަލާއަށް ނަޒަރު ހިންގަން ޖެހޭނީ ސިޔާސީ ލެންސަކުން. މިއީ އެ މީހުން އާއްމުކޮށް ވެސް އަމަލު ކުރާ ގޮތް،" މަސްކް ކުރި ޓްވީޓުގައި ބުންޏެވެ.

މަސްކުގެ ޓްވީޓުގައި "އެ މީހުން" ގެ ގޮތުގައި ނިސްބަތް ކުރީ ކޮން ބަޔަކަށް ކަމެއް ހާމައެއް ނުކުރެ އެވެ. ނަމަވެސް އެ ހަބަރު ރިޕޯޓު ކުރުމުގެ ކުރިން މަސްކް ބުނެފައި ވަނީ އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީއަށް ތާއީދު ކުރުން ހުއްޓާލަން ނިންމައި، ރިޕަބްލިކަން ޕާޓީއަށް ބަދަލު ވާން ނިންމާފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox