ސާފް 20 އަހަރުން ދަށުގެ މުބާރާތް ޖުލައި މަހު

އީގަލްސްގެ ޒައިން ޒަފަރު: ގައުމީ ސީނިއާ ޓީމުގެ ޕްރެކްޓިހުގައި ބައިވެރިވަމުން އަންނަ ޒައިން އަށް 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅެވޭނެ.-- ފޮޓޯ: އެފްއޭއެމް

އީގަލްސްގެ ޒައިން ޒަފަރު: ގައުމީ ސީނިއާ ޓީމުގެ ޕްރެކްޓިހުގައި ބައިވެރިވަމުން އަންނަ ޒައިން އަށް 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅެވޭނެ.-- ފޮޓޯ: އެފްއޭއެމް

ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ބާއްވާ 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް އަންނަ ޖުލައި މަހު އިންޑިއާގައި ބާއްވަން ތައްޔާރުވެއްޖެ އެވެ.

އެހެން ފަހަރުތަކުުގައި 19 އަހަރާއި 18 އަހަރުން ދަށަށް ބާއްވަމުން އައި ސާފް ޔޫތު މުބާރާތް މި ފަހަރު އިންޑިއާގެ ބުބަނޭޝްވަރުގައި ކުރިއަށްދާނީ އަންނަ ޖުލައި މަހުގެ 25 އިން އޮގަސްޓް ފަސް ވަނަ ދުވަހުގެ ނިޔަލަށެވެ. މި ފަހަރުގެ މުބާރާތުގައި ރާއްޖެ އާއި އިންޑިއާގެ އިތުރުން ދެން ބައިވެރިވީ ނޭޕާލް، ބަންގްލަދޭޝް އަދި ސްރީ ލަންކާ އެވެ. ޕާކިސްތާން، ފީފާގެ ސަސްޕެންޝަނެއްގައި އޮތްއިރު، ބޫޓާން ފުޓްބޯޅަ އޮތީ ހުއްޓުމެއްގަ އެވެ.

ސާފް، 20 އަހަރުން ދަށުގެ މުބާރާތަށް ތައްޔާރުވުމަށާއި ޔޫތު ފުޓްބޯޅަ ވަރުގަދަ ކުރުމަށް މި އަހަރު ތެރޭ އެފްއޭއެމުން ވަނީ 19 އަހަރުން ދަށުގެ ޔޫތު ފުޓްބޯޅަ މުބާރާތެއް ބާއްވައިފަ އެވެ. އެ މުބާރާތުން ފާހަގަކުރެވުނު ކުޅުންތެރިންނާ އެކު 20 އަހަރުން ދަށުގެ ޓީމެއްގެ ޕްރިމިލިނަރީ ސްކޮޑެއް އެކުލަވާލައި، ޓީމުގެ ޕްރެކްޓިސްތައް ކުރިއަށްގެންދަނީ ކޯޗު، އަހުމަދު ޝާކިރު (ޝާކިއްޓެ)ގެ އިރުޝާދުގެ ދަށުންނެވެ.

ކުރިން ގައުމީ ސީނިއާ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރި ޝާކިއްޓެ، ވަނީ މީގެ ކުރިން 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ކޯޗުކޮށްދީފަ އެވެ. ރާއްޖޭގައި ބާއްވާ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ އެންމެ ކާމިޔާބު ކޯޗަކީ ވެސް ޝާކިއްޓެ އެވެ. ޝާކިއްޓެގެ ބެލުމުގެ ދަށުން ޓީމު ފަރިތަކުރަމުން އަންނައިރު، 20 އަހަރުން ދަށުގެ ޓީމުގައި ހިމެނޭ ބައެއް ކުޅުންތެރިން އަންނަނީ ސީނިއާ ގައުމީ ޓީމުގެ ޕްރެކްޓިހުގައި ވެސް ބައިވެރިވަމުންނެވެ.

މި ފަހަރުގެ ސާފް މުބާރާތުގެ ފޯމެޓް އޮތީ ފަސް ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށް ދާ ގޮތަށެވެ. އެ ގޮތުން ރާއްޖެ ފުރަތަމަ މެޗުގައި ޖުލައި 25 ވަނަ ދުވަހު ކުޅޭނީ ނޭޕާލްއާ އެވެ. އޭގެ ހަަތަރު ދުވަސް ފަހުން، ޖުލައި 29 ވަނަ ދުވަހު ބަންގްލަދޭޝްއާ ކުޅޭނެ އެވެ. ދެ ދުވަހުގެ ބްރޭކަކަށް ފަހު، ޖުލައި 31 ގައި ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. އަދި ލީގު ބުރުގެ ފަހު މެޗުގައި އޮގަސްޓް ދެ ވަނަ ދުވަހު އިންޑިއާއާ ކުޅޭނެ އެވެ.

ނަވާރަ އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕެއް އެންމެ ފަހުން ބޭއްވީ 2019 ވަނަ އަހަރު ނޭޕާލްގެ ކަތުމަންޑޫގަ އެވެ. އެ ފަހަރު ރާއްޖޭން ވަނީ ބޫޓާން ބަލިކޮށް މުބާރާތުގެ ތިން ވަނަ ހޯދައިފަ އެެެވެ. މިއީ ސާފްގެ ޔޫތު މުބާރާތެއްގައި ޖޫނިއާ ޓީމެއްގެ އެންމެ ރަނގަޅު ނަތީޖާ އެވެ. އެ ފަހަރު ޓީމުގެ ކޯޗަކަށް ހުރީ މުހައްމަދު ޝާޒްލީ (ޝާޒް) އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox