"މުލީކޮޅު ރާޅުގަނޑު"ގެ ޗެމްޕިއަންކަން އައްމަޑޭ ހޯދައިފި

May 19, 2022, 8:11 AM
ދިވެހި ސާފިން ލީގުގެ ދެ ވަނަ މުބާރާތުގެ، ޗެމްޕިއަންކަން އަންމަޑޭ.-- ފޮޓޯ: މޯލްޑިވްސް ސާފިން ފޮޓޯގްރަފީ

ދިވެހި ސާފިން ލީގުގެ ދެ ވަނަ މުބާރާތުގެ، ޗެމްޕިއަންކަން އަންމަޑޭ.-- ފޮޓޯ: މޯލްޑިވްސް ސާފިން ފޮޓޯގްރަފީ

ދިވެހި ސާފިން ލީގުގެ ދެ ވަނަ މުބާރާތް ކަމަށްވާ، "މުލީކޮޅު ރާޅުގަނޑު"ގެ، ޗެމްޕިއަންކަން އަހްމަދު އާގިލް (އަންމަޑޭ) ހޯދައިފި އެވެ.

"މުލީކޮޅު ރާޅުގަނޑު" ނަމުގައި ބާއްވާމުން އަންނަ މުބާރާތަކީ އެމްޓީސީސީ ސާފް ލީގުގެ ދެ ވަނަ މުބާރާތެވެ. މ. މުލީގައި ކުރިއަށްދިޔަ މި މުބާރާތުގެ ފިރިހެން އޯޕަން ބައިގައި 32 ރާޅާ އެޅުންތެރިން ވާދަކުރާއިރު، ޖޫނިއާ ބައިގައި 16 ރާޅާ އެޅުންތެރިން ވާދަކުރި އެވެ.

މ. މުލީގައި އިއްޔެ ނިމުނު މުބާރާތުގެ ފިރިހެން އޯޕަން ކެޓަގަރީގެ ޗެމްޕިއަންކަން އައްމަޑޭ ހޯދީ ފައިނަލުގައި ގދ.ގައްދޫގެ ނަޖާހު މުހައްމަދު (ކަބޯ) ބަލިކޮށްގެންނެވެ. މުބާރާތުގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން ހޯދީ މ.މުލީގެ ޝާނިފް ޝަފީގު އެވެ.

ރާޅާ އެޅުމުގެ ގައުމީ ފެންވަރުގެ ފުރަތަމަ ބޮޑު ކާމިޔާބީ ހޯދި ކ.ތުލުސްދޫގެ އައްމަޑޭ ފައިނަލުގައި ވަނީ 13.67ގެ ސްކޯއެއް ހޯދައިފަ އެވެ. ފައިނަލުން ބަލިވި ކަބޯ އަށް ލިބުނީ 9.24 ގެ ސްކޯ އެކެވެ.

ނަޖާހު ވަނީ ގައުމީ ސާފް ލީގުގެ ފުރަތަމަ މުބާރާތް ކަމަށްވާ ގދ.ގައްދޫގައ ކުރިއަށްދިޔަ "ކަޅެގަލެކޮޑާ"ގެ ފައިނަލުގައި ވެސް ވާދަކޮށްފަ އެވެ. އެ ފަހަރު ކަބޯ ފައިނަލުން ބަލިވީ ގައުމީ ޓީމުގެ އިސްމާއިލް ރަޝީދު (ސްމައިލީ) އަތުންނެވެ.

ޖޫނިއާ ބައިގެ ޗެމްޕިއަންކަން މުލީގެ އުންމީދީ ސާފަރު ޝާނިފް ހޯދީ މުލަކުގެ ޖުމާން މުހައްމަދު ބަލިކޮށްގެންނެވެ. ފައިނަލްގެ ހީޓްގައި ޝާނިފް ވަނީ 14.43 ޕޮއިންޓްގެ ސްކޯ އެއް ހޯދައިފަ އެވެ. ޖުމާނަށް ހޯދުނީ 11.54 ގެ ސްކޯ އެކެވެ. މި ހީޓުގެ ފަހުކޮޅަށް ދިޔައިރު ޖުމާން އޮތީ ކުރީގަ އެވެ. ޝާނިފް މޮޅުވީ އޭނާގެ ހަތް ވަނަ ރާޅުގައި ހޯދި 7.50 ގެ ސްކޯއެއް ހޯދައިގެންނެވެ.

އެއްވެސް ސާފަރަކު ބައިވެރި ނުވާތީ "މުލީކޮޅު ރާޅުގަނޑު"ގައި މި ފަހަރު އަންހެން އޯޕަން ބައެއް ކުރިއަށް ނުގެންދެ އެވެ.

ގައުމީ ސާފް ލީގުގެ ދެ ވަނަ މުބާރާތާ އެކު ގައުމީ ރޭންކިން އަށް ވަނީ ބަދަލުތަކެއް އައިސްފަ އެވެ. މި ގޮތުން ގައުމީ ޗެމްޕިއަން ހޫދު އަހުމަދު ވަނީ މިހާރު ރޭންކިންގެ ފަސް ވަނަ އަށް ވެއްޓިފަ އެވެ. ކުރިން އެއް ވަނައިގައި އޮތް ސްމައިލީ މިހާރު އުޅެނީ ހަތަރު ވަނައިގަ އެވެ. އެއް ވަނައިގައި އޮތީ ނަޖާހު މުހައްމަދު (ކަބޯ) އެވެ. ދެ ވަނައިގައި އައްމަޑޭ އޮތްއިރު، ފަސް ވަނައިގައި އޮތީ ޖައިލަމް ނިޒާރު އެވެ.

ގައުމީ ސާފް ލީގުގެ ތިންވަނަ މުބާރާތް ރ.ކިނޮޅަހުގައި އޮންނާނީ ޖުލައި މަހުގެ 5-9 އަށެވެ. ހަތަރު ވަނަ މުބާރާތް ހިންމަފުށީގައި އޮންނާނީ އޮކްޓޯބަރު 4-8 އަށެވެ. އަދި ފަހު މުބާރާތް ކަމަށްވާ "ރަންނަމާރި ޗެލެންޖް" މާލޭގައި އޮންނާނީ ނޮވެމްބަރު މަހުގެ 18-25 އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox