އިންޑިއާ ކަނޑުގައި ކަޅުބިލަމަސް ބާނާ މިންވަރު ހިފަހައްޓަން ރާއްޖޭން ގޮވާލައިފި

ކަޅުބިލަމަސް ބާނާ މިންވަރު ހިފެހެއްޓުމަށް ރާއްޖެއިން ވަނީ ގޮވާލާފައި-- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކަޅުބިލަމަސް ބާނާ މިންވަރު ހިފެހެއްޓުމަށް ރާއްޖެއިން ވަނީ ގޮވާލާފައި-- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ)އިން ސައިންޓިފިކް ކޮމިޓީން ހުށަހަޅާފައިވާ ކެޗް ލިމިޓާ އެއް ހަމައެއްގައި ކަޅުބިލަމަސް ބާނާ މިންވަރު ހިފެހެއްޓުމަށް އެ ކޮމިޝަންގެ 26 ވަނަ ބައްދަލުވުމުގައި ރާއްޖޭން އިއްޔެ ގޮވާލައިފި އެވެ.

މި މަހުގެ 16 އިން ފެށިގެން ކުރިއަށްދާ މި ބައްދަލުވުމުގައި ރާއްޖޭން ވަނީ ތިން ހުށަހެޅުމެއް ހުށަހަޅާފަ އެވެ. މިގޮތުން ކަޅުބިލަމަސް ބާނާ މިންވަރު ހިފެހެއްޓުމަށް ހުށަހެޅުމުގެ އިތުރުން އިންޑިއާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލީގެ އާބާދީ އާލާވުމަށް ފުރުސަތު ދިނުމުގެ ގޮތުން، މިހާރު އަޅައިފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުމަހުގެ އާބާދީއަށް ކުރާ ނޭދެވޭ އަސަރުތައް ދެނެގަތުމުގެގޮތުން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ރާއްޖޭން ވަނީ ގޮވާލާފަ އެވެ.

ރީނދޫ އުރަހަ ކަންނެލީގެ އާބާދީ އިތުރު ކުރުން

އިންޑިއާ ކަނޑުގައި ކުރެވޭ ރީނދޫއުރަހަ ކަންނެލީގެ މަސްވެރިކަން ކުރެވެމުންދަނީ އާބާދީއަށް ގެއްލުންވާނޭ މިންވަރަކަށް ކަމަށާއި، އިތުރު ފިޔަވަޅެއް ނާޅައިފިނަމަ މުސްތަގުބަލަށް ދެމެހެއްޓޭނެ މިންވަރަށްވުރެ އާބާދީ ދަށްވެފައިވާ ކަމަށް އައިއޯޓީސީގެ ސައިންޓިފިކް ކޮމިޓީއިން ވަނީ ލަފާ ދީފަ އެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ މި ދަނޑިވަޅުގައި މެންބަރު ގައުމުތަކުން ގުޅިގެން ވީހާ ވެސް އަވަސް ފުރުސަތެއްގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މި ބައްދަލުވުމުގައި ރާއްޖޭން ގޮވާލާފައިވާ ކަމަށެވެ.

"އައިއޯޓީސީގެ ސައިންޓިފިކް ކޮމިޓީގެ ލަފަޔާ އެއް ގޮތަށް، 2020 ވަނަ އަހަރު މެންބަރު ގައުމުތަކުން ރީނދޫއުރަހަ ކަންނެލި ބާނާފައިވާ މިންވަރަށް ވުރެ ކުރިއަށް އޮތް އަހަރުތަކުގައި ބާނާ ކަންނެލީގެ މިންވަރު 22 ޕަސަންޓަށް މަދުކުރުމަށް [ރާއްޖެއިން ގޮވާލާފައިވޭ]،" މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ހަމައެހެންމެ އޮޔާދާ ކަނދުފަތި ބޭނުންކޮށްގެން ކުރާ މަސްވެރިކަމުން ރީނދޫއުރަހަ ކަންނެލީގެ އާބާދީއަށް ކުރާ ނޭދެވޭ އަސަރުތަކަށް އަލި އަޅުވައިލައި، މި ބާވަތުގެ މަސްވެރިކަން ކުރުން ވަކި މުއްދަތަކަށް މަނާކޮށް، މި މަސްވެރިކަމުގައި ބޭނޭ ކުދި ރީނދޫއުރަހަ ކަންނެލީގެ މިންވަރު މަދުކުރުމަށް ވެސް ރާއްޖޭގެ ހުށަހެޅުމުގައި ހިމަނައިފައިވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ކަޅުބިލަމަސް ބާނާ މިންވަރު ކޮންޓްރޯލް ކުރުން

އައިއޯޓީސީގެ ސައިންޓިފިކް ކޮމިޓީން ހުށަހަޅާފައިވާ ކެޗް ލިމިޓާ އެއް ހަމައެއްގައި ކަޅުބިލަމަސް ބާނާ މިންވަރު ހިފެހެއްޓުމަށް ގޮވާލައި އެކިއެކި މެންބަރު ގައުމުތަކުން މަސް ބާނާ މިންވަރަށް ގެންނަންޖެހޭ ބަދަލުތައް ވެސް ބަޔާންކޮށްފައިވާނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

"މި ބަދަލުތައް ކަނޑައެޅުމުގައި ގައުމުތަކުން މީގެ ކުރިން ކަޅުބިލަމަސް ބާނާފައިވާ މިންވަރަށާއި، ގައުމުތައް ތަރައްގީވެފައިވާ މިންވަރަށާއި، މިނޫންވެސް އެހެނިހެން ކަންކަމަށް ރިއާޔަތްކޮށްފައިވޭ،" ބަޔާނުގައި ބުންޏެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުމަހުގެ އާބާދީއަށް ކުރާ ނޭދެވޭ އަސަރުތައް ދެނެގަތުން

މި މަސައްކަތް އިތުރަށް ހަރުދަނާކޮށް، މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރުމަށް ރާއްޖޭން ގޮވާލާފައިވެ އެވެ.

މެންބަރު ގައުމުތަކުގެ މެދުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރާ ދިރާސާތައް ކުރުމުގެ އަހުލިއްޔަތު އިތުރުކޮށް، ހާއްސަ ގޮތެއްގައި އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކާއި، ތަރައްގީވަމުން އަންނަ ގައުމުތަކާއި، ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގައި މިފަދަ ދިރާސާތައް ކުރުމަށް ކުރެވޭ މަސައްކަތް ކުރި އެރުވުމަށް ރާއްޖޭން ބާރު އަޅާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox