ހުލާސާކޮށް މަޖިލިސް: ޕެންޝަނާ ގުޅޭ މައްސަލަ ބަލައިނުގަތުން

މަޖިލީހުގެ މިއަދުގެ ޖަލްސާ: މިއަދު ވެސް ބާއްވާފައިވަނީ ކުރު ޖަލްސާއެއް-- ފޮޓޯ: މަޖިލިސް

މަޖިލީހުގެ މިއަދުގެ ޖަލްސާ: މިއަދު ވެސް ބާއްވާފައިވަނީ ކުރު ޖަލްސާއެއް-- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެ ވަނަ ދައުރު މިހަފްތާގައި ފެށިފަހުން މިދިޔަ ދެދުވަހު ބޭއްވި ދެ ޖަލްސާ ފަދައިން މިއަދު ވެސް މަޖިލީހުން ބޭއްވީ ވަރަށް ކުރު ޖަލްސާއެކެވެ. މާ ގިނަ މަސައްކަތްތަކެއް ނެތި މިއަދުގެ ޖަލްސާ ވެސް ގަޑިއެއްހާ އިރުގެ ތެރޭގައި ނިންމައިލި އެވެ.

މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި އޮތީ ދެ ބިލެއްގެ ފުރަތަމަ ކިޔުން އިއްވުމާއި މިނިސްޓާ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ ޑރ.ހުސައިން ރަޝީދު ހަސަންއާ ސުވާލުކުރުން އަދި ޕެންޝަން ފުރިހަމައަށް ދޭން ގޮވާލައި ތިމަރަފުށީ ދާއިރާގެ މެންބަރު ހުށަހެޅުއްވި މައްސަލަ އެކެވެ.

ސަރުކާރުގެ ފަރާތުން، ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު ހުށަހެޅުއްވި، ކުނި މެނޭޖުކުރުމުގެ ބިލާއި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހުށަހަޅުއްވި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން މިއަދު އިއްވި އެވެ.

މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެމްބަރުން ސުވާލުކުރެއްވީ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިކން ރަޝީދު ހަސަނާ އެވެ. އއ. ރަސްދޫގައި ގާއިމްކުރާ އައިސްޕްލާންޓާ ގުޅޭ ގޮތުން ފިޝަރީޒް މިނިސްޓަރާ ސުވާލު ކުރެއްވީ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާނެވެ. ޝިޔާންގެ ސުވާލަށް ޖަވާބު ދެއްވަމުން ހުސައިން ވިދާޅުވީ އެ މަސައްކަތް ނިމި ހިދުމަތް ދެވެން ފެށޭނީ އަންނަ އަހަރު ކަމަށް ލަފާ ކުރާ ކަމަށެވެ.

އިތުރު ސުވާލަށް ހުޅުވާލި ފުރުސަތުގައި ނުވަ މެންބަރަކު ސުވާލުކުރެއްވި އިރު، "ގޭދޮށު މަސްފެކްޓަރީ" ނާޅާތީ ކިޔަމުން އަންނަ ފާޑުކިޔުންތަކަށް މިނިސްޓަރު ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވީ ސަރުކާރުން ތަންފީޒު ކުރަމުން އަންނަނީ ވަކި ޕާޓީއެއްގެ ސިޔާސަތުތައް ނޫން ކަމަށާއި ތަންފީޒު ކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުއްދަ ދެއްވާ މި ސަރުކާރުގެ ސިޔާސަތުތައް ކަމަށެވެ.

ޕެންޝަން ފުރިހަމައަށް ދިނުމަށް ގޮވާލައި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު މިއަދުގެ ޖަލްސާއަށް މައްސަަލައެއް ހުށަހެޅުއްވި ނަމަވެސް މެމްބަރުން ފާސްކުރީ އެ މައްސަލަ ބަލައިނުގަތުމަށެވެ.

މިއަދުގެ ހާޒިރީ

  • ހާޒިރުވެވަޑައިގެންނެވީ: 28 މެމްބަރުން
  • ސަލާމުގައި: 04 މެމްބަރުން

ތަޅުމުގައި ކުރިއަށް ގެންދިޔަ ޖަލްސާ ކުރު ނަމަވެސް، ކޮމިޓީތަކުން ވަނީ މިއަދު މުހިންމު މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން ހައިކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ އަބްދުالله ހަމީދާއި އަބްދުއްރައޫފް އިބްރާހިމްގެ މައްސަލަ ޖޭއެސްސީން ނިންމީ އިޖުރާއަތާ ހިލާފަށް ކަމަށް ބުނެ، މައްސަލަ އަނބުރާ ފޮނުވާލުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ނިންމާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރު ބަޔަކު ދިން ބޮމުގެ ހަމަލާއާ ގުޅުވައި މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އަށް ތުހުމަތުތަކެއް ކުރައްވައި ފޮނުއްވި މެސެޖްތައް ތަހުގީގަށް ދޭން އާއްމު ކޮމިޓީން ފާސްކުރުމަކީ ވެސް ކޮމިޓީ މަސައްކަތްތަކުގެ ތެރެއިން މިއަދު ނިންމި ފާހަގަކުރެވޭ ނިންމުމެކެވެ.

މިއަދުގެ ފޮޓޯ

އދގެ ސްޕެޝަލް ރެޕަޓުއަރ އޮން ޕްރޮމޯޝަން އެންޑް ޕްރޮޓެކްޝަން އޮފް ހިއުމަން ރައިޓްސް އެންޑް ފަންޑަމެންޓަލް ފްރީޑަމްސް، މިސް ފިއޮނުއަލާ ނި އޯލައިން،ރައީސް ނަޝީދާ ބައްދަލުކުރެއްވުން--ފޮޓޯ: މަޖިލިސް
އދގެ ސްޕެޝަލް ރެޕަޓުއަރ އޮން ޕްރޮމޯޝަން އެންޑް ޕްރޮޓެކްޝަން އޮފް ހިއުމަން ރައިޓްސް އެންޑް ފަންޑަމެންޓަލް ފްރީޑަމްސް، މިސް ފިއޮނުއަލާ ނި އޯލައިން،ރައީސް ނަޝީދާ ބައްދަލުކުރެއްވުން--ފޮޓޯ: މަޖިލިސް

އދގެ ސްޕެޝަލް ރެޕަޓުއަރ އޮން ޕްރޮމޯޝަން އެންޑް ޕްރޮޓެކްޝަން އޮފް ހިއުމަން ރައިޓްސް އެންޑް ފަންޑަމެންޓަލް ފްރީޑަމްސް، މިސް ފިއޮނުއަލާ ނި އޯލައިން،ރައީސް ނަޝީދާ ބައްދަލުކުރެއްވުން--ފޮޓޯ: މަޖިލިސް

މިއަދުގެ ކުއޯޓޭޝަން

ދިވެހި ސަރުކާރުން ތަންފީޒު ކުރާ ކޮންމެ ކަމެއް ކުރަނީ ދިވެހި ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް، އެއީ ވަކި ޕާޓީއެއްގެ ސިޔާސަތު ކަމަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ، އެއީ އެމްޑީީޕީ ވެސް ހިމެނޭ ގޮތަށް އުފެދިފައި އޮތް ކޯލިޝަން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރަމުން މިދަނީ,- ފިޝަރީޒް މިނިސްޓަރު ޑޜ. ހުސައިން

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox