ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހަށް ހުށަހެޅީ އިޖުރާއަތްތަކާ އެއްގޮތަށް: ޖޭއެސްސީ

ޖޭއެސްސީން ވަކިކުރަން ނިންމި ހައި ކޯޓުގެ ދެ ފަނޑިޔާރުން: އަބްދުالله ހަމީދު (ވ) އަދި އަބްދުއްރައޫފް އިބްރާހިމް (ކ)

ޖޭއެސްސީން ވަކިކުރަން ނިންމި ހައި ކޯޓުގެ ދެ ފަނޑިޔާރުން: އަބްދުالله ހަމީދު (ވ) އަދި އަބްދުއްރައޫފް އިބްރާހިމް (ކ)

ހައިކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ އަބްދުالله ހަމީދާއި އަބްދުއްރައޫފް އިބްރާހިމްގެ މައްސަލަ ޖޭއެސްސީން ނިންމީ އިޖުރާއަތާ ހިލާފަށް ކަމަށް ބުނެ، މައްސަލަ އަނބުރާ ފޮނުވާލުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމުމުން އެކަން ބަލައި ނުގެން ޖޭއެސްސީން އެ ކޮމިޓީއަށް ރައްދު ދީފި އެވެ.

ޖޭއެސްސީން މިއަދު ނެރުނު ދިގު ބަޔާނެއްގައި ބުނީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު ޢަބްދުﷲ ހަމީދު، ކުރީގެ ސަރުކާރުން ސީދާ އެންގި އެންގުމުގެ މައްޗަށް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ނިންމުމެއް ނެތި، ގާނޫނުއަސާސީއާ ޚިލާފަށް ފްލެޓް ހޯދި މައްސަލަ ކުރިއަށް ގެންގޮސް ތަހްގީގުކޮށް ކޮމިޝަނުން ނިންމައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ އެންމެހައި އިޖުރާއަތުތައް ފުރިހަމަވާ ގޮތަށް ކަމަށެވެ.

ޖުޑިޝަރީ ކޮމިޓީން މިއަދު ނިންމި ނިންމުމާ ހަމައަށް އައުމަށް އެކޮމިޓީގެ މެމްބަރުން ދެއްކެެވި ބައެއް ވާހަކަތަކަށް ޖޭއެސްސީގެ ބަޔާނުގައި ވަކިވަކިން ރައްދުދީފައި ވެ އެވެ. ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ ޖޭޕީ މެމްބަރު އަލީ ހުސައިން ވިދާޅުވީ ދެ ފަނޑިޔާރުންގެ މައްޗަށް ހުށަހެޅުނު މައްސަލައިގެ ސީޣާއާ ނުގުޅޭ ކަންތައްތަކަށް ޖޭއެސްސީގެ ނިންމުމުގައި ރިއާޔަތްކޮށްފައިވާ ކަމަށެވެ. ޖޭއެސްސީގެ ބަޔާނުގައި އެ ވާހަކައަށް ރައްދު ދެމުން ބުނީ ދެ ފަނޑިޔާރުންނާ މެދު ބަލަން ނިންމި ސުލޫކީ މައްސަލައިގެ އިބާރާތުގައި އޮންނަނީ މައްސަލަ ރައްދުވާ ފަނޑިޔާރުން ގާނޫނުއަސާސީއާ ގާނޫނާ ހިލާފަށް އިނާޔަތެއް ލިބިގަނެ ބަލައިގެންފައިވާ ކަމަށެވެ.

"...މައްސަލައިގެ މައިގަނޑު ނިންމުމަކީ ވިހިހާސް ރުފިޔާގެ ޑައުން ޕޭމަންޓަކަށް ކުރީގެ ހައުސިންގ މިނިސްޓްރީ މެދުވެރިވެ މާލެއިން ފްލެޓް މި ދެ ފަނޑިޔާރުން ޤާނޫނުއަސާސީއާ ޚިލާފަށް ހޯދާފައިވާތީ، އެކަން އެ ގޮތުގެ މަތިން ހިނގާފައިވާކަން ސާބިތުވާ ކަމެވެ. މައްސަލައިގެ ސީޣާއިން ނުވަތަ މައުލޫއިން ބޭރުން އެއްވެސް ކަމެއް ތަހުގީގުކުރެވި ގޮތް ނިންމާފައި ނުވެއެވެ،" ޖޭއެސްސީގެ ބަޔާނުގައި ވެ އެވެ.

މައްސަލަ ޖޭއެސްސީއަށް އަނބުރައި ފޮނުވައިލަން ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހުށަހަޅުއްވަމުން އަލީ ހުސައިން ނެންގެވި އަނެއް ނުކުތާ އަކީ ދެ ފަނޑިޔާރުންނާ މެދު ކޮމިޝަނުން ނިންމި ނިންމުމަށް ޖަވާބުދާރީވާން ފުރުސަތު ދީފައި ނެތް ކަަމަށް ވިދާޅުވެ ނެންގެވި ނުކުތާއެކެވެ. އެ ވާހަކައަށް ރައްދު ދެމުން ޖޭއެސްސީގެ ބަޔާނުގައި ބުނީ ދެ ފަނޑިޔާރުންނާ މެދު ތަހުގީގުކުރި ސުލޫކީ މައްސަލައިގައި، މައްސަލައިގެ ތަހުގީގު ރިޕޯޓް ފަނޑިޔާރުންނާ ހިއްސާކޮށް އެ ރިޕޯޓަށް ލިޔުމުން ޖަވާބުދަރީވުމަށް ފުރުސަތު ދީފައިވައިވާ ކަމަށެވެ. އެ ފުރުސަތުގެ ބޭނުން ފަނޑިޔާރުން ހިއްޕަވައި ޖަވާބުދާރީވެވަޑައިގެންނެވި ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

"...އަދި ހަމައެހެންމެ، މައްސަލައާ މެދެ ގޮތެއް ނިންމުމުގެ ކުރިން ބާއްވަން ޖެހޭ ފަހުގެ އަޑުއެހުމަށް ހާޒިރުވެ ޖަވާބުދާރީވުމުގެ ފުރުސަތު ވެސް އެ ދެ ފަނޑިޔާރުންނަށް ދެވިފައިވެއެވެ،" ޖޭއެސްސީގެ ބަޔާނުގައި ވެ އެވެ.

އެހެން ނަމަވެސް މައްސަލަ ނިންމުމަށް ފަހު ފަައިނަލް ރިޕޯޓަށް ޖަވާބުދާރީވާން ފުރުސަތު ދިނުމަކީ ޖޭއެސްސީގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުން އެ ކޮމިޝަނަށް ލާޒިމުކުރާ ކަމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ. އެ އިސްލާހުގައިވާ އިޖުރާއަތްތަކާ އެއްގޮތަށް ފަނޑިޔާރުން ވަކިކުރަން މީގެ ކުރިން މަޖިލީހަށް ހުށަހެޅުމުން ކޮމިޓީން އެކަން ހަމަ އެގޮތަށް ނިންމައި މަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox