އައިއެސް މެންބަރެއް ކަމަށް ބުނާ ހޫދަށް ލިޔެކިއުންތައް ނުލިބޭތީ ޝަރީއަތް ކުރިއަކަށް ނުދިޔަ

އައިއެސް މެންބަރެއް ކަމަށް ބުނާ ހޫދަށް ލިޔެކިއުންތައް ނުލިބޭތީ ޝަރީއަތް ކުރިއަކަށް ނުދިޔަ

މި އަހަރުގެ ފެބްރުއަރީ މަހު، ޔޫރަޕުގެ ދެ ގައުމެއްގެ އިދާރާއަކާއި އެމެރިކާގެ އެފްބީއައިއާ ގުޅިގެން ދިވެހި ފުލުހުން ހައްޔަރުކުރި ވ. ދެލްވައްތަ، ހޫދު މުހައްމަދު ޒާހިރަށް ދައުވާއާ ގުޅުން ހުރި ލިޔެކިއުންތައް އަދި ނުލިބޭތީވެ މިއަދު ޝަރީއަތް އިތުރަށް ކުރިއަށް ނުގެންދަން ނިންމައިފި އެވެ.

ޓެރަރިޒަމް ހުއްޓުވުމުގެ ހާއްސަ ގާނޫނުގެ ދަށުން ފަސް ދައުވާއެއް އުފުލައި، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ހޫދު މިއަދު ޝަރީއަތަށް ހާޒިރުވީ ގާނޫނީ ވަކީލު އައިޝަތު ޝީނާ މުހައްމަދާ އެކުގަ އެވެ. ހޫދުގެ ވަކީލެއްގެ ގޮތުގައި ޝީނާ އައްޔަން ކުރީ މިއަަދެވެ.

ޝަރީއަތުގެ އަޑުއެހުމުގައި ޝީނާ ވިދާޅުވީ ހޫދަށް ކުރާ ދައުވާއާ ގުޅުން ހުރި އެއްވެސް ލިޔެކިއުމެއް އަދި ލިބިފައި ނުވާ ކަމަށެވެ. އަދި މިއަދު ހޫދުުގެ ވަކީލެއްގެ ގޮތުގައި ހަމަޖެހުމާއެކު ލިޔެކިއުންތައް ދިނުމަށް މިއަދު އެދުނިން ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހް ހޫދުއާ ސުވާލު ކުރުމުން ދައުވާއާ ގުޅިގެން ހުންނަ ލިޔެކިއުންތަކަކީ ކޮބައި ކަމާއި ލިޔެކިއުމެއް އޮންނަ ކަމެއް ވެސް އޭނާއަށް ނޭނގޭ ކަމަށެވެ.

ގާޒީ ދެން ވިދާޅުވީ ޝަރީއަތަށް ހުށަހަޅާފައިވާ ދައުވާ ފޯމުތަކުގެ ސެޓް ދިފާއަށް ކޯޓުން ދޫކުރަން ކޯޓުގެ އިދާރާއަށް އަންގަވާނެ ކަމަށެވެ. އޭގައި ލިޔެކިއުމެއް މަދުވާނަމަ އެ ކަން ކޯޓުގެ އިދާރާއާ މުއާމަލާތް ކުރުމަށް ގާޒީ އިލްތިމާސް ކުރެއްވި އެވެ.

ދެން އަޑުއެހުމެއް ބާއްވާނީ ހޫދުގެ ވަކީލަށް ލިޔެކިއުންތައް ލިބުމުން ކަމަށް ގާޒީ ވިދާޅުވެ މިއަދުގެ އަޑުއެހުން ނިންމަވާލެއްވި އެވެ. ދެން އަޑުއެހުމެއް އޮންނާނެ ދުވަހެއް ގާޒީ ވިދާޅެއް ނުވެ އެވެ.

ހޫދަށް ކުރާ ދައުވާތައް

ފުރަތަމަ ދައުވާއަކީ، އިންޓަނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދައުވާ އެވެ. އަސާސީ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ދައުވާ ކުރި ސަބަބަކީ ސޯޝަލް މީޑީއާގެ އެކި އެކައުންޓްތައް ބޭނުންކޮށް ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދީ، މީހުންނަށް އަނިޔާ ދިނުމާއި މެރުމާއި، ތަންތަނަށް އުދުވާނީ ހަމަލާ ދޭން ގޮވާލާފައިވުމެވެ.

ދެވަނަ ދައުވާއަކީ، އިންޓަނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިއުންތައް ފެތުރުމުގެ ކުށުގެ ދައުވާ އެވެ. އަސާސީ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ދައުވާ ކުރި ސަބަބަކީ އައިއެސްއަށް ނިސްބަތްވާ އެކި މަޖައްލާތަކާއި ލިޔުންތަކާއި، އެ ޖަމާއަތުން ނެރެފައިވާ ފަތުވާތަކާއި ލިޔުންތައް އިންޓަނެޓްގެ އެކި ޕްލެޓްފޯމްތަކުގައި ފަތުރާފައިވުމެވެ.

ތިންވަނަ ދައުވާއަކީ، ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށް ވުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާގެ އަސާސީ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. މި ދައުވާ ކުރި ސަބަބަކީ އައިއެސްގެ ހަބަރު ފަތުރާ މީޑިއާ އޮޕަރޭޓްކުރާ މެންބަރެއްގެ ހައިސިއްޔަތުން މަސައްކަތްކޮށްފައިވުމެވެ.

ހަތަރުވަނަ ދައުވާއަކީ، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ކުށުގެ ދައުވާ އެވެ. މި ދައުވާގެ އަސާސީ އަދަބަކީ ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. މި ދައުވާ ކުރި ސަބަބެއްގެ ގޮތުގައި ޕީޖީ އޮފީހުން ބުނީ އޭނާ އައިއެސް ޖަމާއަތަށް ތާއީދު ކޮށްފައިވުމެވެ.

ފަސްވަނަ ދައުވާއަކީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރާ މީހެއްކަން ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ދައުވާ އެވެ. އަސާސީ އަދަބަކީ އަހަރަކާއި ތިން އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ. ދައުވާ ކުރި ސަބަބެއްގެ ގޮތުގައި ބުނީ، އައިއެސް ޖަމާއަތާއި އެ ޖަމާއަތުގެ އެކި ވިލާޔަތްތަކަށް ތާއީދު ކުރާ ކަން ދޭހަވާ ފަދަ ލިޔުންތަކާއި ފޮޓޯއާއި ވީޑިއޯ ގެންގުޅެފައިވުމެވެ.

ހޫދު މައްސަލައިގެ ފަސްފަހަތް

އުމުރުން 30 އަހަރުގެ ހޫދު ހައްޔަރު ކޮށްފައިވަނީ ވިލިމާލޭގައި ފުލުހުން ހިންގި އެންޓި ޓެރަރިޒަމްގެ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. ޔޫރަޕުގެ ބައެއް ގައުމުތަކުގެ އިސްވެރިންގެ ފުރާނައަށް ނުރައްކާވާ ފަދަ ހަމަލާ ދިނުމަށް ގޮވާލައި އެފަދަ ކަންކަން ކުރުމަށް ހިތްވަރު ދީފައިވާ ކަމަށް އޭނާއަށް ތުހުމަތު ކުރެ އެވެ.

މި އަހަރުގެ ފެބްރުއަރީ މަހު ހޫދު ހައްޔަރުކުރިއިރު، އޭނާ އަންނަނީ 2015 ވަނަ އަހަރުން ފެށިގެން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެކި ނަންނަމުގައި އެކައުންޓްތައް ހަދައިގެން، އައިއެސް އަށް ތާއީދުކޮށް އެ ޖަމާއަތުގެ ޕްރޮޕެގެންޑާ ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވަމުން ކަމަށް ފުލުހުން ބުނެ އެވެ.

މި ނޫހަށް ޔަގީންވެފައިވާ ގޮތުގައި ހޫދަކީ، ވިލިމާލޭގައި އުމުރުން އެންމެ 14 އަހަރުގެ ކުޑަކުއްޖަކު ގޭންގް ރޭޕް ކުރި މައްސަލައެއްގައި ހައްޔަރު ކުރި ހަ މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ވެސް ކުރި އެވެ. ނަމަވެސް ކުށް ސާބިތެއް ނުވި އެވެ.

ހޫދަކީ ކުރިން މާލޭގައި ޕިކަޕު ދުއްވަން އުޅުނު މީހެކެވެ. ނަމަވެސް އޭނާ ފަހުން ޕިކަޕު ދުއްވުން ހުއްޓާލައި މަސައްކަތެއްނުކޮށް ހުރީ ކަމަށް، އޭނާ ދަންނަ މީހުން މި ނޫހަށް ކިޔައިދިނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox