ސުޕްރީމް ކޯޓުން އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަން ހިންގުން ކޮމިޓީ އަކާ ހަވާލުކުރަން އަމުރުކޮށްފި

May 18, 2022, 8:52 AM
އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސަކަށް ހުންނެވި، ޕްރަފުލް ޕަޓޭލް: އިންޑިއާ ސުޕްރީމް ކޯޓުން މިއަދު އަންގާފައިވަނީ އިންޑިއާ ފުޓްބޯޅަ ފެޑެެރޭޝަން ތިން މެމްބަރުންގެ ކޮމިޓީއަކާ ހަވާލުކުރަން.

އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސަކަށް ހުންނެވި، ޕްރަފުލް ޕަޓޭލް: އިންޑިއާ ސުޕްރީމް ކޯޓުން މިއަދު އަންގާފައިވަނީ އިންޑިއާ ފުޓްބޯޅަ ފެޑެެރޭޝަން ތިން މެމްބަރުންގެ ކޮމިޓީއަކާ ހަވާލުކުރަން.

ނިއު ދިއްލީ، އިންޑިއާ (މެއި 18) - އިންޑިއާގެ ސުޕްރީމް ކޯޓުން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަން، ހިންގުން ތިން މެމްބަރުންގެ ކޮމިޓީއަކާ ހަވާލުކުރަން މިއަދު އަންގައިފި އެވެ.

އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަން (އައިއެފްއެފް)ގެ ރައީސްގެ މަގާމުގައި ހުންނެވި، ޕްރަފުލް ޕަޓޭލް އަށް ގާނޫނީ ގޮތުން އެ މަގާމުގައި ދެން ނުހުރެވޭނެ ކަމަށް އިންޑިއާގެ ކުޅިވަރާބެހޭ ވުޒާރާއިން ވަނީ ދާދި ފަހުން ކަނޑައަޅައިފަ އެވެ.

އިންޑިއާ ފުޓްބޯޅައިގެ ރައީސްކަން ތިން ދައުރުކުރެއްވި، ޕްރަފުލްގެ އެންމެ ފަހުގެ ދައުރުގެ މުއްދަތު 2020 ޑިސެމްބަރަށް ހަމަވާނެ އެވެ. އިންޑިއާގެ ކުޅިވަރާ ބެހޭ މިނިސްޓްރީން ސުޕްރީމް ކޯޓަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އިތުރަށް ފަސް ނުކޮށް އިންޑިއާ ފުޓްބޯޅައިގެ އިންތިހާބުވީ އެންމެ އަވަހަކަށް ބާއްވަން ޖެހޭނެ ކަމަށާއި މި ވަގުތު އިންޑިއާ ފުޓްބޯޅައިގެ އިސް ވެެރިންގެ ގޮތުގައި ޕްރަފުލްގެ ލީޑަޝިޕްގެ މެމްބަރުން ތިބީ ގާނޫނީ ހައިސިއްޔަތަކުން ނޫން ކަމަށެވެ.

އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުގެ އަސާސީ ގަވާއިދު އިސްލާހު ކުރަން ޖެހޭ މައްސަލައެއް 2017 ވަަނަ އަހަރުން ފެށިގެން އިންޑިއާ ސުޕްރީމް ކޯޓުގައި އެބައޮތެވެ. އިންތިހާބެއް ނުބާއްވައި، ޕްރަފުލް ފާއިތުވި ދެ އަހަރު އިންޑިއާ ފުޓްބޯޅައިގެ އިސް ވެރިއެއްގެ ގޮތުގައި ހުންނެވީ، އިންޑިއާގެ ކުޅިވަރު ކޯޑުގައިވާ ގިނަ މާއްދާތަކާ ވެސް ހިލާފަށް ކަމަށް އިންޑިއާގެ ކުޅިވަރު ކޮމިއުނިޓީގެ އެކި ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

އަދި އެ މައްސަލަ ސުޕްރީމް ކޯޓުގައި ވީ އެންމެ އަވަހަކަށް ކުރިއަށް ގެންދަން އިންޑިއާގެ ސަރުކާރުން އައީ ބާރުއަޅަމުންނެވެ. ސަރުކާރުން އެދޭ ގޮތަށް، އިންޑިއާ ސުޕްރީމް ކޯޓުން މިއަދު ވަނީ ތިން މެމްބަރުންގެ ނޯމަލައިޒް ކޮމިޓީއެއްގެ ދަށަށް އެ ފެޑެރޭޝަން ހިންގުން ބަދަލުކުރަން އަންގައިފަ އެވެ.

ސުޕްރީމް ކޯޓުން ކަނޑައެޅި ތިން މެމްބަރުންގެ ކޮމިޓީގައި ހިމެނެނީ ރިޓަޔަކޮށްފައިވާ ޖަޖް، އަނިލް އާރް ދޭވް، ކުރީގެ ޗީފް އިލެކްޝަން ކޮމިޝަނަރު އެސްވައި ކުރޭޝީ އަދި އިންޑިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން ބާސްކަރު ގަންގޫލީ އެވެ. ސުޕްރީމް ކޯޓުން އަމުރުކޮށްފައިވަނީ، ޕްރަފުލް ޕަޓޭލްގެ ލީޑަޝިޕް އަތުން ބާރުތައް ނަގައި، މި ތިން މެމްބަރުންގެ ކޮމީޓީއާ ހަވާލުކުރުމަށެވެ. އަދި ވީ އެންމެ އަވަހަށް އިންޑިއާ ގާނޫނުގައިވާ ގޮތުގެ މަތިން، ފުޓްބޯޅަ ފެޑެރޭޝަނުގެ އިންތިހާބު ބޭއްވުމަށް ވެސް ވަނީ އަންގައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox