ފަނޑިޔާރުންގެ މައްސަލަ އިޖުރާއަތާ ހިލާފު ކަމަށް ކަނޑައެޅި ނަމަވެސް ޖޭއެސްސީން ނިންމުން ދިފާއުކޮށްފި

ޖޭއެސްސީން ވަކިކުރަން ނިންމި ހައި ކޯޓުގެ ދެ ފަނޑިޔާރުން: އަބްދުالله ހަމީދު (ވ) އަދި އަބްދުއްރައޫފް އިބްރާހިމް (ކ)

ޖޭއެސްސީން ވަކިކުރަން ނިންމި ހައި ކޯޓުގެ ދެ ފަނޑިޔާރުން: އަބްދުالله ހަމީދު (ވ) އަދި އަބްދުއްރައޫފް އިބްރާހިމް (ކ)

ހައިކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ އަބްދުالله ހަމީދާއި އަބްދުއްރައޫފް އިބްރާހިމްގެ މައްސަލަ ޖޭއެސްސީން ނިންމީ އިޖުރާއަތާ ހިލާފަށް ކަމަށް ބުނެ، މައްސަލަ އަނބުރާ ފޮނުވާލުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މަސައްކަތް ކުރަމުންދާއިރު, އެއީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ޖޭއެސްސީން ބުނެފި އެވެ.

ގާނޫނުގައި އޮންނަ ގޮތުން, ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެ ކަމަށް އެދި ޖޭއެސްސީން މަޖިލީހަށް ހުށަހެޅުމުން މައްސަލަ ކޮމިޓީގައި ދިރާސާކޮށް ތަޅުމުގައި ބަހުސްކުރުމަށްފަހު ވޯޓަށް އަހައިގެންނެވެ. ކޮމިޓީން ބަލާނީ ޖޭއެސްސީން ގާނޫނީ އިޖުރާއަތްތައް ފުރިހަމަ ކުރިތޯ ނުވަތަ ނޫންތޯ އެކަންޏެވެ.

އެ މައްސަލާގައި މިއަދުގެ ކޮމެޓީގައި ފާހަގަ ކޮށްފައި ވަނީ ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ބަލާފައިވަނީ އިޖުރާރީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް ކަމަށެވެ. އެހެންކަމުން އެ މައްސަލަ އަލުން ބެލުމަށް ޖޭއެސްސީއަށް އެންގުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ.

Advertisement

ޖޭއެސްސީން މިއަދު "އަދަދު"އަށް ބުނި ގޮތުގައި ހައިކޯޓުގެ ދެ ފަނޑިޔާރުންގެ މައްސަލާގައި ވެސް އަމަލުކޮށްފައިވަނީ މީގެކުރިން ވެސް އެ ކޮމިޝަނުން އަމަލުކުރަމުންދާ ގޮތަށެވެ. މީގެކުރިން ވެސް އެ އިޖުރާއަތުގެ ދަށުން އެ ކޮމިޝަނުން ބަލައި, ފިޔަވަޅު އަޅަން އެންގި މައްސަލަތަކުގައި އެގޮތަށް މަޖިލީހުން އަމަލުކޮށްފައިވާ ކަމަށް ޖޭއެސްސީން ފާހަގަކުރި އެވެ.

ނަމަވެސް, މަޖިލީހުގެ ކޮމިޓީގެ ނައިބު މުގައްރިރު އަދި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް "އަދަދު"އަށް ވިދާޅުވީ ފަނޑިޔާރުން ވަކިކުރަން ނިންމުމުގައި ޖޭއެސްސީން އިޖުރާއަތްތައް ފުރިހަމަނުވާ ކަމުގެ ޝަކުވާގެ އިތުރަށް ތަހުގީގު ރިޕޯޓަށް ބަދަލުތަކެއް ގެނެސްފައިވާ ކަމުގެ ޝަކުވާ ވެސް ކޮށްފައިވާ ކަމަށެވެ.

ދެ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން ފޮނުވީ ފަނޑިޔާރުންތަކަކަށް ފްލެޓްތަކެއް ދިން މައްސަލައެއްގަ އެވެ. ޖޭއެސްސީން ކުރިން ބުނެފައިވާ ގޮތުން، އެ ދެފަނޑިޔާރުންނަށް ހައުސިން ހަމަޖެއްސީ ދައުލަތުން ބަލާ އާންމު އުސޫލުން ބޭރުންނެވެ. އެހެންވެ ފްލެޓްތަކާ އެ ފަނޑިޔާރުން ހަވާލުވީ ގާނޫނީ އަސާސީއާ ހިލާފަށް ކަމަށް ނިންމި އެވެ.

ހައިކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން ހުށަހަޅަން ޖޭއެސްސީން ނިންމިއިރު, މި މައްސަލަ ކޮމިޝަނަށް ހުށަހެޅީ ދާދި ފަހުން ހައި ކޯޓުގެ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވި އަލީ ސަމީރު ވެސް ހިމެނޭ ގޮތަށެވެ.

ވަކިކުރަން ނިންމި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ރައޫފަކީ ޖޭއެސްސީން އުފައްދާފައިވާ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގައި ވެސް އިންނަވާ ފަނޑިޔާރެވެ. ސުޕްރީމް ކޯޓުގެ އާ ބެންޗަށް ރައޫފް އައްޔަން ކުރަން ޖޭއެސްސީން ލަފާ ދެއްވިޔަސް، ސުލޫކީ މައްސަލައެއް އޮތުމުން އެ ނަން އޭރު ނުފޮނުވަ އެވެ.

ފަނޑިޔާރު ހަމީދަކީ, ހައިކޯޓުގައި މިވަގުތު ހުންނެވި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރެވެ. އެގޮތުން, ފަނޑިޔާރު ހަމީދު ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ކުރައްވާފައިވަނީ 2007 ވަނަ އަހަރު އެވެ. ފަނޑިޔާރު ހަމީދު ވަނީ މީގެކުރިން ޖޭއެސްސީގެ މެންބަރުކަން ވެސް ކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox