ހުލާސާކޮށް މަޖިލިސް: މިއަދު ވެސް ތަޅުމުގައި ކުރާނެ "މަސައްކަތެއް ނެތް"

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އަސްލަމާ ސުވާލުކުރުމުގެ ތެރެއިން-- ފޮޓޯ: މަޖިލިސް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އަސްލަމާ ސުވާލުކުރުމުގެ ތެރެއިން-- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެ ވަނަ ދައުރު އިއްޔެ ފަށާފައިވާއިރު، މިއަދު ބޭއްވި ދެވަނަ ޖަލްސާ ވެސް ވަރަށް އަވަހަށް ނިންމައިލީ "ކުރާނޭ މަސައްކަތެއް" ނެތިގެންނެވެ. މިއަދުވެސް އޮތީ މިނިސްޓަރު ހާޒިރުކޮށް ސުވާލުކުރުމެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުކުރީ ހައުސިން އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ. އޭނާ ހާޒިރުކުރީ ދެ މަޝްރޫއަކާ ގުޅޭ ގޮތުން ދެން މެންބަރުން ސުވާލު ކުރެއްވުމަށެވެ.

ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު އަސްލަމާ ސުވާލުކުރެއްވީ ފެލިދޫ ގިރާ ސަރަހައްދު ހިމާޔަތް ނުކުރެވި ލަސްވާ ސަބަބާ ގުޅޭ ގޮތުންނެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ މައްސަލަ ލަސްވަނީ ކައުންސިލަށް ފޮނުވާފައިވާ ކޮންސެޕްޓަށް މިހާތަނަށް ޖަވާބެއް ލިބިފައި ނުވާތީ ކަމަށެވެ.

އަސްލަމާ މިއަދު ކުރެއްވި ދެ ވަނަ ސުވާލަކީ ގއ. ބިލިނގިލި ބަނދަރުގެ އެއްގަމު ތޮށްޓާއި ބޭރު ތޮށީގެ މަސައްކަތް ލަސްވާތީ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ކުރެއްވި ސުވާލެވެ. އަސްލަމް ވިދާޅުވީ އެ މަޝްރޫއު ކުރިއަށް ގެންދާ ގޮތާ މެދު މިނިސްޓްރީއާއި ރަށު ކައުންސިލާ ދެމެދު ހިޔާލު ތަފާތުވުމެއް އުޅޭ ކަމަށާއި އެހެންނަމަވެސް އެ ކަން ހައްލު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އޭގެ އިތުރުން އެހެނިހެން ސުވާލުގެ ގޮތުގައި 17 މެންބަރަކު ސުވާލުކުރެވި އެވެ.

މިއަދުގެ ހާޒިރީ

  • ހާޒިރުވެވަޑައިގެންނެވީ 29 މެންބަރުން
  • ސަލާމުގައި 4 މެންބަރުން

ދުވަހުގެ ފޮޓޯ

އިމްތިޔާޒް އަދި ސުލޫކު ކޮމިޓީގެ ފުރަތަމަ ބައްދަލުން-- ފޮޓޯ: މަޖިލިސް
އިމްތިޔާޒް އަދި ސުލޫކު ކޮމިޓީގެ ފުރަތަމަ ބައްދަލުން-- ފޮޓޯ: މަޖިލިސް

އިމްތިޔާޒް އަދި ސުލޫކު ކޮމިޓީގެ ފުރަތަމަ ބައްދަލުން-- ފޮޓޯ: މަޖިލިސް

މިނިސްޓަރު އަސްލަމާ ސުވާލުކުރުމަށް ފަހު މިއަދުގެ ޖަލްސާ ނިންމައިލީ ގަޑިއެއްހާއިރުގެ ތެރޭގަ އެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިއަދު ވެސް މަޖިލީހުގެ ތަޅުމުގައި "ކުރާނެ މަސައްކަތެއް" ނެތް ކަމަށެވެ. އެހެން ނަމަވެސް މަޖިލީހުގެ ކޮމިޓީގެ މަސައްކަތްތައް އޭގެ ފަހުން ވެސް ކުރިއަށް ދިޔަ އެވެ.

ކޮމިޓީތަކުން މިއަދު ކުރި މުހިންމު މަސައްކަތްތަކުގެ ތެރޭގައި އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ ފުރަތަމަ ޖަލްސާ ބާއްވާ، ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރު ބަޔަކު ދިން ބޮމުގެ ހަމަލާއާ ގުޅުވައި އެ މަނިކުފާނު ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން)އަށް ކުރައްވާފައިވާ ތުހުމަތު ބަލަން އެ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

ދުވަހުގެ ކޯޓޭޝަން

ޕްލޭނިން މިނިސްޓަރުގެ ހައިސިއްޔަތުން ހަމަގައިމު ވެސް އަޅުގަނޑު ތަރުހީބުދޭ ކަމެއް ވެސް ނޫން، އަޅުގަނޑު ބާރު އަޅާ ކަމެއް ވެސް ނޫން، ސަރުކާރުގެ ސިޔާސަތެއް ވެސް ނެތް އެ މީހުން [ސަރުކާރުގެ ކުންފުނިތައް] ކޮންސްޓްރަކްޝަން އިންޑަސްޓްރީ ތެރެއަށް ވެއްދުމަކަށް،--- ހައުސިން މިނިސްޓަރު އަސްލަމް

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox