ރާއްޖޭގައި ކުޅެނީ މޮޅުވާން، ބޭރުގައި ބަލަނީ ބަލިނުވޭތޯ: އޮސްކާ

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ބަޝުންދަރާގެ ކޯޗު އޮސްކާ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ބަޝުންދަރާގެ ކޯޗު އޮސްކާ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް ކަލްކަތާގައި މާދަމާ ފަށާއިރު، ދިވެހި ކުޅުންތެރިން ބައެއް ފަހަރު މޮޅުވާން ކުޅެނީ ހަމައެކަނި ރާއްޖޭގައި ކުޅޭއިރު ކަމަށާއި ބޭރުގައި ބޭނުންވަނީ ބަލިނުވެ މެޗު ނިންމާލެވޭތޯ ކަމަށް ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާގެ ކޯޗު އޮސްކާ ބްރުޒޮން ބުނެފި އެވެ.

އޮސްކާ ވަނީ މީގެ ކުރިން ރާއްޖޭގެ ނިއު ރޭޑިއަންޓަށް ކޯޗުކޮށްދީފަ އެވެ.

އޮސްކާގެ ކޯޗުކަމުގައި ބަޝުންދަރާ ވަނީ ރާއްޖޭގެ ކްލަބްތަކާ ތިން ފަހަރު ކުޅެފަ އެވެ. އެ ގޮތުން ބަންގްލަދޭޝްގައި 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކުޅުނު އެކުވެރިކަމުގެ މެޗުން ބަޝުންދަރާ ވަނީ 4-1 އިން ނިއު ރޭޑިއަންޓް ބަލިކޮށްފަ އެވެ. އޭގެ ފަހުން 2019 ވަނަ އަހަރު އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބް އަތުން ބަޝުންދަރާ މޮޅުވީ 5-1 އިންނެވެ. އަދި މިދިޔަ އަހަރު މާލޭގައި ކުޅުނު އޭއެފްސީ ކަޕްގެ ސެންޓްރަލައިޒް މެޗުތަކުގެ ތެރެއިން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ބަޝުންދަރާ މޮޅުވީ 2-0 އިންނެވެ.

ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި މާދަމާރޭ މި ފަހަރުގެ އޭއެފްސީ ކަޕްގައި އޮސްކާ ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ. އެ މެޗުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އޮސްކާ ބުނީ ދިވެހި ކުޅުންތެރިންނަކީ ހުނަރުވެރި މޮޅު ކުޅުންތެރިން ކަމަށެވެ. އެކަމަކު، ވިސްނުމުގައި ބައެއް ފަހަރު ހުންނަ ކަންތައްތަކެއް އޭނާ އަށް ވެސް ބުނެދޭން ނޭނގޭ ކަމަށެވެ.

"ދިވެހި ކުޅުންތެރިން ވަރަށް މޮޅަށް ކުޅޭ އަމިއްލަ ގައުމުގައި، އެކަމަކު، ބައެއް ފަހަރު ގައުމުން ބޭރުގައި އެ ކުޅުންތެރިންގެ ވިސްނުން މި ހުންނަނީ ހަމައެކަނި ބަލިނުވެ ނިންމާލެވޭތޯ ބަލަން، މިއީ އެކި ކުޅުންތެރިންގެ ވިސްނުން އެކި ގޮތަށް ހުރެގެން ދިމާވާ ކަމެއް. މިއީ ރަނގަޅު ގޮތެއް ވެސް ނޫން، މިހެން މި ގޮތަށް ވާ ސަބަބެއް އަހަންނަށް ވެސް ނުވިސްނުނު،" އޮސްކާ ބުންޏެވެ. "މޮޅުވެވޭނީ އަބަދުވެސް މޮޅުވާން ބޭނުންވެގެން ކުޅެގެން،"

މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގައި ބަޝުންދުރާ އަށް މާޒިޔާ އަތުން މޮޅުވެވުނަސް މި ފަހަރު މެޗު މި ކުޅެނީ މުޅިން ތަފާތު މާހައުލެއްގައި ކަމަށް އޮސްކާ ވަނީ ބުނެފަ އެވެ. އަދި މިދިޔަ އަހަރު މާޒިޔާ އޭއެފްސީ ކަޕަށް އައިއިރު އޮތީ އެންމެ ރަނގަޅަށް ނޫން ކަމަށާއި އެއީ ވެސް މި މެޗަށް ނުކުންނައިރު ވިސްނަން ޖެހޭ ކަމެއް ކަމަށް އޮސްކާ ވަނީ ބުނެފަ އެވެ.

"އަހަރެމެންނަށް އެނގޭ މާޒިޔާ އަކީ އެ މީހުންގެ އެޓޭކިން ގޭމަށް ހާއްސަ ކްލަބެއް ކަން. އެކަަމަކު، އާ ކޯޗާ (ޖެސިކްްއާ) އެކު އެ މީހުންގެ މެޗު މެނޭޖްކުރުން ފެންނަނީ އޯގަނައިޒްކޮށް، އެ މީހުން އެބަ މަޑުކުރޭ އިދިކޮޅު ޓީމުގެ ގޭމް ދަސްކޮށްގެން ވެސް ކުޅެން. މިއީ އަހަރެމެން ވިސްނަން ޖެހޭ،" އޮސްކާ ބުންޏެވެ.

"އަހަރެންގެ ވަރަށް ރަނގަޅު ހަނދާންތަކެއް ރާއްޖޭގައި އެބައޮތް. މާޒިޔާގައި އެ ތިބި ކުޅުންތެރިންނަކީ އަހަރެންނާ އެކު މަސައްކަތް ކުރި ކުޅުންތެރިން. މާޒިޔާގެ އޮފިޝަލުންނަކީ އަހަރެންގެ ރަހުމަތްތެރިން. އެކަމަކު، މި ނުކުންނަނީ މެޗަކަށް 90 މިނިޓަށް އަހަރެމެން މިއީ ވާދަވެރިން. އަހަރެންގެ ހުރިހާ ފޯކަސް މި ހުރީ މި ވަގުތު ތިން ޕޮއިންޓާ އެކު ފެށުމަށް،"

އޮސްކާ ބުނީ މާޒިޔާ އިން ބިދޭސީ ކުޅުންތެރިން ހޯދާފައިވަނީ އެ މީހުން ބޭނުންވާ މަގާމުތަކަށް ވަރަށް ވިސްނުންތެރިކަމާ އެކު ކަމަށްވާތީ އެއީ ވެސް ބަޝުންދަރާ އިން ވިސްނާނެ ކަމެއް ކަމަށެވެ. އަދި މާޒިޔާ އަށް މޮޅުކުޅުމެއް ދައްކަމުން އަންނަ ސްޕެއިނުގެ މިޑްފީލްޑަރު، ޓަނާ ޑޮމިންގޭޒަށް ކުޅެވެނީ "ޕޮޒެޝަން" ފުޓްބޯޅަ ކަމަށާއި މާޒިޔާ އަށް މެދުތެރޭގެ ކޮންޓްރޯލް ނުހޯދިއްޖެނަމަ ޓަނާ އަށް އެންމެ ރަނގަޅު ކުޅުން ނުދެއްކޭނެ ކަމަށެވެ.

ދެކުުނު އޭޝިއާގެ ފުޓްބޯޅަ ކުރިއަރައިފި، މިދަނީ ރަނގަޅު މިސްރާބުން: އޮސްކާ

އޮސްކާ އެންމެ ފުރަތަމަ ދެކުނު އޭޝިއާ އަށް އައީ ގޯއާ އަށެވެ. އެ ތަނުގައި ފުޓްބޯޅައިގެ ގިނަ މަސައްކަތްތަކެއް ކުރުމަށް ފަހު ދެން މުމްބާއީ ޓީމުގެ ކޯޗިން ޓީމާ ގުޅި ރަނގަޅު މަސައްކަތްތަކެއް ކުރި އެވެ. އޭގެ ފަހުން 2017 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ރާއްޖޭގެ ނިއުއާ ހަވާލުވި އެވެ. އަދި މިހާރު ކޯޗުކޮށްދެމުން އަންނަ ބަޝުންދަރާ ކިންގްސް އަށް އޮސްކާ ދިޔައީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ.

އިންޑިއާ އާއި ބަންގްލަދޭޝް އިން ލީގު ވަރުގަދަ ކުރުމުގެ މަސައްކަތްތަކެއް ކޮށްފައިވާއިރު، އޭގެ ނަތީޖާ ފެންނަ ކަމަށް އޮސްކާ ވަނީ ބުނެފަ އެވެ. އަދި ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން، އެފްއޭއެމް އިން ސްޕެއިނުގެ ކޯޗިން ޓީމެއް ގެެނެސް ރަށްރަށުން ފުޓްބޯޅަ ކުޅުންތެރިން އުފައްދައިގެން މަސައްކަތް ކުރުމަކީ މަރުހަބާ ކިޔަން ޖެހޭ ކަމެއް ކަމަށް އޮސްކާ ވަނީ ބުނެފަ އެވެ.

މާޒިޔާ އާއި ބަޝުންދަރާގެ އިތުރުން މި ގްރޫޕްގައި ދެން އޮތީ އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އާއި ގޯކުލަމް ކެރަލާ އެވެ. އޭޓީކޭ އަކީ މި ފަހަރުގެ މެޗުތައް ހޯސްޓްކުރާ، ކަލްކަތާ ސަރަހައްދަށް ނިސްބަތްވާ ޓީމެކެވެ. ގޯކުލަމް ކެރަލާ އަކީ މިދިޔަ ދެ އަހަރު އިންޑިއާގެ އައި ލީގުގެ ޗެމްޕިއަނެވެ. އޮސްކާ ބުނީ މި ޓީމުތަކުގެ ކުރިމަތިލުންތައް ފަސޭހަނުވާނެ ކަމަށެވެ.

މި ފަހަރުގެ އޭއެފްސީ ކަޕާ ކުރިމަތިލާއިރު، ތިން ގައުމުގެ ފުޓްބޯޅައިގެ މުޅި މަންޒަރެއް ސިފަނުވާނެ ކަމަށާއި ކޮންމެ ކްލަބެއް ވެސް އެއީ ވަކި ކަންތައްތަކެއްގެ ތެރެއިން ކަންކަން ހައްލުކުރަމުން ކަމަށް އޮސްކާ ބުނެފައިވެ އެވެ.

ބަންގްލަދޭޝްގެ ޕްރިމިއާ ލީގުގެ ސީީޒަން ފެށިއިރު، ބަޝުންދުރާ ކިންގްސްގެ ކުޅުންތެރިންނަށް އަނިޔާ އާއި ފޯމު ގެއްލުމުގެ މައްސަލަތައް ކުރިމަތިވި ނަމަވެސް މަޑުމަޑުން އެކަން ހައްލުކުރެވިފައިވާ ކަމަށް އޮސްކާ ގަބޫލުކުރެ އެވެ.

"މި ވަގުުތު މުޅި ގްރޫޕަށް ނުބަލަން. އަހަރެން މި ބަލަނީ މި ވަގުތު ކުރިއަށް އޮތް މެޗަށް. އަހަރެމެން މާދަމާގެ މެޗަށް ފަހު ދެން ހުރި މެޗަށް ބަލާނީ. މިއީ އަހަރެެމެން އޭއެފްސީ ކަޕްގައި ކުޅޭ ތިން ވަނަ ފަހަރު. އަހަރެން ބުނަން ބޭނުންވަނީ އަހަރެމެން މި އޮތީ މި މުބާރާތަށް ނިސްބަތުން ބަޔަކަށް ވިޔަސް ބޮޑު ކްލަބްތަކުގެ ތެރެއަށް ވަންނަން ކުރަން ޖެހޭ މަސައްކަތް ކުރެވޭތޯ ބަލަމުން މި އަންނަނީ.،" އޮސްކާ ބުންޏެވެ.

ފާއިތުވި އަހަރުގެ ކުޅުމާއި މި ވަގުތު އޮތް ފޯމަށް ބަލާއިރު، ގިނަ ބައެއްގެ ނަޒަރުގައި ފޭވަރިޓުންގެ ގޮތުގައި އޭޓީކޭ އާއި ބަޝުންދުރާ ގުނާއިރު، އޮސްކާ އެ ގޮތަށް ވިސްނަން ބޭނުމެއް ނޫނެވެ.

"އަަހަރެމެންނަކީ ފޭވަރިޓެއް ނޫން. އަހަރެެމެންގެ ނަޒަރުގައި ފޭވަރިޓަކީ އޭޓީކޭ. އެއީ އަހަރަމެންނަކީ ފޭވަރިޓުން ކަމަށް ދެކިގެން (މެޗަށް) އައުމަކީ މި ކަން ނިމުމުގެ ފެށުމެއް ކަމަށް ވެސް ވެދާނެ. އޭޓީކޭ އަކީ އެންމެ ވަރުގަދަ މުބާރާތުން އައި ޓީމެއް. އެ މީހުންގެ ޓީމުގައި ގައުމީ ޓީމުގެ ކުޅުންތެރިން އެބަތިބި. އިންޑިއާ އަކީ ބަންގްލަދޭޝަށް ވުރެ ދެން މި ގްރޫޕްގައި އޮތް ޓީމުތަކުގެ (ގައުމަށް) ވުރެ ފީފާ ރޭންކިންގައި މަތީ އޮތް ޓީމެއް. މި ކަންކަމަށް ބަލާއިރު އޭޓީކޭ އަކީ ފޭވަރިޓެއް،" އޮސްކާ ބުންޏެވެ.

ފުރަަތަމަ މެޗުގައި މާޒިޔާ އަތުން މޮޅުވެގެން ނޫން ގޮތަކަށް މި ފަހަރުގެ ގްރޫޕް ސްޓޭޖުން ބަޝުންދަރާ ބޭނުންވާ ކަންތައް ހާސިލްކުރެވެން ނޯންނާނެ ކަމަށް އޮސްކާ ގަބޫލުކުރެ އެވެ. އަދި ބަޝުންދަރާ އިން އަމާޒު ހުރީ ގްރޫޕްގެ އެއް ވަނަ ހޯދުމަށް ކަމަށާއި އެ ޓާގެޓަށް ދާން ފަށަން ޖެހޭނީ ތިން ޕޮއިންޓުން ކަމަށް އޮސްކާ ބުންޏެވެ.

ސޯލްޓް ލޭކް ސްޓޭޑިއަމްގައި ބަޝުންދަރާ އާއި މާޒިޔާ ކުޅޭ މެޗު ފަށާނީ މާދަމާރޭ ރާއްޖެ ގަޑިން 20:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox