ސިޓީ ކައުންސިލްގެ އާ ދައުރަށް އަހަރެއް، ސަރުކާރުން އެއްބާރުލުން ނުދޭ ކަމުގެ ޝަކުވާ

ސިޓީ ކައުންސިލްގެ އާ ދައުރަށް އަހަރެއް، ސަރުކާރުން އެއްބާރުލުން ނުދޭ ކަމުގެ ޝަކުވާ

މާލެ ސިޓީ ކައުންސިލަށް އަހަރެއް ފުރިގެންދާއިރުވެސް ޝަކުވާ އެންމެ ކަންބޮޑުވާ ކަމަކީ ސަރުކާރު އިދާރާތަކުން ދޭން ޖެހޭ އެއްބާރުލުން ނުދޭތީ ކަމަށް އެ ކައުންސިލުން ބުނެފި އެވެ.

މާލެ ސިޓީކައުންސިލަށް ކައުންސިލަށް އަހަރެއް ފުރުން ފާހަގަކުރަން އެ ކައުންސިލްގެ އިދާރާގައި އަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލޭގެ މޭޔަރު މުހައްމަދު މުއިއްޒު ވިދާޅުވީ މިދިޔަ އެއް އަހަރު ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބުނު ކަމަށާއި އެހެން ނަމަވެސް އެންމެ މުހިންމު ތަންތަނުން އެ އެއްބާރުލުމާއި އެހީތެރިކަން ނުލިބުނު ކަމަށެވެ.

އެހީތެރިކަން ނުދިނުމުގެ މިސާލެއްގެ ގޮތުގައި މުއިއްޒު ދެއްކެވީ މާލޭގެ މަގު ހެދުމަށް ބަޖެޓު ކަނޑައަޅާފައިވީ ނަމަވެސް އެ ފައިސާ ކައުންސިލަށް ދޫކޮށްފައި ނުވުމެވެ. އެއީ އޭނާ މީގެ ކުރިން ވެސް ތަކުރާރުކޮށް ދައްކަވާފައިވާ ވާހަކައެކެވެ.

އެކަން ތަކުރާރު ކުރައްވަމުން ވިދާޅުވީ މިހާރުގެ ކައުންސިލު އައި އިރުވެސް މަގުތައް ދިޔައީ ހަދަމުން ކަމަށާއި އެ މަޝްރޫއުގެ ސްކޯޕަށް ވެސް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ. އެކަމަކު އާ ކައުންސިލް އައުމާއެކު ބަޖެޓު ހިފަހައްޓައި، އެ މަޝްރޫއަށް ސަރުކާރުން ހުރަސް އަޅާފައިވާ ކަމަށެވެ.

ބޮޑެތި ބައެއް ކަންކަން އަޅުގަނޑު މެންނަށް ނުކުރެވި ހުރީ ބައެއް އިދާރާތަކުން އެއްބާރުލުން ނުދޭ ސަބަބަށްޓަކައި. އެންމެ މަޝްރޫއެއް އެގޮތަށް ފާހަގަ ކުރަންޏާ، އެއީ މާލެ މަގު ހެދުމުގެ މަޝްރޫއު. މިދިޔަ ނޮވެމްބަރުން ފެށިގެން ބަޖެޓު ދޫކުރިނަމަ އަމީނީމަގު މިހާރު އޮންނާނީ ތާރު އެޅިފައި،" މުއިއްޒު ވިދާޅުވި އެވެ.

ދެން އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި މޭޔަރު ފާހަގަކުރެއްވީ މުވައްޒަފުން ނެގުމުގައި ދިމާވާ ހުރަސްތަކުގެ ވާހަކަ އެވެ. މޭޔަރު ވިދާޅުވީ މުވައްޒަފުން ނެގުމުގައި ދަތިތައް ކުރިމަތި ކުރުވަނީ ސިވިލްސާވިސް ކޮމިޝަނުން ކަމަށެވެ. އަދި މިކަމުގައި އެލްޖީއޭ އާއި ފިނޭންސް މިނިސްޓްރީގެ އެއްބާރުލުން ލިބޭކަން މޭޔަރު ފާހަގަކުރެއްވި އެވެ.

"މިސާލަކަށް ހުޅުމާލެ މުނިސިޕަލް ހިދުމަތް ހަވާލު ކުރުން. އެއީ ގާނޫނުގެ ދަށުން ކުރަން ޖެހޭ ކަމެއް އެހެން ނަމަވެސް ހަވާލު ނުކޮށް އެއޮތީ. މުއިއްޒު ވިދާޅުވި އެވެ.

މޭޔަރުގެ އިތުރުން ޑެޕިއުޓީ މޭޔަރު ނަރީޝްގެ ވާހަކަފުޅުގައިވެސް ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ޢަމަލު ނުކުރައްވާކަމަށް ވަނީ ފާހަގަ ކުރައްވާފައެވެ.

"ސަރުކާރުގެ މުއައްސަސާތަކުން ލިބިދޭންޖެހޭ އެއްބާރުލުން ނުލިބުމުގެ ސަބަބުން ބޮޑެތި ޗެލެންޖްސް ތަކާއި އަޅުގަނޑުމެންނަށް ކުރިމަތިވެގެންދިޔަ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒުގެ އެ ވާހަކަތަކަށް ތާއީދުކުރައްވަމުން ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ކުންފުންޏެއްގެ ދަށުގައި އަދިވެސް އޮތުމަކީ ކަންބޮޑުވެ ވަޑައިންނަވާ ކަމެއްކަމަށެވެ.

"ހުޅުމާލޭގެ އިހްތިސޯސް ގާނޫނުގައި ކަނޑައެޅިފައި އޮންނައިރު، އިހްތިސޯސީ ބާރުނުދީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ކުންފުންޏެއްގެ ދަށުގައި ތާށިވެފަ އޮތްއޮތުން މިއީ އަޅުގަނޑު ވަރަށް ކަންބޮޑުވެ ހިތާމަ ކުރާކަމެއް،" ޝުޖާއު ވިދާޅުވި އެވެ.

ބައްދަލުވުން ނިންމާލައްވަމުން މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލްގެ އެދުމަކީ މިހާރު ކަންތައް ހިނގަމުންދާ ގޮތް ބަދަލު ކޮށްދިނުން ކަމަށާއި ކައުންސިލް ހިންގުމުގައި ދިމާވާ މިފަދަ ދަތިތައް ހައްލުކުރުމަށް މާލެ ސިޓީ ކައުންސިލަށް އެއްބާރުލުން ދެއްވުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox