40 ރަށް ގިރަނީ، ކޮންޓްރެކްޓަރުން ނުލިބޭތީ ހައްލެއް ނުހޯދި

ތ. ބުރުނީގައި ގޮނޑު ދޮށުގެ ބޮޑު ބައެއް ގިރާފައި: ރަށް ގިރުމުގެ މައްސަލަ ދިމާވެފައިވާ 40 ރަށެއް ލިސްޓު ކުރެވިފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނޭ. -އަދަދު ފައިލް ފޮޓޯ

ތ. ބުރުނީގައި ގޮނޑު ދޮށުގެ ބޮޑު ބައެއް ގިރާފައި: ރަށް ގިރުމުގެ މައްސަލަ ދިމާވެފައިވާ 40 ރަށެއް ލިސްޓު ކުރެވިފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނޭ. -އަދަދު ފައިލް ފޮޓޯ

ރާއްޖޭގައި ގިނަ އަދަދެއްގެ ރަށްތަކެއް ގިރަމުން އަންނަ ނަމަވެސް މައްސަލައަށް ހައްލެއް ނުލިބި ލަސްވަނީ އެ މަސައްކަތަށް ކޮންޓްރެކްޓަރުން ލިބުމުގެ ދަތިކަމުގެ ސަބަބުން ކަމަށް ހައުސިން އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ޕްލޭނިން މިނިސްޓްރީން ކުރިއަށް ގެންދާ ދެ މަޝްރޫއުއަކާ ގުޅޭގޮތުން ސުވާލުކުރުމަށް މިނިސްޓަރު މަޖިލީހަށް މިއަދު ހާޒިރުކޮށްފައިވާއިރު، އިތުރު ސުވާލުކުރަން ލިބުނު ފުރުސަތުގައި ގިނަ މެންބަރުން ވަނީ އެ މެންބަރުންގެ ދާއިރާތަކުގައި ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ނުލިބޭ ކަމުގެ ޝަކުވާ ކުރައްވާފަ އެވެ.

"މޮޅަދޫގެ ބަނދަރު ހެދުމާއި ހުޅަނގު މޫސުމާއެކު އާދަޔާ ހިލާފަށް ރަށް ގިރަމުން ދޭ، މިނިސްޓަރު ފާހަގަކުރެއްވި ކުއްލިއަކަށް އެ ކަންކަމަށް އެޓެންޑު ކުރެއްވުމުގަ ދަތިތަކެއް ހުންނަ ކަމަށް،" އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވި އެވެ.

ޝިފާއު ވަނީ އެ ދަތިތަކަކީ ކޮބައިތޯއާއި އެ ކަން ހައްލު ކުރުމަށް މަޖިލީހުން ކޮށްދެވޭނީ ކޮން ކަމެއްތޯ ސުވާލުކުރައްވާފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ގިރާ ކަމަށް 40 ރަށް ލިސްޓު ކޮށްފައި އޮތް އިރު، ހައްލު ކުރުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ގާބިލް ކޮންޓްރެކްޓަރުންގެ އަދަދު މަދުވުން ކަމަށެވެ. އެގޮތުން އެމްޓީސީސީގެ އިތުރުން ދެން އޮންނަނީ "ހަތަރު ފަސް ކުންފުންޏެއް" ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ޑައިރެކްޓް އެވޯޑުގެ ގޮތުގައި މި މަސައްކަތް ކުރެވެން އޮންނަނީ އެންމެ ކުންފުންޏަށް، އެއީ އެމްޓީސީސީ. ދެން އެމްޓީސީސީއަށް ފުނިފުނިން ކޮންޓްރެކްޓް ދިން ކަމަށް ވިޔަސް އެ މަސައްކަތް ނުއެއް ހިންގޭނެ އެ މީހުންނަކަށް، ދެވިދާނެ، އަޅުގަނޑަށް ވަރަށް ފަސޭހަ ވާނެ ހަމަ ޑައިރެކްޓް އެވޯޑު ކޮށްފައި ދީފާނަން،" އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކޮންމެ ކުންފުންޏަކާ ވެސް ކޮންޓްރެކްޓުތައް ހަވާލުކުރަނީ މާލީ ގާބިލް ކަމަށް ބަލާފައި ކަމަށާއި މިހާރު ހުރި ހުރިހާ ކުންފުންޏަކަށް ވެސް ހުރީ އެ އަދަދަށް މަޝްރޫއުތައް ހަވާލުކުރެވިފައި ކަމަށެވެ.

މި މައްސަލަ ހައްލު ކުރުމަށް ގާނޫނާއި ގަވައިދުތަކަށް ގެންނަން ޖެހޭ ބަދަލުތަކެއް ހުރިކަން ތަފްސީލަށް ވަޑައިނުގަންނަވާ މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox