ޑިބާލާ އާއި ކިއެލީނީ އަށް ހާއްސަވި މެޗުން ޔުވެންޓަސް އެއްވަރު

May 17, 2022, 2:43 AM
ޑިބާލާ އާއި ކިއެލީނީ އަށް ހާއްސަވި މެޗުން ޔުވެންޓަސް އެއްވަރު

ޓިއުރިން (މެއި 17) - ޔުވެންޓަސް ދަނޑުގައި ޕައޮލޯ ޑިބާލާ އާއި ޖިއޮޖިއޯ ކިއެލީނީ ކުޅުނު ފަހު މެޗުގައި ރޭ، އިޓާލިއަން ލީގުގައި ޔުވެންޓަސް އާއި ލާޒިއޯ ފަހު ވަގުތު 2-2 އިން އެއްވަރުވެއްޖެ އެވެ.

ޔުވެންޓަސް އިން އާ ކޮންޓްރެކްޓެއް ދޭން ކުރި މަސައްކަތުގައި އެއްބަސްވުމަކަށް ނާދެވި ޑިބާލާ ވަނީ އެ ކްލަބް ދޫކޮށްލަން ނިންމައިފަ އެވެ. ހަތް އަހަރު ޔުވެންޓަސް އަށް ކުޅެދިން ޑިބާލާ ފަހަކަށް އައިސް އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ގިނަ މެޗުތަކެއް ކުޅުނުއިރު، ޔުވެންޓަސްއާ އެކު އޭނާ ވަނީ 12 ތަށި ހޯދައިފަ އެވެ. އޭގެ ތެރެއިން ފަސް ތަށްޓަކީ އިޓާލިއަން ލީގެވެ. ޑިބާލާ، 28، ވަނީ ޔުވެންޓަސް އަށް 291 މެޗުން 115 ގޯލު ޖަަހައިފަ އެވެ.

ސަތާރަ އަހަރު ކޮށްފައި، ޔުވެންޓަސް ދޫކޮށްލަން ނިންމި ކިއެލީނީ ރޭގެ މެޗުގައި ވަނީ 18 ވަނަ މިނިޓްގައި ބަދަލުކޮށްފަ އެވެ. ފިއޮރެންޓީނާ ދޫކޮށް 2005 ވަނަ އަހަރު ޔުވެންޓަސްއާ ގުޅުނު ކިއެލީނީ ވަނީ އެ ޓީމާ އެކު ނުވަ ލީގު ތަށްޓާއި ފަސް އިޓާލިއަން ކަޕް ކާމިޔާބުކޮށްފަ އެވެ. އިޓަލީ ގައުމީ ޓީމުން މިދިޔަ އަހަރު ރިޓަޔާކުރި އުމުރުން 37 އަހަރުގެ ކިއެލީނީ ދެން ކުޅޭނެ ކްލަބެއް އަދި ނުނިންމަ އެވެ.

ޔުވެންޓަސް ދަނޑުގައި ރޭ މެޗުގެ ކުރީކޮޅުގައި ލީޑުނެގުމާ ގާތަށް ޖެހިލީ ލާޒިއޯ އިންނެވެ. ޑަނީލޯ ކަޓާލްޑީ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. އެކަމަކު، ޔުވެންޓަސް އިން ވަނީ ފުރަތަމަ ހާފުގައި ދެ ގޯލުގެ ލީޑެއްނަގައިފަ އެވެ. މެޗުގެ 10 ވަނަ މިނިޓްގައި އަލްވާރޯ މޮރާޓާ ނެގި ހުރަހަކުން ފުރަތަމަ ގޯލު ޖެހީ ޑޫސާން ވްލަހޯވިޗް ބޮލުންނެވެ. އަދި މެޗުގެ 36 ވަަނަ މިނިޓްގައި ހުއާން ކުއަޑްރާޑޯ ދިން ބޯޅައެއްގައި އޭރިއާތެރެއިން ރަނގަޅު ވަގުތު ހޯދުމަށް ފަހު މޮރާޓާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.

މައުރީޒިއޯ ސާރީގެ ކޯޗުކަމުގައި ކުޅޭ ލާޒިއޯ އިން ނަތީޖާ ހަމަހަމަކުރީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ 51 ވަނަ މިނިޓްގައި ލާޒިއޯގެ ޕެޓްރިކް ބޮލުން ޖެހި ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައި ޔުވެންޓަސްގެ އަލެކްސް ސަންޑްރޯ ފައިގައި ޖެހިފައި ވަނީ ބައިކޮޅަށެވެ. ލާޒިއޯ އިން އެއްވަރުކުރީ އިތުރު ވަގުތުގެ ހަ ވަނަ މިނިޓްގަ އެވެ. މިއީ ޓޯމާ ބަސިޗް ޖެހި ޝޮޓެއް ޔުވެންޓަސްގެ ކީޕަރު މަޓިއާ ޕެރިން އަތުގައި ޖެހިފައި ނުކުތް ވަގުތު ލާޒިއޯގެ ސާގޭއި މިލިންކޮވިޗް-ސަވިޗް ރީބައުންސް ބޯޅައަކުން ޖެހި ގޯލެކެވެ.

މި މެޗުން ހޯދި ޕޮއިންޓާ އެކު ލާޒިއޯ ވަނީ އަންނަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. ޔުވެންޓަސް ހަތަރެެއްގައި އޮތީ 37 މެޗުން 70 ޕޮއިންޓާ އެކު އެވެ. ލާޒިއޯ ފަސް ވަނައިގައި އޮތީ 37 މެޗުން 63 ޕޮއިންޓް ހޯދައިގެންނެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox