ނިއުކާސަލް އަތްދަށުވެ ގަދަ ހަތަރެއްގެ ރޭހުގައި އާސެނަލް ޕްރެޝަރަށް

May 17, 2022, 2:23 AM
ނިއުކާސަލްގެ ގިމާރޭސް (ވ) އަތުން ބޯޅަ ހޯދަން އާސެނަލްގެ އެލްނޭނީ މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ނިއުކާސަލްގެ ގިމާރޭސް (ވ) އަތުން ބޯޅަ ހޯދަން އާސެނަލްގެ އެލްނޭނީ މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ނިއުކާސަލް (މެއި 17) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑް އަތުން 2-0 އިން ބަލިވެ، އާސެނަލް ގަދަ ހަތަރެއްގެ ރޭހުގައި ޕްރެޝަރަށް ވެއްޓިއްޖެ އެވެ.

އާސެނަލް ރޭގެ މެޗަށް ނުކުތްއިރު، އެއް މެޗު އިތުރަށް ކުޅެގެން ޓޮޓެންހަމް ހޮޓްސްޕާސް އޮތީ ހަތަރު ވަނައިގަ އެވެ. އާސެނަލް މި މެޗުން ބަލިވުމުން އެ ޓީމަށް ގަދަ ހަތަރެއްގައި ނިންމުމުގެ އަމިއްލަ ބާރެއް ނެތެވެ. ޓޮޓެންހަމް ފަހު މެޗުގައި ނޮރިޗް ސިޓީ ދަނޑުގައި ޕޮއިންޓެއް ހޯދިޔަސް އެ ޓީމަށް ގަދަ ހަތަރެއް ޔަގީންވީ އެވެ. އެކަމަކު، ނޮރިޗް އަތުން ޓޮޓެންހަމް ބަލިވެ، އާސެނަލުން އަމިއްލަ ދަނޑުގައި އެވަޓަން ބަލިކޮށްފިނަމަ ގަދަ ހަތަރެއްގެ ފަހު ޖާގަ ލިބޭނީ އާސެނަލަށެވެ.

އާސެނަލް ބަލިވުމުން ޗެލްސީ އަށް ވަނީ ބާކީ ދެ މެޗު އޮއްވައި ގަދަ ހަތަރެއް ޔަގީންވެފަ އެވެ. ޗެލްސީ ތިން ވަނައިގައި އޮތީ 36 މެޗުން 70 ޕޮއިންޓް ހޯދައިގެންނެވެ. ޓޮޓެންހަމް ހަތަރެއްގައި އޮތީ 37 މެޗުން 68 ޕޮއިންޓާ އެކު އެވެ. ފަސް ވަނައިގައި އޮތް އާސެނަލަށް 37 މެޗުން ލިބުނީ 66 ޕޮއިންޓެވެ. އަންނަ އާދިއްތަ ދުވަހު ލީގުގެ ފަހު މެޗުތައް ކުޅޭއިރު، ޓޮޓެންހަމް ރަށުންބޭރުގައި ނޮރިޗް ސިޓީ ބަލިކޮށްފިނަމަ އެ ޓީމަށް ގަދަ ހަތަރެއް ޔަގީންވީ އެވެ.

ނިއުކާސަލް ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން ފުރަަތަމަ މިނިޓުން ފެށިގެން އެ ޓީމުން ދިޔައީ ކުރިއަށް ޖެހިގެން ގޯލެއް ޖެހޭތޯ މަސައްކަތް ކުރަމުންނެވެ. އެކަމަކު، ނިއުކާސަލްގެ ފޯވާޑް ކަލުމް ވިލްސަން އެރި ގިނަ ބޯޅަތައް ވަނީ އޮފްސައިޑްވެފަ އެވެ. އާސެނަލްގެ ބުކާޔޯ ސަކާ ޖެހި ބޯޅައެއް ވަނީ ބްލޮކްވެފަ އެވެ. ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ނިއުކާސަލްގެ ސެއިން މެކްސިމައިން ޖެހި ޝޮޓް، އާސެނަލް ކީޕަރު އާރޮން ރަމްސްޑޭލް ވަނީ މަތަކޮށްފަ އެެވެ.

މެޗުގައި ނިއުކާސަލް ލީޑުނެގީ 55 ވަނަ މިނިޓްގަ އެވެ. ޖޮއެލިންޓަން ނެގި ހުރަހެއް ޑިފެންސް ކުރަން އުޅުމުގެ ތެރޭގައި ބެން ވައިޓް ޖައްސާލި ބޯޅަ ވަނީ ބައިކޮޅަށެވެ. މިއީ އަނިޔާއިން ރަނގަޅުވެގެން، އެނބުރި އައިސް ވައިޓް ކުޅުނު ފުރަތަމަ މެޗެވެ. މެޗުގެ 62 ވަނަ މިނިޓްގައި އޭރިއާތެރެއިން ވިލްސަން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެެވެ. އޭގެ ފަހުން ނިއުކާސަލްގެ މާފީ ޖެހި ޝޮޓެއް ކީޕަރު ރަމްސްޑޭލް ވަނީ ހުއްޓުވައިފަ އެވެ.

ނިއުކާސަލް އިން ދެ ވަނަ ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 85 ވަނަ މިނިޓްގަ އެވެ. ވިލްސަން ހިފައިގެން ދިޔަ ބޯޅައެއް ހުއްޓުވަން ކީޕަރު ރަމްސްޑޭލް އަތުން ޖައްސާލި ބޯޅަ އޭރިއާތެރެއިން ނިއުކާސަލްގެ ބްރޫނޯ ގިމާރޭސް އަށް ލިބުމުން އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

މިއީ ސައުދީ އަރަބިއްޔާ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ހިއްސާއާ އެކު ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން ނިއުކާސަލް ގަތް ފަހުން ލީގުގެ ގަދަ ބާރެއް އަތުން ނިއުކާސަލަށް ލިބުނު ފުރަތަމަ ބޮޑު މޮޅެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox