ގައުމީ ޗެމްޕިއަން ހޫދު "މުލީކޮޅު ރާޅުގަނޑު"ގެ ކުއާޓާ ފައިނަލަށް

May 17, 2022, 3:34 AM
ގައުމީ ޗެމްޕިއަން ހޫދު "މުލީކޮޅު ރާޅުގަނޑު"ގެ ކުއާޓާ ފައިނަލަށް

އެމްޓީސީސީ ސާފް ލީގުގެ ދެ ވަނަ މުބާރާތުގެ ކުއާާޓާ ފައިނަލު ހީޓުން ރާއްޖޭގެ ގައުމީ ޗެމްޕިއަން ހޫދު އަހުމަދު ޖާގަ ހޯދައިފި އެވެ.

"މުލީކޮޅު ރާޅުގަނޑު" ނަމުގައި ބާއްވާމުން އަންނަ މުބާރާތަކީ އެމްޓީސީސީ ސާފް ލީގުގެ ދެ ވަނަ މުބާރާތެވެ. މ. މުލީގައި ކުރިއަށްދާ މުބާރާތުގެ ފިރިހެން އޯޕަން ބައިގައި 32 ރާޅާ އެޅުންތެރިން ވާދަކުރާއިރު، ޖޫނިއާ ބައިގައި 16 ރާޅާ އެޅުންތެރިން ވާދަކުރެ އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލް ހީޓުތައް މިއަދު ފެށުމަށް ހަމަޖެހިފައިވާއިރު، އެންމެ ރަނގަޅު ސްކޯއަކާ އެކު ކުއާޓާ ފައިނަލުން ޖާގަ ހޯދީ މިދިޔަ އަހަރުގެ ގައުމީ ޗެމްޕިއަން ހޫދު އެެވެ. މުލީ މުބާރާތުގައި މިހާތަނަށް ނުކުތް ނަތީޖާތަކަށް ބަލާއިރު، ރާއްޖޭގެ އެއް ވަނަ ސާފަރު އިސްމާއިލް ރަޝީދު (ސްމައިލީ) ވަނީ މުބާރާތުގެ ހަތަރު ވަނަ ބުރުން ކަޓައިފަ އެވެ.

ކުއާޓާ ފައިނަލުން ހޫދު ޖާގަ ހޯދީ މި މުބާރާތުގައި އުއްމީދީ ހުނަރެއް ދައްކަމުން އައި މ.މުލި އަށް އުފަން އައިހަމް އަދުނާނުގެ މައްޗަށް ކުރި ހޯދައިގެންނެވެ. ހޫދު، 13.67 ގެ ސްކޯއެއް ހޯދިއިރު، އައިހަމް އަށް ހެދުނީ 9.50 ގެ ސްކޯ އެކެވެ.

ކުއާޓާ ފައިނަލުގައި ހޫދު ނުކުންނާނީ ގައުމީ ޓީމްގެ ޒުވާން ސާފަރު ނަޖާހު މުހައްމަދު އާއި ޖިނާން އަހުމަދާއި ދެކޮޅަށެވެ.

ނަޖާހު އަށް ކުއާޓާގެ ޖާގަ ލިބުނީ އޭނާއާ ދެކޮޅަށް ވާދަކުރަން އޮތް އާދަމް މުއީން އިބްރާހީމްގެ ބޮލަށް ފަސް ވަނަ ބުރުގެ ހީޓުގައި ލިބުނު އަނިޔާގެ ސަބަބުން މުބާރާތުގައި އިތުރަށް ކުރިއަށް ނުގެންދެވުމުންނެވެ. ޖިނާން ކުއާޓާ ފައިނަލުން ޖާގަ ހޯދީ މުބާރާތުގައި ރަނގަޅު ފޯމެއްގައި ހުރި އަހުމަދު އަރުޒަންގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ކުއާޓާ ފައިނަލް އަނެއް ހީޓުގައި ވާދަކުރާނީ ޖައިލަމް ނިޒާރު އާއި މުހައްމަދު ފަޔާޒު އަދި އަހުމަދު އާގިލް (އައްމަޑޭ) އެވެ. ޖައިލަމް ވަނީ އިސްމާއިލް މިގްލާލްގެ މައްޗަށް ކުރި ހޯދާފަ އެވެ. ފަޔާ ކުރި ހޯދީ ހަސަން ނާސިހުގެ މައްޗަށެވެ. އަދި ގައުމި ޓީމްގެ އައްމަޑޭ ކުރި ހޯދީ ޒުވާން ސާފަރު ޝާނިފް ޝަފީގުގެ މައްޗަށެވެ.

ކުއާޓާ ފައިނަލް ދެ ހީޓާއި، ސެމީ ފައިނަލް ދެ ހީޓު އަދި ފައިނަލް ހީޓު އޮންނާނީ މިއަދެވެ. ސެމީ ފައިނަލުން ޖާގަ ލިބޭނީ ކުއާާޓާ ފައިނަލުގައި ވާދަކުރާ ހަ ރާޅާ އެޅުންތެރިންގެ ތެރެއިން ހަތަރު ރާޅާ އެޅުންތެރިންނަށެވެ.

އެމްއެސްއޭގެ ގައުމީ ސާފް ލީގު މި އަހަރު ރާއްޖޭގެ ފަސް ސަރަހައްދެއްގައި ބާއްވާން ނިންމާފައިވާއިރު ފުރަތަމަ މުބާރާތް ގދ. ގައްދޫގައި ބާއްވާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގަ އެވެ. ދެ ވަނަ މުބާރާތް މ.މުލީގަ ކުރިއަށްދާއިރު، ތިންވަނަ މުބާރާތް ރ.ކިނޮޅަހުގައި އޮންނާނީ ޖުލައި މަހުގެ 5-9 އަށެވެ. ހަތަރު ވަނަ މުބާރާތް ހިންމަފުށީގައި އޮންނާނީ އޮކްޓޯބަރު 4-8 އަށެވެ. އަދި ފަހު މުބާރާތް ކަމަށްވާ "ރަންނަމާރި ޗެލެންޖް" މާލޭގައި އޮންނާނީ ނޮވެމްބަރު މަހުގެ 18-25 އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox