ސްރީލަންކާއިން ޕެޓްރޯލް ހުސްވެއްޖެ: ބޮޑު ވަޒީރު

ސްރީލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ. -- ފޮޓޯ: ރޮއިޓާޒް

ސްރީލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ. -- ފޮޓޯ: ރޮއިޓާޒް

ކޮލޮމްބޯ، ސްރީލަންކާ (މޭ 16) - އިގްތިސާދީ، އިޖްތިމާއީ އަދި ސިޔާސީ ކާރިސާއެއްގައި އޮތް ސްރީލަންކާއިން ޕެޓްރޯލް ހުސްވެ، ޒަރޫރީ ތަކެތި އިމްޕޯޓް ކުރާނެ ޑޮލަރު ލިބޭނެ ގޮތެއް ނެތް ކަމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.

"އަޅުގަނޑުމެންގެ އަތުން ޕެޓްރޯލް ހުސްވެއްޖެ. މި ވަގުތު ހުރީ އެންމެ ދުވަހަކަށް ފުދޭ ވަރުގެ ޕެޓްރޯލް ސްޓޮކެއް،" ހޯމަ ދުވަހު ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ގައުމާ މުހާތަބު ކުރައްވަމުން ވިދާޅުވި އެވެ.

ރަނިލް ވިދާޅުވީ ތެލުގެ ތިން ޝިޕްމަންޓެއް ކޮލޮމްބޯ ބަނދަރުގައި އެބަ އޮތް ކަމަށާއި ނަމަވެސް ފައިސާ ދެއްކޭނެ ގޮތެއް ނެތުމުން، ކުންފުނިތަކުން ޝިޕްމަންޓް ދޫނުކުރާ ކަމަށެވެ.

"ކުރިއަށް އޮތީ އަޅުގަނޑުމެންގެ ހަޔާތުގައި ކުރިމަތިވާނެ އެންމެ އުނދަގޫ މަސްތައް. ރައްޔިތުންނަށް ހަގީގަތް އޮޅުވާލައި ދޮގު ހެދުމުގެ އެއްވެސް ނިޔަތެއް އަޅުގަނޑުގެ ނެތް،" މިދިޔަ ބުރާސްފަތި ދުވަހު ބޮޑު ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ރަނިލް ވިދާޅުވި އެވެ.

ރަނިލް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވީ "ކެތްތެރިކަމާ އެކު ކުރިއަށް އޮތް މަސްތަކުގައި ތިއްބެވުމަށެވެ." އަދި ވަގުތު ދެއްވައިފި ނަމަ ކާރިސާއިން ގައުމުން ސަލާމަތް ކުރުމަށް ވައުދުވެވަޑައިގެންނެވި އެވެ.

އޭގެ އިތުރުން މޭ މަހުގެ މުސާރައިގެ ގޮތުގައި 1.4 މިލިއަން ސިވިލް ސާވަންޓުންނަށް ދޭނެ ފައިސާއެއް ނެތް ކަމަށާއި ފައިސާ ޕްރިންޓް ކުރާނީ އެއްވެސް ގޮތެއް ނެތް ހާލަތެއްގައި ކަމަށް ރަނިލް ވިދާޅުވި އެވެ.

ކުރިއަށް އޮތް ތަނުގައި ތެލާއި ކަރަންޓުގެ އަގު ވަރަށް ބޮޑު ތަނުން މަތި ވާނެ ކަމަށާއި ސަރުކާރަށް ލިބޭ މާލީ ގެއްލުން ކުޑަ ކުރުމުގެ ގޮތުން، ގައުމީ އެއާލައިން ވިއްކާލާނެ ކަމަށް އިއުލާނު ކުރެއްވި އެވެ.

އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ އެހީއަށް ލަންކާއިން އެދިފައިވާ އިރު، އެ އިދާރާގެ އެންމެ ބޮޑު އެއް ޑިމާންޑަކީ ސްރީލަންކަން އެއާލައިންސް ފަދަ ގެއްލުމުގައި ހިންގާ ދައުލަތުގެ ކުންފުނިތައް ވިއްކާލުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox