އާޒިމާއަށް ސުޕްރީމް ކޯޓުން ވެސް ނާކާމިޔާބު، މައްސަލަ ބޭރުކޮށްލައިފި

އާޒިމާ ޝުކޫރު ޝަރީއަތުގައި އިންސާފަށް އެދި އާދޭސް ދަންނަވަނީ

އާޒިމާ ޝުކޫރު ޝަރީއަތުގައި އިންސާފަށް އެދި އާދޭސް ދަންނަވަނީ

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފްކޮށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.

އާޒިމާއަށް ކުރާ ދައުވާ ކްރިމިނަލް ކޯޓުގައި މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ހައި ކޯޓުން ވެސް ނިންމާފައި އޮތުމުން ސުޕްރީމް ކޯޓުގައި ހައި ކޯޓުގެ ހުކުމް އިސްތިއުނާފް ކުރީ އެވެ. އާޒިމާ ވަކާލާތު ކުރައްވަނީ އޭނާއަށް ކުރާ ދައުވާ މަދަނީ މިންގަނޑަށް ނުފެތޭ ކަމުގަ އެވެ.

މި މައްސަލާގައި ދައުލަތުން ވެސް ސުޕްރީމް ކޯޓަށް ދެ ނުކުތާއެއް އިސްތިއުނާފް ކުރި އެވެ. އެއީ އެ މައްސަލަ އިސްތިއުނާފް ނުކުރެވޭނެ ކަމާއި އާޒިމާގެ ވަކީލަކަށް މަރިޔަމް ނިހާޔަތަށް ނުހުރެވޭނެ ކަމަށް ބުނާ ނުކުތާ އެވެ.

Advertisement

އާޒިމާގެ މައްސަލަ އާއި ދައުލަތުން ހުށަހެޅި މައްސަލަ ވެސް ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔައީ އެކުގަ އެވެ. ތިން ނުކުތާއަށް ވެސް ސުޕްރީމް ކޯޓުން ގޮތެއް ނިންމީ ދައުލަތާ އެއް ކޮޅަށެވެ.

ސުޕްރީމް ކޯޓުން ކުރި ހުކުމުގައިވަނީ ޖިނާއީ އިޖުރާއަތްތަކުގެ ގާނޫނު މިހާރު އޮތް ގޮތުން އެ މައްސަލަ އިސްތިއުނާފް ކުރެވެން ނެތް ކަމުގަ އެވެ. ދައުލަތުން ހައި ކޯޓުގައި ވެސް އެ ނުކުތާ ފާހަގަ ކުރި ނަމަވެސް އެ ކޯޓުން ނިންމީ އެ މައްސަލަ އިސްތިއުނާފް ކުރުމުގެ ހައްގު އާޒިމާއަށް އޮންނަ ކަމަށެވެ.

އެ މައްސަލަ އިސްތިއުނާފް ކުރެވެން ނެތުމުން އާޒިމާގެ މައްސަލަ ބޭރުކޮށްލަން ކޯޓުން ނިންމިއިރު، ނިހާޔަތަށް ވެސް އާޒިމާއަށް ވަކާލާތު ނުކޮށްދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމި އެވެ. އެއީ ކްރިމިނަލް ކޯޓުން ވެސް ނިންމި ނިންމުމެކެވެ. ނަމަވެސް ހައި ކޯޓުގައި ނިހާޔަތަށް ވަކާލާތު ކުރައްވަން ފުރުސަތު ދެއްވި އެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު އިއްވެވި އެ ރައުޔައަށް ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުން ވެސް ތާއީދު ކުރެއްވި އެވެ. ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރަށް ރިޔާސަތު ބެލެހެއްޓެވި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނެވެ.

މައްސަލައިގެ ފަސްފަހަތް

އާޒިމާގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ދައުލަތުން ކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މަނީ ލޯންޑަ ކޮށްދިން ކަމުގެ ތުހުމަތުގަ އެވެ.

ޔާމީންގެ އިސްލާމިކް ބޭންކް އެކައުންޓަކަށް ޖަމާވި އެއް މިލިއަން ޑޮލަރާ މެދު ތަހުގީގީ އިދާރާއަކުން ސުވާލު އުފައްދާފައިވަނިކޮށް އެ ފައިސާ އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް އިންވެސްޓް ކުރުމަކީ އެ މައްސަލާގައި މަނީ ލޯންޑަރިންގެ ގޮތުގައި ދައުލަތުން ފާހަގަ ކުރާ މައިގަނޑު އަމަލެވެ. އަދި އެ ފައިސާ ކަމަށް ބުނެ އެހެން ފައިސާއެއް އޭސީސީ އާއެކު ހަދާފައިވާ އެކްސްކްރޯ އެކައުންޓަކަށް ޖަމާ ކުރުމަކީ، ފައިސާ އަސްލު އޮޅުވާލަން ކުރި ދެވަނަ އަމަލު ކަމުގައި ދައުލަތުން ފާހަގަ ކުރެ އެވެ.

އާޒިމާއަށް މި މައްސަލާގައި ދައުވާ ކުރަނީ، އެ އެކްސްކްރޯ އެކައުންޓް ހަދަން އާޒިމާ އޭސީސީއަށް ލަފާ ދިން ކަމަށް ބުނުމާއި، އެކްސްކްރޯ އެކައުންޓަށް ޔާމީންގެ އެކައުންޓްގައިވާ ފައިސާ ޖަމާ ކުރި ކަމަށް ބުނެ އޭސީސީއަށް އާޒިމާ ފޮނުވާފައިވާ ސިޓީއަށް ރިއާޔަތްކޮށެވެ. ދައުލަތުން ބުނަނީ އެއީ ފައިސާ ލޯންޑަ ކުރަން މަގުފަހިކޮށްދިނީ ކަމުގަ އެވެ.

ތިން އަހަރު ފަހުން ދައުވާ އިއްވޭ ވަރު ވުމުން އާޒިމާ ވިދާޅުވަމުން ގެންދަވަނީ އެއީ އުފުލޭނެ ދައުވާއެއް ނޫން ކަމަށެވެ. އާޒިމާގެ ދިފާއީ އެއް ނުކުތާއަކީ ވެސް ޔާމީންގެ މައްޗަށް އެ މައްސަލާގައި ކުރި ދައުވާ ސާބިތު ނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި ހުކުމެވެ. އަދި ޔާމީންގެ މައްސަލާގައި ދައުލަތުން އެންމެ ފަހަރަކު ވެސް އާޒިމާގެ ބައިވެރިވުން ކިޔައިދީފައި ނެތް ކަމަށް ވެސް އާޒިމާ ވިދާޅުވެ އެވެ.

އާޒިމާއަށް މި މައްސަލާގައި ދައުވާ ކުރަނީ، އެ އެކްސްކްރޯ އެކައުންޓް ހަދަން އާޒިމާ އޭސީސީއަށް ލަފާ ދިން ކަމަށް ބުނުމާއި، އެކްސްކްރޯ އެކައުންޓަށް ޔާމީންގެ އެކައުންޓްގައިވާ ފައިސާ ޖަމާ ކުރި ކަމަށް ބުނެ އޭސީސީއަށް އާޒިމާ ފޮނުވާފައިވާ ސިޓީއަށް ރިއާޔަތްކޮށެވެ. ދައުލަތުން ބުނަނީ އެއީ ފައިސާ ލޯންޑަ ކުރަން މަގުފަހިކޮށްދިނީ ކަމުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox