ކޮނޑުހުޅު ބަދަލުކުރުމުގެ އޮޕަރޭޝަނާއެކު އޭޑީކޭއިން ތާރީހު ބަދަލުކޮށްލައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮނޑުހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކުރި އޭޑީކޭގެ ޓީމް- ފޮޓޯ: ވީޑިއޯ ކެޕްޗާ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮނޑުހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކުރި އޭޑީކޭގެ ޓީމް- ފޮޓޯ: ވީޑިއޯ ކެޕްޗާ

ފާއިތުވީ 25 އަހަރު އުޅެމުން އައީ އެ ތަދާއެކުގަ އެވެ. ހަލާކުވެފައިވާ ކޮނޑުހުޅުގެ ސަބަބުން ލިބެމުން ދިޔަ ވޭނުގަ އެވެ. ކޮނޑުން އާންމު ހަރަކާތް ކުރަން ދައްޗެވެ.

މިއީ މި މަހުގެ 12 ވަނަ ދުވަހު އޭޑީކޭ ހޮސްޕިޓަލުގައި ކޮނޑުހުޅު ބަދަލު ކުރުމުގެ ފުރަތަމަ އޮޕަރޭޝަން ކުރި މީހާގެ ވާހަކަ އެވެ. މިއީ ރާއްޖޭގައި ކުރި މިފަދަ ފުރަތަމަ އޮޕަރޭޝަނެވެ. އުމުރުން 59 އަހަރުގެ ބަލި މީހާގެ އޮޕަރޭޝަނަށް ފަހު މިހާރު ގެއަށް ދޫކޮށްލަން ތައްޔާރުވެފައިވާއިރު، އޭނާގެ ހާލަތު މިހާރު ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފަ އެވެ. އޮޕަރޭޝަނުން ރިކަވާ ވުމުން އޭނާގެ ކޮނޑުހުޅުގެ ރިހުން އެއްކޮށް ހައްލު ވެގެން ދާނެ ކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ.

"ކޮނޑުހުޅު ބަދަލު ކުރަނީ ކަކުލު ހުޅު ބަދަލު ކުރާ ވަރަށް ވުރެ މަދުން، އެއީ ކޮނޑުގެ މަޑުކަށީގައި އިންނަ ފަށަލަ ހަލާކުވެގެން ދިމާވާ ކަމެއް، އެހެން ދިމާވާއިރު ކަކުލު ހުޅަށް ވުރެ ބޮޑަށް ތަދުވެ، ހަރަކާތްތައް މާ ބޮޑަށް ގެއްލިގެންދޭ،" އޭޑީކޭގެ ކޮންސަލްޓެންޓް އިން އޯތޮޕީޑިކްސް ޑރ. މުހައްމަދު މިޝްވާރު އަޝްފާގު ވިދާޅުވި އެވެ.

ކޮނޑުހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަނަކީ މީގެ ކުރިން ރާއްޖެއިން ބޭރަށް ގޮސްގެން ކުރަމުން އައި އޮޕަރޭޝަނެއް ނަމަވެސް އޭޑީކޭއިން ވަނީ މިހާރު މި ހިދުމަތް ރާއްޖޭގައި ދޭން ފަށައިފަ އެވެ. ރާއްޖޭގައި ކުރެވުނު މީގެ އެންމެ ފުރަތަމަ އޮޕަރޭޝަން ކޮށްފައިވަނީ ޑރ. މިޝްވާރުގެ އިތުރުން އެ ހޮސްޕިޓަލުގެ ސީނިއަ ކޮންސަލްޓެންޓް އިން އޯތޮޕީޑިކްސް ޑރ. ހުސައިން ޝަކީލެވެ. އަދި ފަންނީ ގޮތުން ތައިލޭންޑްގެ ޕްރޮފެސަރެއް ކަމަށްވާ ޑރ. ބަންޗާ ޗަންޗޫޖިތު ވަނީ ހަރަކާތްތެރިވެފަ އެވެ.

ބޯޅައަކާ ސޮކެޓެއްގެ ގޮތަށް އިންނަ ކޮނޑު ހުޅު ހަލާކު ވަނީ ބޯޅައިގެ މަޑުކަށީގައި އިންނަ ފަށަލަ ހަލާކުވުމުން ކަށިގަނޑާ ކަށިގަނޑު ގުޅުވައިދޭ ކަށިތައް ހަރަކާތް ކުރަަން އުނދަގޫ ވެގެން ކަމަށް ކަމަށް އޮޕަރޭޝަން ކުރެއްވި ޑރ. މިޝްވާރު ވިދާޅުވިއެވެ.

"އެ ކަމާ ހުރެ ކޮނޑުގެ އެ ފަޅިއަށް އޮވެގެން ނިދަން އޮވުމާ، އާންމު ދިރިއުޅުމުގައި ކޮނޑުގެ ހަރަކާތްތައް ގެންނަން އުނދަގޫވެގެން ދަނީ، އެ ހިސާބުން ޑޮކްޓަރުން ރިކަމެންޑު ކުރަނީ އޮޕަރޭޝަން ކުރަން،" ޑރ. މިޝްވާރު ވިދާޅުވިއެވެ.

ޑޮކްޓަރުން ކިޔައިދެއްވި ގޮތުގައި މި އޮޕަރޭޝަން ކުރަނީ ކޮނޑުހުޅަށް ދަގަނޑު އަދި ޕްލާސްޓިކް އެތިކޮޅުތަކެއް ލައްވައިގެންނެވެ. އެ އެއްޗެހި ލައްވަނީ ކަށިގަނޑު ކޮނެގެން އެތެރެއަށެވެ. އޮޕަރޭޝަނަށް ފަހު "ދުވަސް ވާ ވަރަކަށް ކަށި އަރާ، ހުޅު ނެއްޓުމުގެ ޗާންސް" ވަރަށް ކުޑަވެގެން ދެ އެވެ.

"ކަށީގެ ވަރަށް ކުޑަ އެތިކޮޅެއް ނައްޓާލައިގެން، ލައްވާ ބައި މި ލައްވަނީ، އެހެންވީމަ އެހެން ގޮތަކަށް ބުނާ ނަމަ ބޯން ސޭވިންގް ޕްރޮސީޖާއެއް މިއީ،" އޮޕަރޭޝަން ސިފަ ކުރައްވަމުން ޑރ. ޝަކީލް ވިދާޅުވި އެވެ.

ޑރ. ޝަކީލް ވިދާޅުވީ އޭޑީކޭއިން ބޭނުން ކުރަމުން އަންނަނީ ކުރިން ބޭނުން ކުރަމުން އަންނަ އެތިކޮޅުތަކާ ތަފާތު އެތިކޮޅުތަކެއް ކަމަށެވެ. މިގޮތުން ކުރީގައި ބޭނުން ކުރާ ވައްތަރުތަކުން ވަރަށް ބޮޑަށް ކަށިގަނޑު ކޮންނަން ޖެހުނުނަމަވެސް، މިހާރު އެ ތަކުލީފު ކުޑަވާނެ ކަން ފާހަގަކުރެއްވި އެވެ.

މި އޮޕަރޭޝަނަށްފަހު ހޯދަން ޖެހޭ އިތުރު ފަރުވާތައް ހޯދާނަމަ، 8 ހަފުތާއާއި 12 ހަފްތާއާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި މުޅިން ފަސޭހަވާނެ ކަމަށް ޑޮކްޓަރުން ލަފާ ކުރައްވަ އެވެ. އޭޑީކޭގައި މި އޮޕަރޭޝަން ކުރެވޭ އަގަކީ 117،000 ރުފިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox