ކައުންސިލްތަކުގެ ޕްލޭން ފާސްނުކޮށް ބޭއްވުން ހުއްޓުމަކަށް ގެންނަން އެމްއެންޕީގެ ބިލެއް

އެމްއެންޕީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން - ފޮޓޯ: އެމްއެންޕީ

އެމްއެންޕީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން - ފޮޓޯ: އެމްއެންޕީ

ލޯކަލް ކައުންސިލްތަކުން ތައްޔާރު ކުރާ ތަރައްގީގެ ޕްލޭނާއި ބިން ބޭނުން ކުރާނެ ގޮތުގެ ޕްލޭން ނުވަތަ ލޭންޑް ޔޫޒް ޕްލޭން ފާސްނުކޮށް ގައުމީ އިދާރާގައި ދިގު މުއްދަތަކަށް ހިފަހައްޓާފައިވާ ބޭއްވުން ހުއްޓުމަކަށް ގެންނަން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު މިހާރު އޮންނަ ގޮތުން ރަށު ކައުންސިލްތަކުން ގައުމީ އިދާރާއަށް ހުށަހަޅާ ލޭންޑް ޔޫޒް ޕްލޭން ފާސްނުކޮށް ދިގު މުއްދަތަކަށް ބޭއްވުމުގެ ފުރުސަތު ގައުމީ އިދާރާއަށް ލިބިގެންވެ އެވެ.

އެމްއެންޕީން ބުނީ ރަށްރަށުގެ ރައްޔިތަކު ރުހުމާއެކު ރަށު ކައުންސިލުން ފާސްކޮށް ގައުމީ އިދާރާއަށް ފޮނުވާ ލޭންޑް ޔޫޒް ޕްލޭން ތަފާތު ސަބަބުތަކާއެކު ފާސްކޮށްނުދީ ދިގު މުއްދަތަކަށް އެ ގޮތަށް ހިފެހެއްޓުމަކީ ލާމަރުކަޒު ކުރުމުގެ އުސޫލާ ހިލާފު ކަމެއް ގޮތުގައި އެ ޕާޓީން ގަބޫލު ކުރާ ކަމަށެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން އެ ޕާޓީން ހުށަހެޅި ބިލުގައި ވަނީ ކައުންސިލްތަކުން ގައުމީ އިދާރާއަށް ހުށަހެޅޭ އެ ޕްލޭންތައް ގިނަވެގެން 60 ދުވަހުގެ ތެރޭގައި ގައުމީ އިދާރާއިން ފާސްކުރަން ވާނެ ކަމަށެވެ.

ލޭންޑް ޔޫޒް ޕްލޭންއާ ގުޅޭ ގޮތުން ވަކި ކަމެއް އިސްލާހު ކުރަން ޖެހޭ ކަމަށް ގައުމީ އިދާރާއަށް ފެންނަ ނަމަ އެކަމަކާ ގުޅޭ ގޮތުން ކައުންސިލާ މަޝްވަރާކޮށް އެ ކަމެއް އިސްލާހުކޮށް ގާނޫނުގައި ބަޔާންކުރާ 60 ދުވަހުގެ ތެރޭގައި ފާސްކޮށް ނިންމަން ވާނެ ކަމަށް ވެސް ބިލުގައިވެ އެވެ.

"ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތާއީދާއެކު މި އިސްލާހު ފާސްވެގެން ދިއުމަކީ މުހިންމުކަމެއް ކަމަށް މި ޕާޓީން ދެކެމެވެ." މި ބިލު ހުށަހެޅިކަން ހާމަކޮށް އެމްއެންޕީން ނެރުނު ނޫސް ބަޔާނުގައި ލިޔެފައިވެ އެވެ.

ދާދި ފަހުން އުފެއްދި އެމްއެންޕީގެ ލީޑާޝިޕްގެ ބޭފުޅުން އެކި ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ރަށްރަށުގެ ގިނަ ކައުންސިލްތަކަކުން އެ ޝަކުވާ ފާހަކޮށް އޭގެ ސަބަބުން ކައުންސިލްތަކުން ކުރަން ރަވާފައިވާ ކަންކަން ނުކުރެވި ދިގުލައިގެންދާ ކަން އެ ކައުންސިލްތަކުން ފާހަގަކޮށްފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.

އެމްއެންޕީގެ ޕާލިމެންޓްރީ ގްރޫޕުން އެ ބިލު މިއަދު މަޖިލީހަށް ހުށަހެޅިއިރު މަޖިލިހުގައި އެ ޕާޓީ ތަމްސީލް ކުރައްވަނީ ތިން މެންބަރެކެވެ. އެއީ ޕާޓީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް) އާއި، ޕާޓީގެ ނައިބު ރައީސުން ކަމުގައިވާ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްއާއި، ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox