"މުލީކޮޅު ރާޅުގަނޑު"އިން ރާއްޖޭގެ އެއް ވަނަ ސްމައިލީ ކަޓައިފި

May 16, 2022, 2:16 AM
ސާފިން މުބާރާތެއްގެ ތެރެއިން ސްމައިލީ.-- ފޮޓޯ: ސްމައިލީ/ފޭސްބުކް

ސާފިން މުބާރާތެއްގެ ތެރެއިން ސްމައިލީ.-- ފޮޓޯ: ސްމައިލީ/ފޭސްބުކް

އެމްޓީސީސީ ސާފް ލީގުގެ ދެ ވަނަ މުބާރާތުގައި ރާއްޖޭގެ އެއް ވަނަ ރާޅާ އެޅުންތެރިޔާ އިސްމާއީލް ރަޝީދު (ސްމައިލީ) ކަޓައިފި އެވެ.

"މުލީކޮޅު ރާޅުގަނޑު" ނަމުގައި ބާއްވާމުން އަންނަ މުބާރާތަކީ އެމްޓީސީސީ ސާފް ލީގުގެ ދެ ވަނަ މުބާރާތެވެ. މ. މުލީގައި ކުރިއަށްދާ މުބާރާތުގެ ފިރިހެން އޯޕަން ބައިގައި 32 ރާޅާ އެޅުންތެރިން ވާދަކުރާއިރު، ޖޫނިއާ ބައިގައި 16 ރާޅާ އެޅުންތެރިން ވާދަކުރެ އެވެ.

ރާއްޖޭގެ އެއް ވަނަ ރާޅާ އެޅުންތެރިޔާ ސްމައިލީ މުބާރާތާއި އަލްވަދާއު ކިޔަން ޖެހުނީ ފަސް ވަނަ ބުރުގެ ކޮލިފައިން ހީޓުގަ އެވެ. އޭނާ ކޮލިފައިން ހީޓުގައި ވާދަކުރަން ޖެހުނީ ތިން ވަނަ ބުރުގައި އޭނާ ވާދަކުރި ހީޓުން އެއް ވަނަ ނުލިބުމުންނެވެ.

ސްމައިލީ ކަޓުވާލައި ފަސްވަނަ ބުރުން ޖާގަ ހޯދީ ރާއްޖޭގެ ޖޫނިއާ ރޭންކިންގެ ދެ ވަނައިގައި އުޅޭ އައިހަމް އަދުނާނެވެ. އައިހަމް ސްމައިލީ ބަލިކުރީ 9.33 ގެ ސްކޯ އަކުންނެވެ. ސްމައިލީ އަށް ލިބުނީ 7.93 ގެ ސްކޯ އެކެވެ.

ރާއްޖޭގެ ސީނިއާ އެއް ވަނަ ސްމައިލީ މުބާރާތުން ކެޓިއިރު، ޖޫނިއާ އެއް ވަނަ ޝަރޫފް ޝާއިރު ވެސް ވަނީ ފަސް ވަނަ ބުރުގެ ކޮލިފައިން ހީޓުގައި ވާދަކޮށް ކަޓައިފަ އެވެ.

އެމްޓީސީސީ ސާފް ލީގުގެ ފުރަތަމަ މުބާރާތް ކަމަށްވާ ކަޅެގަލެކޮޑާ 2022 ގެ ޖޫނިއާ ޗެމްޕިއަންކަން ހޯދި ކ. ގުރައިދޫގެ ޝަރޫފު ކެޓީ ޝައިހާން ހުސެއިން ސޮލާހާ ވާދަކޮށް އެއް ޕޮއިންޓުގެ ތަފާތުންނެވެ.

ފަސް ވަނަ ބުރުގެ ފުރަތަމަ ހީޓުގައި ވާދަކުރާނީ ރާއްޖޭގެ އެއް ވަނަ ސްމައިލީ ކަޓުވާލި ދެ ރާޅާ އެޅުންތެރިން ކަމަށްވާ އަލީ ރީހާން މުހައްމަދު އާއި އައިހަމް އަދި ތަޖުރިބާކާރު ރާޅާ އެޅުންތެރިޔާ އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) އެވެ.

ދެ ވަނަ ހީޓުގައި އެންމެ ފަހުގެ ގައުމީ ޗެމްޕިއަން ހޫދު އަހުމަދު ނުކުންނާނީ ޖައިލަމް ނިޒާރު އާއި އަލީ ރިޒާއާ ދެކޮޅަށެވެ. ތިން ވަނަ ހީޓުގައި ގައުމީ ޓީމުގެ ޒުވާން ރާޅާ އެޅުންތެރިޔާ ނަޖާހު މުހައްމަދު (ކަނބޯ) އާއި މުހައްމަދު އަތޫފް އަދި ހަސަން ނާސިހު ވާދަކުރާނެ އެވެ.

މުހައްމަދު ފަޔާޒު (ޕެލޭ) އާއި އާދަމް މުއީން އިބްރާހިމް އަދި މުހައްމަދު އިބްރާހިމް ވާދަކުރާނީ ހަތަރު ވަނަ ހީޓުގަ އެވެ. ގައުމީ ޓީމްގެ އަހުމަދު އާގިލް (އައްމަޑޭ) އާއި ޖިނާން އަހުމަދު އަދި ޝައިހާން ހުސައިން ސޮލާހު ވާދަކުރާނީ ފަސް ވަނަ ހީޓުގަ އެވެ. ފަހު ހީޓުގައި ވާދަކުރާނީ އަހުމަދު އަރްޒާން އާއި ޝާނިފް ޝަފީގު އަދި ޖުމާން މުހައްމަދެވެ.

މުބާރާތުގައި މާދަމާ ކުރިއަށްދާނީ ފަސް ވަނަ ބުރުގެ ހީޓުތަކެވެ. ކޮންމެ ހީޓެއްގައި ތިން ރާޅާ އެޅުންތެރިން ވާދަކުރާއިރު އެއް ވަނަ އާއި ދެ ވަނަ ކޮލިފައިވާނީ ހަ ވަނަ ބުރަށެވެ. ހަ ވަނަ ބުރުން ކުއާޓާ ފައިނަލަށް ކޮލިފައިވާނީ ހަ ރާޅާ އެޅުންތެރިންނެވެ.

އެމްއެސްއޭގެ ގައުމީ ސާފް ލީގު މި އަހަރު ރާއްޖޭގެ ފަސް ސަރަހައްދެއްގައި ބާއްވާން ނިންމާފައިވާއިރު ފުރަތަމަ މުބާރާތް ގދ. ގައްދޫގައި ބާއްވާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގަ އެވެ. ދެ ވަނަ މުބާރާތް މ.މުލީގަ ކުރިއަށްދާއިރު، ތިންވަނަ މުބާރާތް ރ.ކިނޮޅަހުގައި އޮންނާނީ ޖުލައި މަހުގެ 5-9 އަށެވެ. ހަތަރު ވަނަ މުބާރާތް ހިންމަފުށީގައި އޮންނާނީ އޮކްޓޯބަރު 4-8 އަށެވެ. އަދި ފަހު މުބާރާތް ކަމަށްވާ "ރަންނަމާރި ޗެލެންޖް" މާލޭގައި އޮންނާނީ ނޮވެމްބަރު މަހުގެ 18-25 އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox