ސިރިސޭނާގެ ޕާޓީއިން ރަނިލްގެ ސަރުކާރަށް ތާއީދު ކުރަން ނިންމައިފި

ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ (ވ) އަދި ކުރީގެ ރައީސް މައިތްރިޕާލާ ސިރިސޭނާ. -- ފޮޓޯ: އޭޝިއާ ނިއުސް

ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ (ވ) އަދި ކުރީގެ ރައީސް މައިތްރިޕާލާ ސިރިސޭނާ. -- ފޮޓޯ: އޭޝިއާ ނިއުސް

ސްރީލަންކާގެ ކުރީގެ ރައީސް މައިތްރިޕާލާ ސިރިސޭނާގެ ޕާޓީން، އާ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ ސަރުކާރަށް ތާއީދު ކުރަން ނިންމައިފި އެވެ.

ސިރިސޭނާ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ސްރީލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) އިން އާ ސަރުކާރެއް ގާއިމް ކުރަން ތާއީދު ކުރާ ކަމަށެވެ.

ޕާޓީގެ އިސް މެމްބަރުން އެދެނީ ބޮޑު ވަޒީރާއެކު އެކަމާ ގުޅޭ މަޝްވަރާ ކުރެއްވުމަށް ކަމަށް ސިޓީގައިވެ އެވެ. ރިޕޯޓުތައް ބުނާ ގޮތުން މަޝްވަރާ ބައްދަލުވުން އޮންނާނެ އިރެއް ވަރަށް އަވަހަށް ނިންމާނެ އެވެ.

މިހާތަނަށް ރަނިލްގެ ސަރުކާރަށް ތާއީދު ކުރަން ނިންމީ އެސްއެލްއެސްޕީގެ އިތުރުން ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ސްރީލަންކާ ޕޮޑުޖަނާ ޕެރަމުނާ ޕާޓީ (އެސްއެލްޕީޕީ) އިންނެވެ.

އެސްއެލްޕީޕީގެ ހަތަރު މިނިސްޓަރުންނާއެކު އާ ސަރުކާރު މަސައްކަތް ފެށީ ހޮނިހިރު ދުވަހު އެވެ. އެސްއެލްއެފްޕީގެ ތާއީދު ލިބުމާ އެކު އިތުރު މިނިސްޓްރީތަކަށް އެ ޕާޓީގެ އިސް މެމްބަރުން އައްޔަނު ކުރައްވާނެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޮޑު ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ރަނިލް ކުރިން ވިދާޅުވީ އެއްބައިވަންތަ ސަރުކާރެއް ހެދުމަށް ބޭނުންވާ ތާއީދު އެބަ އޮތް ކަމަށެވެ.

ނަމަވެސް އިދިކޮޅު ޕާޓީތަކުން ވަނީ ސަރުކާރާ އެކު މަސައްކަތް ކުރުމަށް ދެކޮޅު ހަދާފަ އެވެ. ރަނިލް ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވީ ގާނޫނާ ހިލާފަށް ކަމަށް ބައެއް ޕާޓީތަކުން ބުނެ އެވެ.

ސަރުކާރުގެ ހުށަހެޅުންތައް ބަލައިނުގަނެ، ޕާޓީތަކުން ޑިމާންޑް ކުރަނީ އަވަސް އިންތިހާބެއް ބޭއްވުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox