ބަޔާން ޖާޒީގައި ދެން ނުފެނިދާނެ ކަމަށް ލެވަންޑޯސްކީ ބުނެފި

May 15, 2022, 7:22 AM
ވުލްފްސްބާގް ކޮޅަށް ގޯލު ޖެހުމަށް ފަހު ލެވަންޑޯސްކީ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ވުލްފްސްބާގް ކޮޅަށް ގޯލު ޖެހުމަށް ފަހު ލެވަންޑޯސްކީ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިއުނިކް (މެއި 15) - ބަޔާން މިއުނިކް ޖާޒީގައި ދެން ނުފެނިދާނެ ކަމަށް އެ ޓީމުގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ބުނެފި އެވެ.

އަންނަ އަހަރު ޖޫން މަހުގެ ނިޔަލަށް ބަޔާންގެ ކޮންޓްރެކްޓްގައި ހުރި ލެވަންޑޯސްކީ، 33، މި ސީޒަނަށް ފަހު އެ ޓީމު ދޫކޮށްލާނެ ކަމަށް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ. ރޭ ޖަރުމަނު ލީގުގެ މި ސީޒަނުގެ ފަހު މެޗުގައި ވުލްފްސްބާގާ ދެކޮޅަށް 2-2 އިން ބަޔާން އެއްވަރުވި މެޗަށް ފަހު ލެވަންޑޯސްކީ ވަނީ އަންނަ ސީޒަނުގައި އޭނާ ބަޔާނުން ނުފެނިދާނެ ކަމަށް ބުނެފަ އެވެ.

"މި ވެދާނެ އަހަރެން ބަޔާނަށް ކުޅެދިން އެންމެ ފަހު މެޗަށް. އެ ކަން 100 ޕަސެންޓް ޔަގީންކަމާ އެކު ނުބުނެވޭނެ، އަހަރެންގެ އުންމީދަކީ މީގެ ގޮތެއް ނިންމުން. އެއީ ކްލަބަށް ވެސް އަހަންނަށް ވެސް އެންމެ ރަނގަޅު ގޮތަށް ވާންޖެހޭ،" މި ފަހަރު ޖަރުމަނު ލީގުގައި 35 ގޯލު ޖަހައި، ސީޒަނުގައި ޖުމްލަ އެކު 50 ގޯލު ހަމަކުރި ލެވަންޑޯސްކީ ބުންޏެވެ.

ސްޕެއިނާއި ޕޮލެންޑްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ފާއިތުވި ދެ އަހަރު ފީފާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ލެވަންޑޯސްކީ ދެން ފެންނާނީ ބާސެލޯނާ އިންނެވެ. ބާސެލޯނާ އިން ވަނީ ލެވަންޑޯސްކީ އަށް ތިން އަހަރުގެ ކޮންޓްރެކްޓެއް ހުށަހަޅާފައިވާ ކަމަށެވެ.

ބަޔާނުން ލެވަންޑޯސްކީ އަށް ދިން އާ ކޮންޓްރެކްޓްގައި ސޮއިނުކުރާނެކަން އޭނާ ވަނީ ކްލަބަށް އަންގައިފަ އެވެ. އެކަން ބަޔާންގެ ސްޕޯޓިން ޑިރެކްޓަރު ހަަސަން ސަލިހަމްދްޒިޗް ވަނީ މިރޭގެ މެޗުގެ ކުރިން މީޑިއާ އަށް ކަށަވަރުކޮށްދީފަ އެވެ. ސަލިހަމްދްޒިޗް ބުނީ ބަޔާނުން އަދިވެސް ނިންމައިގެން ހުރީ ލެވަންޑޯސްކީ ކޮންޓްރެކްޓް އާ ކުރުވުމަށް ކަމަށާއި އިތުރު މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ބާއްވާނެ ކަމަށެވެ.

ލެވަންޑޯސްކީ ވަނީ މިހާތަނަށް ބަޔާނަށް ކުޅެދިން 373 މެޗުން 343 ގޯލު ޖަހައިފަ އެވެ. ބަޔާނާ އެކު 19 ތަށި ހޯދިއިރު، އޭގެ ތެރޭގައި ޗެމްޕިއަންސް ލީގާއި ކްލަބް ވޯލްޑް ކަޕް އެއް ފަހަރު ޖަރުމަނު ލީގު އަށް ފަހަރު ހިމެނެ އެވެ.

ޕޮލެންޑްގެ ލެޗް ޕޮޒްނަން އަށް ކުރިން ކުޅުނު ލެވަންޑޯސްކީ ބޮޑަށް ފާހަގަވާން ފެށީ 2010 ވަނަ އަހަރު ޑޯޓްމަންޑަށް ބަދަލުވި ހިސާބުންނެވެ. ފަހުން 2014 ވަނަ އަހަރު ބަޔާން އަށް ބަދަލުވުމަށް ފަހު މިހާތަނަށް ވަނީ ލަނޑު ޖެހުމުގެ ގިނަ ރެކޯޑްތަކެއް މުގުރާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox